ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އެއަރބަސް ދަތުރުތައް އައްޑޫއަށް ފެށުމަށް ނިންމައިފިއެވެ.

އެކަން ހާމަކޮށް މިއަދު މޯލްޑިއަނުން ބުނީ، އެ އެއާލައިނުގެ ބޮޑު ފްލައިޓް އައްޑޫއަށް ކޮންމެ ބުރާސްފަތި ދުވަހެއްގައި އާއި ކޮންމެ ހޮނިހިރު ދުވަހެއްގައި ކުރާނެ ކަމަށެވެ.

މޯލްޑިވިއަނުން ކޮންމެ ދުވަހަކު ހަ ވަރަކަށް ދަތުރު ކުރެއެވެ. އައްޑޫއަށް އެ ދަތުރުތައް ކުރަނީ ކުދި ފްލައިޓްތަކުގައެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން މޯލްޑިވިއަން ޕީއާރް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، އައްޑޫއަށް ބޮޑު ފްލައިޓްގެ ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ ޗުއްޓީ އާއި ދިމާކޮށް ޑިމާންޑް ބޮޑުވުމުން ކަމަަށެވެ.

"ޗުއްޓީ ތެރޭ ވަރަށް ޑިމާންޑް ބޮޑުވީމަ.. މި ދަތުރުތައް ފަށަނީ". މޫސާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން ދާދި ފަހުން ވަނީ އައްޑޫ ސިޓީ އާއި ހުވަދޫ އަތޮޅާއި ދެމެދުގެ ދަތުރުތައް ފަށާފައެވެ. އައްޑޫ އިން ހުވަދު އަތޮޅުގެ ދެ އެއާޕޯޓަކަށް ހަފްތާއަކު ހަ ދަތުރު މޯލްޑިވިއަނުން ކުރާނެއެވެ.އެގޮތުން ކޫއްޑޫ އެއާޕޯޓަށް 3 ދަތުރު އަދި ކާޑެއްދޫ އެއާޕޯޓަށް ތިން ދަތުރު ކުރުމަށް ނިންމާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދު

    ރަނގަޅު ނިންމުމެއް. އުއްމީދު ކުރަން އަތްފޯރާ ފަށުގައި ޓިކެޓްލިބޭނެ ކަމަށް!

  2. ބަރޯ

    ގަޑިއަށް ފުރާނެތަ ؟
    ކަލޭމެން ތިކަން ކުރަންޏާ ރަނގަޅަށް ކޮށްބަލަ

    2
    1