ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ ހައިސެންސްގެ ޓީވީ ރެޑްވޭވުން ލިބޭނެ ގޮތް ހަމަޖައްސައި އެ ޓީވީއަށް ޕްރިއޯޑަރު ކުރުމަށް ރެޑްވޭވުން ހުޅުވާލައިފިއެވެ.

ރެޑްވޭވުން ދުނިޔޭގައި ނަންހިނގާ މިފަދަ ބޮޑު ބްރޭންޑެއްގެ އެއްެޗެހި ރާއްޖެއަށް ވިއްކަމުން އަންނައިރު، ރެޑްވޭވުން ވަނީ ސީދާ ހައިސެންސް ކުންފުނިން ރާއްޖެއަށް މި ޓީވީތައް އިންޕޯރޓްކޮށް ޑިސްޓްރިބިއުޓް ކުރެވޭނެ ގޮތަށް ހަމަޖައްސާފައެވެ.

ރެޑްވޭވުން އިން ހައިސެންސް ބްރޭންޑު ވިއްކަމުންދާނީ ވަރަށް ހާއްސަ ހެޔޮ އަގުތަކެއްގައެވެ. އަދި މި ޓީވީތަކަށް ޕްރި އޯޑަރު ކުރާ ފަރާތްތަކަށް ރެޑްވޭވުން ވިއްކާ އަސްލު އަގަށްވުރެ ހެޔޮކޮށް ލިބޭނެއެވެ.

ރެޑްވޭވުން ބުނީ، މި ބްރޭންޑްގެ ޓީވީއަށް ޕްރިއޯޑަރ ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެފުރުސަތު ހުޅުވާލާފައިވާ ކަަމަށާއި، މިގޮތަށް ޕްރި އޯޑައު ކުރެވޭނީ ޓީވީގެ އަގުގެ %75 ފައިސާދެއްކުމުން ކަމަށެވެ. މިގޮތުން ޕްރިއޯޑަރ ކުރާ ޓީވީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގައި ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ހައިސެންސް ޓީވީގެ ތެރޭގައި ލެޑް ހެޖްޑީ، ފުލްއެޖްޑީ އަދި ޔޫލެޑް ޔޫއެޖްޑީގެ އިތުރުން ލޭޒަރ ޓީވީ ހިމެނެއެވެ. އެގޮތުން 32އިންޗި އާއި 100އިންޗީގެ ދެމެދުގެ ސައިޒުގެ ހައިސެންސް ޓީވީ ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރެޑްވޭވުން ބުނީ، ހައިސެންސް ޓީވީ ރެޑްވޭވުން ލިބޭނީ އެއް އަހަރު ދުވަހުގެ ވޮރަންޓީއާއި އެކުއެވެ. އަދި ހައިސެންސް ޓީވީގެ ފުލްސާރވިސް ރެޑްވޯވުން ފޯރުކޮށްދޭގޮތަށްވަނީ ހަމަޖެހިފައެވެ.

އަދި މީގެ އިތުރުން ރެޑްވޭވްގެ ހައިސެންސް ޝޯރޫމެއް ވަރަށް އަވަހަށް ހުޅުވިގެންދާނޭކަމުގައި ރެޑްވޭވުންބުންޏެވެ.

ބޮޑެތި އެޕްލަޔަންސް އާއި އިލެކްޓްރޯނިކްސް އުފެއްދުމުގައި 50 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވާ ހައިސެންސް އަކީ ދުނިޔޭގެ ނަންހިނގާ ބްރޭންޑެކެވެ. ހައިސެންސްއަކީ 2018 ވަނަ އަހަރުގެ ފީފާ ވޯރލްޑްކަޕްގެ އޮފިޝަލް ސްޕޮންސަރއެވެ. އަދި 2016 ވަނައަހަރު އަދި ކުރިއަށްއޮތް 2020ވަނަ އަހަރުގެ ޔުއެފާ ޔޫރޯގެ އޮފިޝަލް ޕާރޓްނާރ އެވެ.