ސާބިއޭގެ އުފެއްދުމެއް ކަމަށްވާ ވާޑޭ ޖޫހުގެ ރަހަ ބަލާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން މާދަމާ ހާއްސަ އިވެންޓެއް ބޭއްވުމަށް އެޗްއެސްސީން ނިންމައިފިއެވެ.

އެޗްއެެސްސީއަކީ ވާޑޭ ބްރޭންޑްގެ ޖޫސް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޏެވެ. އެ ކުންފުނިން ހިންގަމުން އަންނަ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑުން ވާޖޭ ޖޫސް ހޯލް ސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން ދާނެއެވެ.

އެޗްއެސްސީން މިއަދު ބުނީ، ވާޑޭ ޖޫހުގެ ރަހަތައް ދެއްކުމަށްޓަކައި މާދަމާ ހަވީރު 16:00 އިން 18:00 އަށް މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި އިވެންޓެއް ކުރިއަށްދާނެ ކަމަށެވެ. އެ އިވެންޓުގައި މި ބްރޭންޑުގެ ޖޫހުގެ ރަހަ ބަލާލުމުގެ ފުރުސަތު ހިލޭ ލިބިގެން ދާނެ ކަމަށް އެޗްއެސްސީން ބުނެއެވެ.

ވާޑޭ ޖޫސް އެކި ވައްތަރުތައް އެޗްއެސްސީން ވިއްކަމުން އަންނައިރު، މި ޖޫހަކީ ރިސޯޓްތަކަށާއި، ރަށްރަށުގައިވެސް މިހާރު އެންމެ ހިނގާ އެއް ޖޫހެވެ.

މި ޖޫހުގެ ހަތަރު ވައްތަރެއް މިހާރު އެޗްއެސްސީން ވިއްކަމުން ދެއެވެ. އެއީ އޮރެންޖް، އެޕަލް، ޕީޗް އެންޑް އެޕަލް، އަދި މަލްލިފްރުޓެވެ. އަދި މިއީ 100 ޕަސެންޓް ތާޒާ މޭވާއިން ތައްޔާރުކޮށްފައިވާ ޖޫސްތަކެކެވެ.

އަދި މީގެ އިތުރުން، މި ބްރޭންޑްގެ ޕީޗް، ބެރީ، ޗެރީ، ޕައިނެޕަލް އަދި ޓޮމާޓޯ ޖޫސްވެސް އެޗްއެސްސީ ޔޫރޯ އަންލިމިޓެޑުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުންނެވެ.