ޓީސީއެލް އިން މިހާތަނަށް މާކެޓަށް ނެރުނު ފުރަތަަމަ މޯބައިލް ފޯނު "ޕްލެކްސް" އެސްޓާސް އިން ރަސްމީކޮށް ލޯންޗް ކޮށްފިއެވެ.

އެސްޓާސް އިން މިފޯނު ލޯންޗް ކޮށްފައި ވަނީ އެކަމަށްޓަކާ ހާއްސަކޮށްގެން މިރޭ ބޭއްވި ހްފްލާއެއްގައެވެ.

އެސްޓާސް އިން ބުނީ 5،999 ރުފިޔާ އަށް ވިއްކާ މިފޯނު މާދަމައިން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމަޔަށް ގަންނަ ކޮންމެ ފަރާތަކަށް 500 ރުފިޔާގެ ޑިސްކައުންޓެއް ދިނުމަށްހަމަޖެހިފައިވާ ކަމަށެވެ. އެހެން ކަމުން މި ޕްރޮމޯޝަން ކުރިއަށްދާ ދުވަސްވަރު ފޯނު ވިއްކުމަށް ހަމަޖެހިފައި ވަނީ 5،499 ރުފިޔާ އަށް ކަމަށް އެސްޓާސް އިން މައުލޫމާތު ދެއެވެ.

އެސްޓާސް އިން ވިއްކާ ޓީސީއެލް ފޯނު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

6.3 އިންޗީގެ ޑިސްޕްލޭއެއް އިންނަ މި ފޯނަކީ ދެ ސިމްވެސް ލެެއްވޭ ގޮތަށް ފަރުމާކޮށްފައިވާ، އެންޑްރޮއިން 9.0 އިންނަ ފޯނެކެވެ. 128 ޖީބީ ރޮމް އަދި 6 ޖީބީގެ ރެމެއް އިންނަ މި ފޯނަކީ މޯބައިލް ގޭމް ކުޅެން ބޭނުންވާ ފަރާތްތަކުން ގަނެލުމަށް އެންމެ ރަނގަޅު އަދި އެންމެ ވަރުގަދަ ފޯނު ކަމާއި މެދު ޝައްކުވެސް ކުރާނެ ކަމެއް ނެތެވެ. މި ފޯންގައި އިންނަނީ ސްނެޕްޑްރެގަން 675ގެ ޕްރޮސެސާއެކެވެ.

އަދިި މި ފޯނަކީ ފަހުގެ އެންމެ މޮޅު ފޯންތަކާއި އެއް ފެންވަރުގެ، ކޮލެޓީ ފޯނެކެވެ.

އެސްޓާސް އިން ވިއްކާ ޓީސީއެލް ފޯނު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިއީ ވަރުގަދަ ކެމެރާއެއް އިންނަ ފޯނެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މި ފޯނުގެ ފަހަތުގައި ތިން ކެމެރާ އިނދެއެވެ. އެއީ 48 މެގަޕިކްސަލް ކެމެރާއަކާއި، 16 މެގަޕިކްސަލް ކެމެރާއެއްގެ އިތުރުން، ދެ މެގަޕިކްސަލް ކެމެރާއެކެވެ. އެހެންކަމުން މި ފޯނުގެ ފޮޓޯ ކޮލެޓީވެސް އެހާމެ މޮޅުވެފައި ރަނގަޅުވާނެއެވެ.

މި ފޯނުގެ ސެލްފީ ކެމެރާގައި 24 މެގަޕިކްސަލް ހުންނައިރު، މިއީ ސެލްފީ ނަގާ ފަރާތްތަކުން އެންމެ ބޭނުންވާނެ އެއް ފޯނެވެ.

އެސްޓާސް އިން ވިއްކާ ޓީސީއެލް ފޯނު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މީގެ އިތުރުން، މި ފޯނުގައި އިންނަނީ ވަރުގަދަ ބެޓަރީއެކެވެ. އެއީ 3820 އެމްއޭއެޗްގެ ބެޓަރީއެކެވެ.

މި ބްރޭންޑްގެ ފޯނުގެ އޮބްސައިޑިއަން ބްލެކް އަދި އޮޕަލް ވައިޓް މިހާރު ދުނިޔޭގެ ބާޒާރުން ލިބެންހުރިއިރު، އެސްޓާސް އިންވެސް މި ކުލަތައް ލިބެން ހުންނާނެއެވެ.

އެސްޓާސް އިން އަންނަނީ ޓީސީއެލްގެ ފޯނުގެ އިތުރުން މި ބްރޭންޑުގެ އެއާކޮންޑިޝަނަރ އާއި ޓީވީވެސް ވިއްކަމުންނެވެ. ހެޔޮ އަގުގައި ލިބޭ މި ބްރޭންޑުގެ ޕްރޮޑަކްޓުތަކަކީ، މައްސަލަޖެހުން ކުޑަ އަދި ގިނަ ދުވަހަށް ބޭނުންކުރެވޭ، ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މޮޅު ޕްރޮޑަކްޓްތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.