ރާޅާ އަޅާ ފަރާތްތަކާއި މޫދަށް ލޯބިކުރާ ފަރާތްތަކުން ވަރަށް ގަޔާވާ ބްރޭންޑެއް ކަމުގައިވާ "ރިޕް ކާލް"ގެ ރަސްމީ ފިހާރަ އެއް ރާއްޖޭގައި ހުޅުވައިފިއެވެ.

ސިމްޑީ އިން މާލެ ކައިރީގައި އޮންނަ މޭރިނާ ކްރޮސްރޯޑުގައި މި ފިހާރަ ހުޅުވާފައި ވާއިރު، މި ފިހާރަ އިން މި ބްރޭންޑުގެ ގިނަ އަދަދެއްގެ ސާމަނުތަކެއް ލިބެން ހުންނާނެއެވެ.

ދުނިޔޭގެ ގިނަ ބަޔަކު ބަލައިގެންފައިވާ މި ބްރޭންޑުގެ އަންނައުނުތައް ލައި އުޅުމަށް ދިވެހި ޒުވާން ފިރިހެން އަދި އަންހެން ކުދިންވެސް ވަރަށް ބޮޑަށް ގަޔާވެއެވެ.

ރިޕްކާލްގެ ފިހާރަ / ފޮޓޯ : ކޯޕަރޭޓް މޯލްޑިވްސް

1969ވަނަ އަހަރު އޮސްޓްރޭލިއާ އަށް ނިސްބަތްވާ ބްރިއަން ސިންގާ އާއި ޑޫގް ވާބްރިކް ގުޅިގެން އުފެއްދި މި ކުންފުނިން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ވަނީ ގިނަ ބައެއްގެ ހިތްތަކުން ލޯބި ހޯދާފައިކަން ފާހަގަކޮށްލެވެއެވެ.

މި ފިހާރަ އަށް ޒިޔާރަތް ކޮށްލަން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް ކްރޮސްރޯޑް އަށް ދިއުމަށް ފަހު އެ ފުރުސަތު އޮންނާނެއެވެ. މި ބްރޭންޑުގެ ރަސްމީ ފިހާރައެއް ރާއްޖޭގައި ހުޅުވުމުން ކޮލިޓީ ޕްރޮޑަކްޓުތައް އަގުހެޔޮކޮށް އެ ފިހާރަ އިން ލިބޭނޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ.