އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭ ގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްރީޕެއިޑް ޕްލޭން މަމެންނާ ގުޅިގެން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ދިރާގުން މިހަފްތާ ބަންދުގައި ފަށައިފިއެވެ.

ޒުވާނުންނަށް ބޮޑަށް އަމާޒުކޮށްގެން ނެރެފައިވާ މަމެންއަކީ މިހާތަނަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކުރި ކަސްޓަމަރު އަމިއްލައަށް މޯބައިލް ޕްލޭން ރާވާލެވޭ ޕްރީޕެއިޑް ޕްލޭނެވެ.

އިއްޔެ ހަވީރުން ފެށިގެން ޒުވާނުންނަށް ހާއްސަކޮށް އަމާޒުކޮށްގެން ހިންގާ މި ޕްރޮމޯޝަނުގައި ކުރިން މަމެން އެޕް އިން ލިބޭ ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ގެ އަދަދު ދެ ގުނައަށް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން ޑިޖިޓަލް ލައިފްސްޓައިލްތަކަށް ލޯބިކުރާ ޒުވާނުންނަށް މަމެން ކަމުދާނެ ސަބަބުތައް ކިޔައިދިނުމާއި އެޕް މެދުވެރިކޮށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރު ބާރުވެރިވާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މިޔުޒިކާއި ތަފާތު ހުނަރު ދައްކާލާ ވަރަށް ކުލަ ގަދަ އިވެންޓްތައް މާލެއާއި އަތޮޅުތެރޭގައި ދިރާގުން ކުރިއަށްގެންދާކަން ފާހަގަކޮށްލެވެއެވެ.

މިގޮތުން މާލޭގައާއި އަތޮޅުތެރޭގައި ޙާއްސަ އިވެންޓްތަކާއި ހަފްލާތައް މަމެންނާއި ގުޅިގެން ދިރާގުން ދަނީ ބާއްވަމުންނެވެ.

މަމެންނަކީ ކޮބާ

މަމެންނަކީ ޕްރީޕެއިޑް މޯބައިލް ޕްލޭނެކެވެ. މަމެންގައި ބައިވެރިވެނޭނީ އެޕް ފޯނަށް ޑައުންލޯޑްކުރުމަށްފަހު ޕްލޭންގައި ބައިވެރިވެގެނެވެ. ޕްރިޕެއިޑް ކަސްޓަމަރުންނަށް ވަގުތުން ބައިވެރިވެވޭ ހިނދު އެހެން ކަސްޓަމަރުން އެކަމަށް ހާއްސަ ސިމެއް ނުވަތަ ޕްރީޕެއިޑް ސިމެއް ހޯދަންޖެހެއެވެ. މަމެން ޕްލޭންގައި ސީދާ ފައިސާ ނުގެންގުޅޭނެއެވެ. ބޭނުންކުރާނީ އާރް ބީ (ރާޅުބިސް ކުރުކޮށް) އެވެ. ހިނގާ ހަމައެކަނި ފައިސާގެ މުއާމަލަތަކީ އާރްބީ ގަންނަން ހިންގާ މުއާމަލާތެވެ. އާރްބީ ސީދާ އެޕް މެދުވެރިކޮށް، ނުވަތަ ރީލޯޑް ނުވަތަ ރީޗާޖް ވައުޗަރ މެދުވެރިކޮށް ގަނެވޭނެއެވެ. އާރްބީ އަކީ ގިނަދުވަހަށް ދެމިހުންނަ އެއްޗެކެވެ. މަސް ނިމުމަކުން ބޭނުންނުކޮށް ހުރެގެން އަދި އާރްބީއެއް ނުގެއްލޭނެއެވެ.

މަމެންއިން ކަސްޓަމަރުން ބާރުވެރިކުރުވަނީ ކިހިނެތް؟

މަމެންގައި ހިމެނެނީ މައިގަނޑު ހަތަރު އަސާސީ ސިފައެވެ.

1) އެމީހަކު ބޭނުންވަރަކަށް ޑޭޓާ،ވޮއިސް އަދި އެސްއެމްއެސް އެޕްގައި އެކަމަށް އިންނަ ހާއްސަ ސްލައިޑަރެއް ދަމާލައިގެން ފަސޭހަކަމާއެކު ހޯދޭނެއެވެ. ޑޭޓާ ގިނަކޮށްފައި ވޮއިސް މަދުކޮށްލަންވީއެވެ. ނުވަތަ 3 ކަންތައް އެއް ހަމައެއްގައި ބަހައްޓަންވީއެވެ. އެމީހަކު ބޭނުންގޮތެކެވެ.

2) މަމެންގައި އަމިއްލައަށް ކަނޑައަޅާ ޕްލޭން ބޭނުން އިރަކު ހަމަ އެހާފަސޭހައިން ސްލައިޑަރ ދަމާލައިގެން އެޕުން ބަދަލުކޮށްލެވޭނެއެވެ. އަދި އެކަންގޮތަކަށް ކިތަންމެ ފަހަރަކުވެސް ކުރެވިދާނެއެވެ. އަދި ގަނެފައިވާ ޑޭޓަ ނުވަތަ ވޮއިސް ނުވަތަ އެސްއެމްއެސް އަނބުރާ އާރްބީ އަށް ބަދަލުކޮށްލެވޭނެއެވެ. ބޭނުންކުރާ ފަރާތްތަކަށް ފުރިހަމަ މިނިވަންކަން އޮވެއެވެ.

3) މަމެން އެޕުން ފޯނު ބޭނުންކުރާ މިންވަރު ނުވަތަ ޔޫސޭޖް ވަގުތުން ވަގުތަށް ފަސޭހައިން ބަލާލެވޭނެއެވެ. ފޯނުން ކްރެޑިޓް ހޭދަވާގޮތް ނޭނގި އުޅޭކަށް ނުޖެހެއެވެ. ޔޫސޭޖް ބަލާފަ އެމީހަކަށް ކަމުދާގޮތަށް އެޕް ފަރުމާކުރަންވީއެވެ.

4) ގާތްތިމާގެ މީހުންނާއި ރައްޓެހިން (ނުވަތަ އެނޫންވެސް ފަރާތަކަށް) ފަސޭހައިން އާރްބީ ފޮނުވައި ހަމައެހާމެ ފަސޭހައިން އާރްބީ ހޯދުމަށް އަހާލެވޭނެއެވެ. މަމެނިއަރސް (މަމެންގެ އަހުލުވެރިން) ފަސޭހަކަމާއެކު އެކަކު އަނެކަކުގެ ކިބައިން އާރްބީ ހޯދާ ފޮނުވާހެދެއެވެ. ދިގު ޕިންކޯޑް ނުޖަހާ ދެތިން ކްލިކަކުން އެޕް މެދުވެރިކޮށް ރައްޓެއްސަކަށް ޑޭޓާ ނުވަތަ ވޮއިސް ނުވަތަ އެސްއެމްސް ފޯރުކޮށްދެވިދާނެއެވެ. ނުވަތަ އަހައިގެން އަމިއްލަ ބޭނުމަށް ހޯދިވެސް ދާނެއެވެ.

މަމެން ބޭނުންކުރާ ފަރާތްތަކަށް ހާއްސަޑިސްކައުންޓްތައް

މަމެން ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ދިރާގުން ވަނީ އެކި ކެފޭތަކާއި ލައިފްސްޓައިލް ވިޔަފާރިތަކާ ޕާރޓްނަރ ވެގެން މަމެނިއަރސް އަށް ހާއްސަ ޑިސްކައުންޓަކާއި އޮފަރ ތައް ފޯރުކޮށްދިނުމަށް ގަސްތުކޮށްފައެވެ. މަމެން ޕްލެޓްފޯމް މެދުވެރިކޮށް އެކި ހަފްތާގައި ތަފާތު އެކި އޮފަރތައް މިދެންނެވި ޕާޓަނަރ ވިޔަފާރިތަކުން ލިބޭނެއެވެ.

މުސްތަޤްބަލް މިއަދު: ދިރާގުން ދިވެހި މުވާސަލާތް ކުރިއެރުވުން

މި އަހަރަށް ދިރާގުން ރާއްޖޭގައި މުވާސަލާތުގެ ހިދުމަތް ދޭން ފެށިތާ 30 އަހަރު ފުރުނީއެވެ. މި 30 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި މުވާސަލާތާއި ޑިޖިޓަލް ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. މަމެން ޕްލޭނާއި އެޕަކީ މި ދެންނެވުނު ކުރިއެރުމުގައި އަނެއްކާވެސް ދިރާގުން އެޅި މުހިއްމު ފިޔަވަޅެކެވެ. މުސްތަގްބަލަށް ކަސްޓަމަރުން ބާރުވެރިކުރުމަކީ ކުންފުންޏަށް އަބަދުވެސް ލިބިގެންދާނެ އެންމެ ބޮޑުކުރިއެރުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ފެނޭތޭ

  ކޮބާ ތަމެންނަށް ފެނޭތޭ މަމެން މަމެން ޕިންކީންގެ ނަން އިޝްތިހާރު ކުރާ މޮޅު ގޮތް. ފެނޭދޯ. ހުންނާނެ މިޙާރު ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ. ދެން ތަމެން ދަގަ އުރީދޫ އާއި ގުޅިގެން ތަމެން ޕްލޭން ހަދަން އެއިރުން ދޯ ގޭމް ރަނގަޅަށް ޖެއްސޭނީ. މަމެން ވާދަ ކުރާނީ ތަމެންނާއި ތަމެން ވާދަ ކުރާނީ މަމެންނާއި ދޯ މޮޅުވާނީ މަމެން ދޯ. އޯއް ޔޭއް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި ޑާއި ޑާއި ޑާއި..

