ޒިއޯމީގެ ފޯންތައް ދިވެހިންގެ ހިތްތައް އަތުލައިފިއެވެ. ޒިއޯމީގެ ކުރީގެ ފޯންތަަކާއި، ހިލާފަށް ފަހުން ނެރެމުން އަންނަ ފޯންތައް ބޮޑެތި ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. މިގޮތުން ފޯނުގެ ކެމެރާ އާއި، ފޯނުގެ ޑިސްޕްލޭގެ އިތުރުން، ފޯނުގެ ބެޓަރީވެސް މި ދަނީ ވަރުގަދަ ކުރަމުންނެވެ.

ޒިއޯމީގެ ފޯންތައް އެންމެ ހެޔޮއަގުގައި ލިބެން ހުންނާނީ ސުޕަރ މޯބައިލުގައެވެ. އެ ފިހާރައިން މިހާރު ޒިއޯމީ އެމްއައީ ނޯޓް 10ވެސް ވިއްކަމުން ދެއެވެ. ޒިއޯމީ މި ފޯނުގެ ފަސް ކެމެރާއެއް އިންނައިރު، ފޮޓޯ ނަގަން މިއީ ހަމަ އެއްވަނަ އެވެ.

ސުޕަރ މޯބައިލް ފިހާރައާއި ގުޅޭނެ ނަމްބަރަކީ 7519966 އަދި 9918006 އެެވެ. މި ނަމްބަރުތަކަށް ގުޅައިގެން ނުވަތަ ވައިބަރ ކޮށްގެން ބޭނުންވާ ފޯނެއް ޑެލިވަރ ކޮށްދިނުމުގެ ހިދުމަތްވެސް ލިބިގެން ދާނެއެވެ.

ޒިއޯމީ އެމްއައި ނޯޓް 10

ޑިޒައިން

މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި ނެރުނު ޒިއޯމީ އެމްއައި ނޯޓް 10 އަކީ 6.47 އިންޗީގެ އަތަށް ފަސޭހަވާގޮތަށް ތައްޔާރުކޮށްފައިވާ ފޯނެކެވެ. މި ފޯނުގެ ކުރިމަތި އަދި ފުރަގަސްވެސް ބިއްލޫރިން ފަރުމާކުރެވިފައިވާއިރު، އަލުމޭނިއަމް ފްރޭމަކަށް މި ފޯން ވަނީ ފައްތާލާފައެވެ.

ހާޑްވެއަރ

ކުއަލްކޮމް ބްރޭންޑްގެ ސްނެޕް ޑްރެގަން 730 ޕްރޮސެސަރ އަކާއި އެޑްރީނޯ 612 ގެ ގްރެފިކްސްއެއް އެކުލެވޭ މި ފޯނަކީ ގޭމް ކުޅެލަންވެސް ވަރަށް ބަރާބާރު ފޯނަކަށް ވެގެން ދާނެެއެވެ.

މި ފޯނުގައި ވަނީ 6GB ރެމް އެކެވެ. އަދި 128GB، 64GB ގެ ސްޓޯރޭޖެއް މި ފޯނުގައި ވެއެވެ.

ބެޓަރީ

މިފޯނުގައި ވަނީ 5260mAh ގެ ބެޓެރި އެކެވެ. މިއީ ފުދޭވަރަކަށް ބޮޑު ބެޓެރިއެކެވެ. އަވަސްކަމާއެކު ޗާޖް ކުރެވޭ މި ފޯން، 30 މިނިޓު ތެރޭގައި 58 ޕަސެންޓް ޗާޖް ކުރެވޭނެއެވެ. އަދި 65 މިނިޓު ތެރޭގައި ފުލް ޗާޖް ކޮށްލެވޭނެެއެވެ. އެހެންކަމުން މިއީ ބެޓަރީވެސް ވަރަށް ވަރުގަދަ ފޯނަކަށް ވެގެން ދާނެއެވެ.

ވަރުގަދަ ކެމެރާތައް

މި ފޯނުގެ ފުރަގަހުގައި ފަސް ކެމެރާ އިނދެއެވެ. އެއީ 108 އެމްޕީގެ ކެމެރާއަކާއި، 20 އެމްޕީ، 12 އެމްޕީ، 5 އެމްޕީގެ ކެމެރާއެއްގެ އިތުރުން 2 އެމްޕީގެ ކެމެރާއެކެވެ. އެހެންކަމުން މިއީ ކެމެރާގެ ގޮތުން އެކަނި ބެލިޔަސް ވަރުގަދަ އެއް ފޯނެވެ. އަދި މިއީ ސެލްފީ ނަގަން ދެވިހިފާފައި ތިބޭ ޒުވާނުންނަށްވެސް ރަނގަޅު ފޯނަކަށް ވެގެން ދާނެއެވެ. މި ފޯނުގައި 32 އެމްޕީގެ ފްރޮން ކެމެރާއެއް އިނދެއެވެ.

ޒިއޯމީ އެމްއައި ނޯޓް 10 މާލެ އިން ލިބެން ހުންނާނީ ސުޕާރ މޯބައިލުންނެވެ. ޒިއޯމީގެ އިތުރުން، މަޝްހޫރު ގިނަ ބްރޭންޑްތަކުގެ ފޯންތައް އެތަނުން ލިބެން ހުންނާނެއެވެ.

މާލެ ހުޅުމާޅެ އަދި ރިސޯޓްތަކަށްވެސް ފޯންތައް ޑެލިވަރީ ހިދުމަތް ދެމުން އަންނަ ސުޕަރ މޯބައިލް ފިހާރަ ހުންނާނީ އަލިކަލޭގެފާނު މަގު، ބޮޑުރަސްގެފާނު މަގު ކަންމަތީގައެވެ.