ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަން ބޭނުން ވެގެން އުޅޭ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އިންޑިއާގެ ބައެއް ޓްރެވަލް އެޖެންޓުން، ޗުއްޓީ އަށް އަންނަން ބޭނުންވާ މީހުންނަށް ލަނޑުދެމުންދާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "މުމްބާއީ މިރާ" ގައި ބުނެފައި ވަނީ ސަންތޯސް މެހްރާ ނަމަކަށް ކިޔާ މީހަކު ރަހުމަތްތެރިންނާއި އެކު ރާއްޖެއަށް ދަތުރު ކުރަން މީގެ ހަމަސް ދުވަސް ކުރިން ޓްރެވަލް އެޖެންޓަކަށް ފައިސާ ދެއްކި ނަމަވެސް އޭނާ އަށް އެންމެ ފަހުވަގުތު ދަތުރު ނުކުރެވުނު މައްސަލަ މިހާރު ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

މެހްރާ އާއި މެހްރާގެ ރަހުމަތްތެރިންނަށް ލަނޑުދީފައި ވަނީ ނިއުދިއްލީގެ ޓްރެވެލަް އެޖެންޓެކެވެ. އެޖެންޓް ވަނީ އެމީހުން ރާއްޖެ ގެނައުމަށް 70000 ރުޕީސް ނަގާފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެނގުނީ ޓިކެޓާއި، ދަތުރުގެ އެހެން އެއްވެސް އިންތިޒާމެއް ވެސް އެޖެންޓް ހަމަޖައްސާފައި ނުވާ ކަމެވެ.

ހަނީމޫނަށް އަންނަން އުޅުނު އިންޑިއާގެ ދެމަފިރިއަކަށް ޓްރެވަލް އެޖެންޓަކު ލަނޑުދިން މައްސަލައެއްގެ މައުލޫމާތު ވެސް "މުމްބާއީމިރާ" ގައި ގެނެސްދީފައި ވެއެވެ. ހަމަސް ދުވަސް ކުރިން ރާއްޖެ އަންނަން ތައްޔާރުވަމުން ދިޔަ ދެމަފިރިން ވަނީ ޓްރެވަލް އެޖެންޓަށް 1.4 ލައްކަ އިންޑިއާ ރުޕީސް ދައްކާފައެވެ. އެމައްސަލަ ވެސް މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

އިންޑިއާ ފުލުހުން ވަނީ ޗުއްޓީ ދަތުރުތައް ރާވާއިރު އެއީ އިތުބާރު ކުރެވޭ ޓްރެވަލް އެޖެންސީ އެއްތޯ ކަށަވަރު ކުރުމަށް އިންޑިއާ ރައްޔިތުންގެ ކިބައިން އެދިފައެވެ.

އިންޑިއާ މީހުންގެ މެދުގައި މިހާރު އެންމެ މަގުބޫލް އެއް މަންޒިލަކީ ރާއްޖެ އެވެ. ރާއްޖެ އަށް ޒިޔާރަތް ކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އައްބޭބެ

    އެކަމަކު އެމީހުންގެ މުށްބާރުކަމުން ރާއްޖެގައި ޚަރަދުކުރާ ފައިސާ ވަރަށް މަދު. ސްވެނިއަރ އެއް ނުގަންނާނެ. ރިސޯޓް ބޯއީސް މެނަށް ހެޓަކަށް ބަވާނެ. އިންޑިޔާގެ 10 މީހުންނާއި މެދުއިރުމަތި ނުވަތަ ޔޫރަޕްގެ އެންމެ މީހަކާއި ހޭދަކުރުން އެއްވަރުވާނެ.

    50
    2
  2. ހަސަނު

    އިންޑިޔާ އަށް، ދިވެހިންގެ ލަގަން ދޫކުރުމަކީ، ފަހުން ކަރުނަ އަޅާ ރޯންޖެހޭނެ ކަމެއް! ތާރީޚުން މިކަމަށް ހެކިދޭ!

    127
  3. ޖާވުރު ކުމާރު

    ގައުމަށް ވައްނަ ޑޮލާރތަކުން ބައެއްކާލަން ދަހިވެތިވެފަ ތިބޭބައެއް

    46
  4. ދިވެއްސެއް

    އިންޑިއާއަށް މީހުންނަށް ނުލިބުނު މާވަހަރެއް ރާއްޖެމީ އެމީހުންގެ ކަނޑުގައޮތް.

    48
    • ޣައްދާރު

      މީ އެމީހުންގެ ކަނޑެ އްނޫން ....އެގޮތަ އް ނަންކިޔާފަ އޮތަސް.

      19
  5. ިޮފަލިިިޔަ

    ކިހަ ނުބައި ވިމަ އަމިއްލަގައުމުގެ މިހުންނަށްވެސް
    ކެހި ދެނި ...

    44
    • ދޮންކަލޯ

      ހައްޖު ގުރޫޕު ތަކުން ވެސް ހަދަނީ މިހެން ދޯ!!! ?

      11
      2
  6. ހީވޭކަމެއްހެން

    ތިޔަހުރީ އެމީހުން އެމީހުންނާ ދޭތެރޭ ކަންކިރާގޮތް، ދެން ދިވެހިން އެމީހުންގެ އުނގަށްވެއްޓުނީމަ ކިހާވަރެއް ހަދާލާނެ.

    46
  7. މޯދިީގެ ބަފާ

    ބުއްޅަބ/ެނެމް އެތިބީ ވެރިކަމާހެދީ ގައުމު އިންޑިޔާއަށް ވިއްކާލާފަ!

    43
  8. ކަރަންޓޭ

    ކޮބައިތަ އިންސާފުގެ ޖއްނި އަށްނިފުރޭތަ މިކަމާ މޮޅުވާހަކައެއް ނުދައްކާތަ ކެނެރީގޭ ބަހީލު....

    12
  9. ޓަކައިތަ

    އިންޑިޔާ އަކީ މި ސަރަހައްދަށް ޖެހިފައޮތް މުސީބާތެއް. ބޮޑުވެގެންވާ ވަބާއެއް. ނޭޕާލަކަށް ނޭވާލިޔަކަ ނުދޭ. ލަންކާއަށް އެތަކެއް ހަތިޔާރެއްފޮނުވާ އެގައުމު ގަޑުބަޑުކުރޭ. ބޫޓާނަށް ދުއްޕާން އެވަރަށް ކުރޭ. އަބަދު އަބަދު ޕާކިސްތާނާ ތޮޅޭ. ޢެންމެފަހުން އަތްނުފޯރާއޮތް މި ކުޑަކުޑަ ގައުމަށް މިހާރު މޮއޮތީ ސަވާރުވެފަ

  10. ކެޔޮޅު

    އެއީ ބޮޑުންނައް ބައިއަޅާގޮތައް ހިންގާ ބިޔަޕުރެޖެކްޓެއް!

  11. ހަސަދަވެރިކަން

    ހަސަދަވެރިކަން