މާދަމާއިން ފެށިގެން މޯލްޑިވް ގޭސް އިން ނެގުމަށް ނިންމާފައިވާ ޖީއެސްޓީ ނެގިޔަސް އަގަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މޯލްޑިވް ގޭހުން މިހެން ބުނެފައި ވަނީ އެކުންފުނިން ސިލިންޑަރ ރަޖިސްޓްރޭޝަން ފީ އިން ޖީއެސްޓީ ނެގުމަށް އަންގާފައިވާ ކަަމަށް ބުނެ މިއަދު މެމޯ އެއް ނެރުމަށްފަހު، އޭގައި އަގަށް ބަދަލެއް އަންނާނެ ކަމެއް ނުވަތަ ނޫންކަމެއްވެސް ހިމަނާފައި ނެތުމުގެ ސަބަބުން ގިނަ ބަޔަކު ސުވާލު ކުރިމަތިކުރަން ފެށުމާއި ގުޅިގެންނެވެ.

މޯލްޑިވް ގޭސް އިން ބުނީ، އެ ބަދަލު ހަމައެކަނި ފެންނާނީ ސްލިފުން ކަމަށާއި، ހިދުމަތުގެ އަގު ލިބުމުން ދޫކުރާ ސްލިޕުގައި ޖީއެސްޓީ މިންވަރުކަމަށް ވަކި އަދަދެއް ކަނޑައެޅިފައި އިންނާނެ ކަމަށެވެ،

އެހެން ނަމަވެސް އެއަގަކީ މިހާރުގެ ހަމަ އަގުގެ ތެރެއަށް ފެތޭ އަގަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މޯލްޑިވް ގޭސް އިން ނެރެފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައި ވަނީ 6 އިންސައްތައިގެ ޖީއެސްސީއެއް ނަގަން ނިންމާފައި ވަނީ މޯލްޑިވް ގޭސް އިން އެލްޕީޖީ ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ނަގަމުންދާ ފައިސާ އިންނެވެ.

އެލްޕީޖީ ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ނަގަމުންދާ ފައިސާއިން ޖީއެސްޓީ ނަގަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.