ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލު ވިޔަފާރި ކުރަމުން އަންނަ، ޝީޝާ އިން މިދިޔަ ނޮވެމްބަރު މަހު ފެށި، އެ ކުންފުނީގެ 32 ވަނަ އަހަރީ ޕްރޮމޯޝަންކަމަށްވާ "ބައްތިރީސް" ޕްރޮމޯޝަނުގެ ތެރެއިން ބޮޑެތި ޑިސްކައުންޓްތަކާއި އެކު 10 ދުވަހުގެ މުއްދަތަށް ލިމިޓެޑް އޮފާއެއް ހުޅުވާލައިފިއެވެ.

ޝީޝާއަކީ ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ ސައިކަލު ބްރޭންޑް ކަމަށްވާ "ހޮންޑާ"ގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ އެވެ. ބޮޑު ޑިސްކައުންޓެއް ލިބޭގޮތަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނައިރު، ކަސްޓަމަރުންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން، މި ޕްރޮމޯޝަންގެ ތެރެއިން އިތުރު އޮފާއެއް ކުރިއަށްގެންދަން ޝީޝާ އިން ވަނީ ނިންމާފައެވެ.

އެގޮތުން މިއަދުން ފެށިގެން 10 ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހާއްސަ އޮފާގެ ދަށުން، ދިވެހިންގެ ތެރޭގައި މަގުބޫލްކަން ހޯދައިފައިވާ ސްކޫޕީ އައިގެ 2018 އާއި އެއަރބްލޭޑް ސައިކަލުތައް ޑިސްކައުންޓް އަގެއްގައި ލިބެން ހުންނާނެ ކަމަށް ޝީޝާއިން ބުންޏެވެ.

މި ހާއްސަ އޮފާގެ ދަށުން ޝީޝާއިން 51،600 ރުފިޔާއަށް ވިއްކަމުންދާ ސްކޫޕީ ޕްރެސްޓޭޖް 2018 މޮޑެލްގެ ސައިކަލު އޮފާގެ ތެރެއިން 42،500 ރުފިޔާއަށް ވިއްކަމުން ދާނެއެވެ. އަދި އަގު 54،000 ރުފިޔާއަށް ވިއްކަމުންދާ ސްކޫޕީ ކްލަބް ޓްވެލް 2018 މޮޑެލްގެ ސައިކަލު އޮފާގެ ތެރެއިން 44،500 ރުފިޔާއަށް ވިއްކަމުންދާއިރު، 62،000 ރުފިޔާއަށް މިހާރު ވިއްކަމުންދާ އެއާބްލެޑް އެޑްވާންސް މޮޑެލްގެ ސައިކަލު މި އޮފާގެ ތެރެއިން ވިއްކަމުން ދާނީ 53،000 ރުފިޔާއަށެވެ. އަދި މީގެ އިތުރުން، މިހާރު 63،500 ރުފިޔާއަށް ވިއްކަމުންދާ އެއާބްލެޑް ބްލެކް އެޑިޝަން ސައިކަލު އޮފާގެ ތެރެއިން ވިއްކަމުން ދާނީ 54،000 ރުފިޔާއަށެވެ.

ޝީޝާއިން މައުލޫމާތުދޭ ގޮތުގައި، އޮފާގައި ހުރި ސައިކަލުތަކަކީ މިހާރުވެސް ސްޓޮކްގައި ހުރި ސައިކަލު ތަކެވެ. އެހެންކަމުން މި އޮފާގެ ކުރިއަށްދާ ދުވަސްތަކުގައި، ފައިސާ ދައްކާ ސައިކަލުތައް ވީ އެންމެ އަވަހަކަށް ލިބިގެން ދާނެއެވެ.

މި ޕްރޮމޯޝަންގައި އެއްކޮށް ފައިސާ ދައްކާ ފަރާތްތަކަށާއި، ޝީޝާ އިންސްޓޯލްމެންޓް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ސައިކަލު ވިއްކަމުން ދާނެ ކަމަށެވެ.

މި ޕްރޮމޯޝަން ޝީޝާގެ ހުރިހާ އައުޓްލެޓެއްގެ ކުރިއަށް ދާނެއެވެ.

ޝީޝާގެ މައި އައުޓްލެޓް މާލޭގައި، ހުންނައިރު، ޝީޝާގެ އައުޓްލެޓެއް ހުޅުމާލޭގައި އާއި، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީގެ އިތުރުން، ލ. ގަމުގައި އާއި ހދ. ކުޅުދުއްފުށީގައިވެސް ހިންގައެވެ. އަދި ވަރަށް އަވަހަށް ގއ. ވިލިނގިލި އަދި ގދ. ތިނަދޫގައި ވެސް ޝީޝާގެ އައުޓްލެޓެއް ހުޅުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ރާކަނި

  މިއީ މިހާތަނަށްވެސް ހުރި އަގުތައް ހަދާ ގޮތަކީ ވިއްކާ އަގުކަމަށް ޖަހާފައި ހުންނަ އަގުތައް މަތިކޮށްލަނީ އޭރުން ފެންނާނީ ޑިސްކައުންޓް ބޮޑުކަމަށް ނޫންތޯ

  45
  5
 2. ދަންސޫރަ

  ހަމަ ދެގުނަލާ ސައި ކަލް ތަ ކަށް

  9
  1
 3. ޢަލިބެ

  މަގުތަކުގައި ދުއްވާއެއްޗެތި ގިނަކަމުން ހިނގާއުޅެން އުނދަގޫވާހިސާބަށް ދިޔަސް އެތެރެކުރުން މަދުނުކުރާތި. ސައިކަލް ގިނަވެގެން މާލޭމަގުތައް މިއޮންނަނީ ތޮއްޖެހިފަ. ޕާކްކުރާނެ ތަނެއްނެތް.

  11
 4. ބަބުރުމަންޖެ

  އޮފާއޭ ކިޔާ ވާަކަ ދެއްކި އިރު ގިނަ މީހުން ނަގަނީ އިސްޓޯލްމަންޓަށް. ނުބުނަމެއް ނު އެކަން އޮތް ގޮތް

 5. އަލްފާ ސިއެރާ

  ތިމާވެ އްޓަށް ކުރާގެ އްލުން ވަޒަން ކުރާއރކަކުވެސް ނެތް. ހާދަ ދެރަޔޭ.

  2
  1
 6. Anonymous

  ޝީޝާ އިން ޕީ.ސ.ީ.އެކްސް ސައިކަލް ނުވިއްކާ ސަބަބު ބުނެދީފާނަންތޯ؟؟؟