އެކުއާޕެރެޑައިސްއާއި ޗައިނާގެ ޓިއާންޖިން ޝީޒިންގް ބަޔޯޓެކްނޮލޮޖީ ކޮންޕެނީ ލިމިޓެޑް އާ ދެމެދު ލައިވް މެރިން ފިޝް އެކްސްޕޯޓް އެކްސްކްލީސިވް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިއީ ރާއްޖޭގެ ކުންފުންޏަކުން ޗައިނާގެ ކުންފުންޏަކާއި އެކު ލައިވް މެރިން ފިޝް ސަޕްލައި ކޮށްދިނުމަށްޓަކައި ކުރި ފުރަތަމަ އެއްބަސް ވުމެވެ. މި އެއްބަސްވުމާއި އެކު ޗައިނާގެ ޓިއާންޖިންގައި އެންމެ ފުޅާދާއިރާގައި ލައިވް މެރިން ފިޝްގެ ވިޔަފާރިކުރާ މިކުންފުންޏަށް ރާއްޖެއިން ލައިވް މެރިން ފިޝް ސަޕްލައި ކޮށްދޭނީ އެކުއާޕެރެޑައިސް ޕްރައިވެޓް ލިމިޓެޑްއިންނެވެ.

މިކަމާއި ގުޅޭގޮތުން، ޓިއާންޖިންގެ ބިންހާއި ވަންހޮޓް ސްޕްރިންގް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުއްގައި އެކުއާޕެރެޑައިސްގެ ފަރާތުން ސޮއި ކޮށްދެއްވީ އެކުއާޕްރެޑައިސްގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަހުމަދުއެވެ. އަދި ޓިއާންޖިން ޝީޒިންގް ބަޔޯޓެކްނޮލޮޖީ ފަރާތުން ސޮއި ކޮށްދެއްވީ އެކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ މަޔާން އެވެ.

އަދި މި ރަސްމިއްޔާތުގައި ޓިއާންޖިން ޝީޒިންގް ބަޔޯޓެކްނޮލޮޖީގެ އިތުރު ޑައިރެކްޓަރެއް ކަމުގައިވާ ކެނީޗެންގެ އިތުރުން އަކުއާޕެރެޑައިސް ގެ ސޭލްސް އެންޑް މާކެޓިންގް މެނޭޖަރ މުހައްމަދު ޝަރުވާންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި އެއްބަސްވުމާއި އެކު އެކުންފުނިން އެކުއާޕްރެޑައިސް އާއި އެކު ވަނީ ތިނަދޫގައި އިންވެސްޓްކުރުމަށް ވެސް ނިންމާފައެވެ. އެގޮތުން ތިނަދޫގައި ކުދިމަހުގެ ހާއްސަ ފެސިލިޓީއެއްވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މިއާއި އެކު ތިނަދޫގެ ގިނަ ޒުވާނުން ތަކަކަށް ވަޒީފާގެ ގިނަ ދޮރޮތަކެއް ހުޅުވިގެން ދާނެ ކަމަށް ބެލެވެއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އެކުއާޕްރެޑައިސްގެ އެމްޑީ ހުސެއިން އަހުމަދު ވިދާޅުވީ ކުންފުނީގެ އަމާޒަކީ އެ ކުންފުންޏަކީ ސައްތައިން ސައްތަ ދިވެހި މުވައްޒަފުން މަސައްކަތް ކުރާ އަދި މިރީޖަންގައި އެންމެ ފުޅާދައިރާއެއްގައި ލައިވް މެރިން ފިޝްގެ ސަޕްލައި ކޮށްދޭ ކުންފުންޏަށް ހެދުމަށް ކަމަށާއި، އަދި މިއާއި އެކު ޒުވާނުން މި ވިޔަފާރިއަށް އަހުލުވެރިކޮށް ޒުވާނުން ރަށުގައި ތިބެގެން އާމުދަނީ ހޯދާނެ މަސައްކަތަކަށް މި މަސައްކަތް ހަދާ މި ދާއިރާއަށް ތަމްރީން ލިބިފައިވާ ދިވެހިންތަކެއް އުފެއްދުން ކަމަށެވެ.

ޓިއާންޖިން ޝީޒިންގް ބަޔޯޓެކްނޮލޮޖީފަރާތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ ޑިރެކްޓަރ މަޔާން ވިދާޅުވީ އެކުއާޕްރެޑައިސްއަށް މި ކޮންޓްރެކްޓް އެވޯޑް ކުރެވިފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުން އެކުންފުނީން މަސް އިންޕޯޓް ކުރާ އިރު އަކުއާޕެރަޑައިސް އިން އިންޕޯޓް ކުރެވުނު މަހަކީ މިހާތަނައް އެކުންފުނިން އިންޕޯޓް ކުރި އެންމެ ރަގަނޅު ކޮލެޓީ މަސްކަމަށާއި އަދި ޕެކިން ކޮލެޓީކަމަށް ވާތީ އެކުންފުންޏާއި އެކު ޓްރައިލް ވިޔަފާރިތަކެއް ކޮށް އެކުންފުނީގެ ސްޓޭންޑާޑް ތަކަށް އެކުއާޕްރެޑައިސްގެ ސަޕްލައި ފުރިހަމަވާތީކަމަށެވެ. އަދި މުސްތަޤުބަލުގައި ރާއްޖޭގެ މަސްތައް ދުނިޔޭގެ މާކެޓުތަކުގައި ޕްރޮމޯޓް ކުރުމަށް ޓަކައި އެކުއާޕްރެޑައިސް އާއި އެކު މި އެގްރިމެންޓްގެ ސަބަބުން ގިނަ ދޮރު ތަކެއް ހުޅުވިގެންދާނެ ކަމަށްވެސް މަޔާން ވިދާޅުވިއެވެ. އަދި ދުރުނޫން މުސްތަގްބަލެއްގައި އެކުއާޕްރެޑައިސްގެ މަސައްކަތްތަކަށް އަޕްގްރޭޑްތަކެއް ގެނެސް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މިވިޔަފާރި ކުރާ ކުންފުންޏަށް އެކުއާޕްރެޑައިސް ހަދައި ދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެކުއާޕްރެޑައިސް އަކީ 2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުދިމަހުގެ ވިޔަފާރި ނުވަތަ ލައިވް މެރިންފިޝްގެ ވިޔަފާރި ކުރަމުން އަންނަ ވަރަށް ވެސް ޒުވާން ކުންފުންޏެވެ. ކުންފުންޏަށް 2 އަހަރު ވުމާއި ގާތްވެފައިވާ އިރު މިކުންފުނިން އަންނަނީ ދުނިޔޭގެ އެކި ރީޖަންތަކަށް ކުދިމަހުގެ ވިޔަފާރި ފުޅާކޮށް ހުއްޓުމެއްނެތި ސަޕްލައިކޮށްދެމުންނެވެ. އެގޮތުން ޔޫރަޕާއި އެމެރިކާއަށް މިހާރުވެސް ކޮންމެ ހަފްތާއެކު އަންނަނީ މަސް ސަޕްލައިކޮށްދެމުންނެވެ. އަދި ފެށުނީއްސުރެވެސް މިކުންފުނީގައި މަސައްކަތް ކުރަމުން އައީ މުޅީންވެސް ދިވެހި މުވައްޒިފުންނެވެ. މި ކުންފުނީގެ މުވައްޒިފުންނަކީ ކުންފުނިން ތަމްރީންވެ މިހާރު ރާއްޖޭގައި މިމަސައްކަތް ކުރުމަށް އެންމެ ވަރުގަދަ އެއްލައިންއަޕްކަން ވެސް ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒުވާން ޕެކަރު ވެސް ހުރީ މި ކުންފުނީގައެވެ. އޭނާއަކީވެސް ކުންފުނިން ތަމުރީނުވެ މިވަގުތު ރާއްޖޭގެ ގިނަ ލައިވްފިޝް ވިޔަފާރިތަކުން ލޯ އަޅަމުން އަންނަ ކުޅަދާނަ އަދި އެހާމެ އަވަސް ޕެކަރެކެވެ. ވިޔަފާރީގެ އިތުރުން އެކުއާޕްރެޑައިސް އަކީ ތިނަދޫގެ އިޖުތިމާއީ ކަންކަމަށް ވެސް އެހީތެރިވަމުން އަންނަ ކުންފުންޏެކެވެ. ރަށުގެ އުމްރާނީ ތަރައްގީއާއި ގުޅުންހުރި ބައެއް މަސައްކަތްތަކަށް ކުންފުންނިން ދަނީ އެހީތެރިކަން ފޯރުކޮށް ރަށުގެ ހުރިހާ އިޖްތިމާއި މަސައްކަތް ކަމަށް ވެސް ދެވެނު އެންމެ ރަނގަޅަކަށް އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮންމެވެސް މީހެއް

    ވަރައް މަދު ދުވަސް ކޮޅެއްގެ ތެރޭގަ ގިނަ ކާމިޔާބީތަށް އަޅުގަޑުމެން މިދަނީ ހޯދަމުން. ވަރަށް ވެސް އުފާވޭ މި ކާމިޔާބީގެ ހިއްސާ އަކަށް ވީތީ. އަބަދުވެސް ކުންފުނިއަށް ހިދުމަތް ކުރުުމުގަ ދެމިހުންނާނަން.

    • ދައްތަ

      ކުންފުނީގެ އޯނަރުގެ ކޮމެންޓެއ އްތަ...ޒަހީން މަރުހަބާ....ކާމިޔާބަށް އެދެން...