ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި އަޅާފައިވާ ޓާޓާ ފްލެޓުތަކުގެ ތެރެއިން ނުވިކި ހުރި 47 ފްލެޓް ވިކިއްޖެއެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ މާލޭގައި އިމާރާތްކޮށްފައިވާ ވޭސައިޑާއި ގާކޮށި ފްލެޓްތައް ވިއްކުމަށް ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި ވިއްކުމަށް ހުޅުވާލި ހުރިހާ ފުލެޓެއް ވިކިފައިވާ ކަމަށެވެ.

އަދި ފްލެޓް ގަންނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ސައްހަ ލިޔެކިޔުންތައް ހުށަހެޅި ފަރާތްތަކާއި ގުޅިގެން ފްލެޓް ވިއްކުމުގެ ހުރިހާ މަރުހަލާތަކެއް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

ފުރަތަމަ ބުރެކޭވެސް އެއްފަދައިން އެޗްޑީސީ އިން މިފަހަރު ވެސް ފްލެޓުތައް ވިއްކާފައިވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލްގައިވާ ގޮތުން ވޭސައިޑުން 10 ފްލެޓް އަދި ގާކޮށިން 37 ފްލެޓް ވިއްކަން ވަނީ ހަމަޖެހިފައެވެ.

ފްލެޓް ގަންނަން އެދި ހުށަހަޅާ ފަރާތަކީ އުމުރުން 21 އަހަރު ވެފައިވާ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށް އެޗްޑީސީން މީގެކުރިން ކުރި އިއުލާނުގައި ބުނެފައިވެއެވެ. ފްލެޓް ގަންނަން އެދި ހުށަހަޅާ ފަރާތަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ފްލެޓް ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ފްލެޓް ގަނެފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

79 ކޮމެންޓް

 1. އަޒީ

  ގާކޮށިންނާއި، އަރަބިއްޔާ ފްލެޓް އިން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހައުސިންގ މިނިސްޓްރީ ގެ މަތީފަންތީގެ ބަޔަކާ އެޗްޑީސީ އިސްފަރާތްތަކެއް ގުޅިގެން ފްލެޓް ތަކެއް ވިއްކާފައި، މި ރައްޔިތުން އަތުން ބަޔަކު މީހުން ފޭރިގަނެގެން މިވަނީ 400،000ރ އެޑްވާންސްކޮށް ނަގައި ވަގު ރަޖިސްޓްރީތަކެއް ހަދާފައި ދީފައި، މި ރައްޔިތުން މިއަދު އެތިބީ ރޯލަރޯލާ، މި މީހުން އެތަންތަން ގަންނަން ފައިސާ ހޯދީ މީސްމީހުން އަތުން ލޯން ހޯދައިގެން، މިގޮތުން 35 މީހުން އަތުން ވަނީ ފައިސާ ނަގާފައި.
  މި ރައްޔިތުންގެ ހައްގު ކޮބާތޯ؟
  މި ރައްޔިތުންނާ މެދު ސަރުކާރުގެ ވިސްނުމަކީ ކޮބާތޯ؟
  މި ރައްޔިތުންނަށް ދިން އަނިޔާ މަކަރުގެ ޒިންމާ ސަރުކާރުން ނުނަގަނީތޯ؟

 2. އިބްރަހިމް

  ރައީސް ޔާމީނަށް ގޮވާލަން! އަދި ސަރުކާރުގެ އިސްފަރާތްތަކަށް ގޮވާލަން! އަޅުގަނޑުމެންނަށް ފޭކް ރަޖިސްޓްރީތަކެއް ދީފައި މިވަނީ އަޅުގަނޑުމެން އަތުން ބައިވަރު ރުފިޔާތަކެއް ސަރުކާރުގެ އިސްފަރާތްތަކުން ނަގާފައި! މިކަމުގައި ސަރުކާރުން ވިސްނުން ވަރަށް މުހިންމު

 3. އަޒްރާ

  އަހަރެން މަންމަގެ ހައްޖު ފައިސާ ލައިގެން އަހަރެންވެސް ވަނީ ތިތަނުން ފްލެޓް ހޯދުމަށް ފައިސާތަކެއް ދީފައި. މިހާރު އެއްވެސް މީހަކު ފޯނުނުގައި ނިވާލާފައި، ކިހާބޮޑު އަނިޔާއެއް، ކިހާ ބޮޑު ދެރަެއް.

