މިދިޔަ ޑިސެމްބަރު މަހު ޝެވަލް ބްލަންކް ރަންދެލި ރިސޯޓުގެ މުވައްޒަފުންނަށް ސާވިސްޗާޖުގެ ގޮތުގައި 29348.59 ރުފިޔާ (1903.28 އެމެރިކާ ޑޮލަރު) ދީފި އެވެ.

ޑިސެމްބަރ މަހަކީ އަބަދުވެސް ރާއްޖޭގެ ރިސޯޓްތަކުން އެންމެ ގިނައިން ސާވިސް ޗާޖް ލިބޭ އެއް މަހެވެ. މިހާތަނަށް ލިބުނު މައުލޫމާތު އެނގޭ ގޮތުގައި ޑިސެމްބަރ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ލިބުނީ ރަންދެލިގެ މުވައްޒަފުންނަށެވެ. މިދިޔަ ޑިސެމްބަރ މަހު އެ ރިސޯޓް ދިން ސާވިސް ޗާޖަރަކީ ފާއިތުވި ދެއަހަރު ޑިސެމްބަރ މަހު ދިން ސާވިސް ޗާޖަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

ސާވިސް ޗާޖް ދިނުމުގައި އެހެން މަސްތަކުގައި ވެސް އެންމެ ކުރީގައި އުޅޭ ރިސޯޓްތަކުން މިދިޔަ މަހު ވެސް ވަނީ އެ މަގާމު ދިފާޢު ކޮށްފައެވެ.

ވޮއްމުލި ރިސޯޓުން ސާވިސްޗާޖުގެ ގޮތުގައި 14,628.49 ރުފިޔާ (948.67 ޑޮލަރު) ދީފައިވާއިރު ވެލާ ޕްރައިވެޓް އައިލެންޑް އިން ސާވިސްޗާޖުގެ ގޮތުގައި 14,368.97 ރުފިޔާ (931.84 ޑޮލަރު) ދިނެވެ. ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 13,893.42 ރުފިޔާ ( 901.00 ޑޮލަރު) ދީފަ އެވެ. ޖުމެއިރާ ވިޓަވެލިން ވެސް 13,606.92 ރުފިޔާ (882.42 ޑޮލަރު) ދީފައި ވެއެވެ.

މިދިޔަ މަހު ސާވިސް ޗާޖްގެ ގޮތުގައި ދިހަ ހާސް ރުފިޔާއަށް ވުރެ ބޮޑު އަދަދެއް 17 ރިސޯޓަކުން ދީފައި ވެއެވެ.

ރާއްޖޭގައި މިހާރު ހިންގަމުން ގެންދާ 147 ރިސޯޓްގެ ތެރެއިން ސާވިސް ޗާޖް އާއްމުކުރާ ވެބްސައިޓަށް އަދި ލިބިފައި ވަނީ 75 ރިސޯޓެއްގެ ސާވިސް ޗާޖްގެ މައުލޫމާތެވެ. އަދި މިހާތަނަށް ސާވިސް ޗާޖްގެ މައުލޫމާތު ނުލިބޭ ރިސޯޓްތަކުގެ ތެރޭގައި ނަން މަޝްހޫރު ރިސޯޓްތައް ވެސް ހިމެނެއެވެ.

މިހާތަނަށް ލިބެން ހުރި މައުލޫމާތައް ބަލާއިރު އެންމެ މަދުން ސާވިސް ޗާޖް ދީފައި ވަނީ އީކްއޭޓާ ވިލެޖުންނެވެ. އެތަނުން ސާވިސް ޗާޖްގެ ގޮތުގައި ދީފައި ވަނީ 1264.44 ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޑޮކްޓަރު

    6 އަހަރު އެމްބީބީއެސް ކިޔަވައިގެން ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރަކަށް ކިރިޔާ ތިވަރު ލިބެނީ.

    17
    6
    • މާރެސް

      މބބސ ހަދަން ދިޔައީ އެގޮލާނެން ރިސޯޓްގައި އާއިލާ އާއި ދުރުގައި ނޫޅެ ރީތި ނަމެއްގައި ހިތްހަމަ ޖެހޭ އެހެން ހިދުމަތެއް ގައުމަށް ކޮށްދޭން.
      އަހަރުމެންވެސް މިކުރަނީ ހިދުމަތެއް. މިފުރުސަތު ހުރިހާ މީހުންނަށްވެސް އެބައޮތް.

  2. ސަލީމް

    ބޭރު މީހުން ހިންގާ ރިސޯރޓްތަކުން ރަގަޅު ސަރވިސް ޗާޖް ލިބެނީ...ދިވެހިން ހިންގާ ރަށްތަކުން ނުލިބޭ...

    37
  3. ރޮނޑާ

    މެނޭޖްމެންޓަށް ޝުކުރިއްޔާ. މިމީހުންނާ ހިރިހާ ރިސޯޓެއް ހަވާލު ކިރަންވީ. ހޮނޑާފުށި ވަގުތުން ހަވާލުކުރޭ.

    26
  4. މަންމަ

    ކޮންމެ ރިސޯޓްއެއް ވެސް ރަންދެލި ފަދަ ރިސޯޓް އަކަށް ވަމާތޯ މައިން ބަފައިނާއި އަނބިދަރީދޫކޮއް އަމިއްލަ ރަށާދުރަށް ގޮސް ރޭގަނދާއި ދުވާލު ރިސޯޓުތަކާއި އެހެނިހެން ތަންތާގައި ބުރަ މަސައްކަތް ކުރަމުންދާ ޒުވާނުން އެކުރާ މަސަތްކަތާ އެކަށީގެންވާ މުސާރަ އެއް ތިފަސާވެރީންގެ އަތުން ދެއްވަމާތޯ

  5. ކެޔޮޅު

    ހޮނޑާ ފުށި ކޮބައި ތޯ

  6. އައިސް

    ރަންދެލި ރިސޯޓް އެކޭ އެއްފަދައި އެހެން ރިސޯޓު ތަކުގައި އުޅޭ ޒުވާނުން ނަކީވެސް އިންސާނުންނޭ އިގޭނތޯ ޖަނަވާރުން ނެއްނޫނޭ އިގޭނތޯ ނަމަވެސް ސާވިސްޗާޖް ދޭން ޖެހޭވަރަށް ނުދޭން އުޅޭ ރިސޯތޓުތައް ހިންގަމުން ގެންދާ ފައިސާވެރީންގެ ޖީބުތައް ފުރިގެން ބަންޑުދާ މުއްސަދި ފައިސާވެރީން ނަކީހަމަ އިންސާނުން ތޯއެވެ

  7. މާކަނާ

    ރިޒޯޓް މުވައްޒަފުންގެގޮތުގަ ގިނައީ ކޮންބައެއްބާ ބޭރުތަ އެތެރެތަ

  8. އަލިބެ

    ފެނޭތަ އެމްޑީޕީ ދަހި ހަމްޒާ