 2. ރިދަމް

  "މަމެން" ޕްރިޕެއިޑް މޯބައިލް އެޕާ އެކު ދެގުނަ ލިބޭ ޕްރޮމޯޝަނެއް ފަށައިފިނަމަ މަމެން އެކަމާއި އުފާކުރަމޭ ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ މަމެންގެ ކެމްޕެއިން ސްޓްރެޓެޖީ ވަރުގަދަ ކަން. ޔޫ ނޯ ދިސް އިޒް އިއްތިފާގު ދޯ. ދެން ތަމެން ވެސް މާ ބޮޑަށް މައިފުޓް އޭ ކިޔާ ބިންމަތީ ރުޅި އައިސްގެން ފައިން ތަޅާ ކޮޓަރީގެ ތަޅުމުގައި ޖަހާފައިވާ މުށި ތައް ތަޅާ ނުލާ ތަމެން ވެސް އުރީދޫ އާއި ގުޅިގެން އުޅެގަ ތަމެންގެ ޕްރިޕެއިޑް އެޕް ލޯންޗް ކުރަން އެއިރުން ނޫން ދޯ ލާރޖް ކޮށް މިކަން ޖެއްސޭނީ އެއިޓީން މޫން ސީންގް ރޭހުގައި ދޯ. ހޯއް ހޯއް ޗޮއް ޗޮއް ޗޮއް ހޯއް ހޯއް ހޯއް ގޮމެއް ތަމެން ބޮލަށް މިދިނީ އިނގޭތޭ އޮއޮއޯ އޮއޮއޯ އޮއޮއޯ މަމެން ޕިންކީން ނަކީ މީ ހުރިހާ ކުދިންގެ ވެސް ހިތުގެ ރިދަމް ރިދަމް ރިދަމް އޭ ޖަސްޓް ކޫލްޑް ދޯ. ވީއާރ ދަ ރިދަމް ދަ ރިދަމް އޮފް ޔުއަރ ހާރޓް ވީއާރ ޑާންސިންގް ތްރޫ ދަ ނައިޓް ޑާންސް ތްރޫ ދަ ނައިޓް. ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް..

 3. ވެންއިޓް

  ކޮބާ ތަމެންނަށް ފެނޭތޭ ވެން އިޓް ކަމްސް ޓު މަމެން ޔޫނޯ ދިސް ވޯރޑް ގޯސް ޓު އިންޓަރނޭޝަނަލް ތަމެންނަށް ނުފެނޭތޭ މިތަން ވޮންޓް ޔޫ އެކްސެޕްޓް އިޓް ވެން އިޓް ކަމްސް ޓު މަމެން އެއީ ވިޔަފާރީގައި ލަކް ބުނެދޭ ވޯރޑް އެކޭ އޯނޯ ފާރ ފްރޮމް އަންލަކީ ދޯ މަމެންނަށް ޔަގީނޭ ދިރާގުން މަމެން އެލަފްޒް ބޭނުން ކުރާނީ ވަރަށް ލާރޖް ކޮށް ދިރާސާ ކޮށްފައޭ ދެން މަމެން އެޕް ބޭނުންކުރާ މީހުންގެ އަދަދު 10 ހާހަށް އަރައިފިނަމަ ޔަގީނޭ މަމެން ނަށް އެއިޓީން މޫން ސީންގް ރޭސް އެއްލަކިން ކާމިޔާބު ވީ ކަން ޑޯން މިސްއައުޓް ދިސް ޗާންސް ދޯ. ތަމެން ގެ ސިކުނޑި ތައް ހުޅުވާށޭ ވެން އިޓް ކަމްސްޓު ޔޫ ދެއަރ އިޒް ނޯ ލަކް ޑޯންޓް ބީ ބްލައިންޑް ވޮންޓް ޔޫ އެކްސެޕްޓް އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާްންސް ވެން އިޓް ކަމްސް ޓު ޔޫ ކަމްސްޓު ޔޫ ކަމްސް ޓު ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް..

  • ެއެކްސް

   އާ! ހެޔޮ.....ދިރާގު އެކަމު ކަޑަ......