މާލޭގެ ކާނޭޝަން މަގުގައި ދުބުރި މިސްކިތް ކުރިމަތީ ހުންނަ ބަނީރާ ފިހާރައިގައި، ނަން ހުސްކޮށް މަޝްހޫރު ބްރޭންޑްތަކުގެ އޮރިޖިނަލް ސެންޓާއި، މަޝްހޫރު އެކި ބްރޭންޑްތަކުގެ ކޮސްމެޓިކްސް ލިބެން އެބަ ހުއްޓެވެ. އެ ފިހާރައަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮރިޖިނަލް ސެންޓާއި މަޝްހޫރު އެކި ބްރޭންޑްތަކުގެ ކޮސްމެޓިކްސް ވިއްކާ އެއް ފިހާރައެވެ. އެ ފިހާރައިން ޑިއުޓީ ފްރީން ލިބެން ހުންނަ މަޝްހޫރު ހުރިހާ ބްރޭންޑެއްގެ ސެންޓު ލިބެއެވެ.

"މިއީ ރާއްޖޭގެ އެންމެ އަޕްޑޭޓެޑް ސެންޓު ފިހާރައޭ ބުނެވިދާނެ. އަބަދުވެސް އެންމެ ފަހުގެ ސެންޓުތައް ލިބެން ހުންނާނެ". އެ ފިހާރައިން މައުލޫމާތު ދިނެވެ.

މި ފިހާރައިން ވިއްކާ އެއްޗެހީގެ އަގުތައް އެހެން ފިހާރަތަކުން ވިއްކާ މި ބާވަތުގެ ތަކެއްޗާއި އަޅާބަލާއިރު، ހާސްބައި ހެޔޮވާނެއެވެ.

ބަނީރާ މިއީ ކޮން ބައެއް؟

ބަނީރާ އަކީ 2014 ވަނަ އަހަރު "ބަނީރާ"ގެ ނަމުގައި ފޭސްބުކް ޕޭޖެއްގައި ހިންގަމުން އައި ވިޔަފާރިއެކެވެ. އެއިރު ހަމައެކަނި އެ ޕޭޖުން ލިބެން ހުންނާނީ ސެންޓެވެ. އެއިރުވެސް އެ ޕޭޖް ހާއްސަވެފައި ވަނީ އޮރިޖަނަލް ސެންޓް ރާއްޖެ އެތެރެކޮށް ވިއްކާ ޕޭޖެއްގެ ގޮތުގައެވެ. އަދި މިހާރު އެ ވިޔަފާރި ފުޅާވެ މިއަހަރުގެ ޖުލައި އިން ފެށިގެން ފިހާރަ ވަނީ ހުޅުވާފައެވެ.

ބަނީރާ ފިހާރައިން ލިބެން ހުންނާނީ ކޮން ބްރޭންޑެއްގެ އެއްޗެހި؟

އެ ފިހާރައިން ވިއްކާ ކޮސްމެޓިކްސް ބްރޭންޑް ތަކުގެ ތެރޭގައި ބޮޑީ ޝޮޕް، ކަންޓޫ، ވިކްޓޯރިއަރ ސީކްރެޓް އަދި ޑިސައިނާ ކަލެކްޝަން އާރު-ސީރީޒް ހިމެނެއެވެ. އަދި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ބްރޭންޑް ތަކުގެ ބޮޑީ ލޯޝަން، ބޮޑީ ސްޕްރޭ، ޝަވަރޖެލް، ހެއަރ ކްރީމް ލިބެން ހުންނާނެ އެވެ.

މި ފިހާރައިން ލިބެން މިހާރު މި ހުންނަ ސެންޓްތަކަކީ ދިވެހިންގެ ތެރޭގައިވެސް އެންމެ މަޝްހޫރު ސެންޓްތަކެވެ. މީގެ ތެރޭގައި، ކްރިސްޓިއަން ޑިއޯ ސެންޓު، ޖެނިފާ ލޮޕޭޒް ސެންޓު، ވިކްޓޯރިއާ ސީކްރެޓް ސެންޓު، ޓޫވަންޓޫ ސެންޓު، ޝެނަލް ސެންޓު، ވިކްޓަރ އެންޑް ރޯލްފް ފަދަ ސެންޓްތައް ހިމެނެއެވެ.

"މި ފިހާރަ އިން 200 އަށްވުރެ ގިނަ ވައްތަރުގެ ސެންޓު ލިބެން ހުންނާނެ"

އާ އަހަރާއެކު ބޮޑު ޑިސްކައުންޓެއް

2020 ވަނަ އަހަރަށް މަރުހަބާ ކިޔަމުން އަންނައިރު، އެ ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހާއްސަ ބޮޑު ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ.

އެ ފިހާރައިން ބުނީ، ސެންޓަރ އައި ކޮސްމެޓިކްސްގެ ހުރިހާ އެއްޗަކުން، އާ އަހަރާއި ދިމާކޮށް 30 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށެވެ.

"އާހަރުގެ ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ޖެނުވަރީ 31 ގެ ނިޔަލަށް"

ބަނީރާއިން ވިއްކާ އެއްޗެހި ފެންނަން ހުންނާނީ ކޮންތާކުން؟

ބަނީރާއިން ލިބެން ހުރި ސެންޓަރ، ބްރޭންޑެޓް ކޮސްމެޓިކް ފިހާރައިގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އަދި، ބަނީރާގެ ފޭސްބުކް ޕޭޖުންނާއި އިންސްޓަރގްރާމް ޕޭޖުންވެސް ފެންނަން ހުންނާނެއެވެ. މި ޕޭޖްތައް ވަރަށް އަޕްޑޭޓްވާނެއެވެ. އެ ފިހާރައަށް އަލަށް ގެންނަ އެއްޗެއްސާއި، މިހާރު ހުރި އެއްޗެހީގެ މައުލޫމާތުތައް އަބަދުވެސް މި ޕޭޖްތަކުންނާއި، ވެބްސައިޓް މެދުވެރިކޮށް ބެލޭނެއެވެ. އަދި އެ ފިހާރާގައި ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންތަކާއި ގުޅޭ މައުލޫމާތުތައްވެސް ލިބެން ހުންނާނެއެވެ.

އަދި އެ ފިހާރައިން ތަކެތި އޯޑަރު ކުރުމުން މާލެއަށާއި، ހުޅުމާލެ އަށް ހިލޭ ޑެލިވަރީ ހިދުމަތްވެސް ދޭނެއެވެ. ބަނީރާގެ ފޯން ނަމްބަރަކީ 7576869 އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކަސްޓަމަރު1

  ވަރަށް ބެސްޓް އޮރިޖިނަލް ސެންޓު ހުންނަނީ. ތަޖްރިބާކޮށްފަ މި ބުނީ

  9
  3
 2. މާނު

  ވަރަށް ކޮލިޓީ ބްރޭންޑްގެ ތަކެތި ވިއްކަނީ. އަގުވެސް ސަޅި

  10
  3
 3. ސެންޓުބެ

  ސެންޓު މިހިރީ ސެންޓު...ހުސް އޮރިޖިނަލް ސެންޓު

  3
  2
 4. ރިޝްމީ

  ބަނީރާ އިޒް ދަ ބެސްޓް

  3
  1
 5. ާިއާންތް

  ماشا الله تبارك الله ބަނީރާ އެއީ ހަމަ ބެސްޓް

  1
  1