 4. ސަރީފް

  ރައީސް ޔާމިންއަށް ދަންނަވަން! ކުރިމަތީ އޮތީ ރިޔާސީ އިންތިހާބް. މިކަމަށް ވިސްނަވާ.
  އެތަށް ރައްޔިތުން އަތުން ފްލެޓަށް މިވަނީ ފައިސާ ނަގާފައި. މީ ދެރަކަމެއް

 5. ހުސެއން

  ގާކޮށި އަދި އަރަބިއްޔާ އިން ފްލެޓް ވިއްކާ ފޭކް ރަޖިސްޓްރީތައް ދިނީ ހަމަ ޕޕމ ގެ މީހުންނަށް. ޕޕމ ސަރުކާރުން ޕޕމ އަށް މަރުދޭ މީހުންނަށް ދިނީ ދޯކާ. ސަލާމް

 6. ސިޔާމާ

  ރައީސް ޔާމީން އެވެ. އަޅުގަނޑުމެން މުޅި އާއިލާއަކީ ޕޕމ އަށް ގުރުބާންވެފައި ތިބި އާއިލާއެއް. އަޅުގަނޑުމެންނަށް މިވަނީ ގާކޮށިން ފްލެޓްގަތުމަށް ދިން 400،000ރުފިޔާ ބަޔަކު މީހުން ފޭރިގަނެ ލިބޭގޮތް ނުވެފައި. މިކަމުގެ ހައްލެއް ހޯދަދެއްވާ. އަޅުގަނޑުމެންނަކީ ނިކަމެތިން ފަގީރުބައެއް. ދޭންދޭން މީހުންއަތުން ފައިސާ އެއްކޮށް ފްލެޓްށް ފައިސާ ހޯދީ

  • ކަރަންކާ

   ތިޔަބުނާ ބަޔަކަށް ލަނޑުލިބުނީ އުސޫލުރަކުގެބޭރުން ނަހަމަގޮތުން ފުލެޓްހޯދަން އުޅެގެން، އެކަހަލަ ކަންކަންކުރަންޔާ ތިހެންވާނެ، އެހެންވާންވެސް އެބަޖެހޭ، މިގައުމުގަ ކޮރަޕްސަން މިހާ އާއްމުމިވީ ތިކަހަލަ މީހުންގެ އަމަލުތަކުގެވެސް ސަބަބުން.

 7. އަޒުހަރު

  ސަރުކާރަށް ގޮވާލަން މި ރައްޔިތުންނަށް މިކަމުގައި އެހީވުމަށް.

 8. މަރިޔަމް

  ތި ފްލެޓް ކަންތަކުގައި އަނިޔާ ލިބުނު މީހެއް އަޅުގަނޑަކީވެސް. ކިހާބޮޑު އަނިޔާއެއް. ކިހާ ބޮޑު ހިއްދަތިކަމެއް. ރޯލަރޯލަ ތިބެން ޖެހިފަ މިތިބީ.

 9. ސުރޭސް

  ކާކުތޯ މި ރައްޔިތުންނަށް ލިބުނު ގެއްލުމުގެ އަނިޔާގެ ޒިންމާ ނަގަނީ!

 10. ފަހީމް

  ޕްރޮގުރެސިވް ޕާޓި އޮފް މޯލްޑިވްސްގެ ގިނަ ރައްޔިތުންނަށް މިއަދު މިވަނީ ބޮޑު އަނިޔާއެއް ދީފައި، ފްލެޓްގެ ކަންތަކުގައި މިކަން މީ ވަރަށް ސީރިއެސް މައްސަލައެއް. މި މީހުންނަށް ފްލެޓް ލިބެންޖެހޭ. މި މީހުން އަތުން ވަނީ ގިނަ ފައިސާތަކެއް ނަގާފައި

 11. މަރީ

  ހުރިހިތާމައެއްގެ ބޮޑުކަމާ! ތިޔަ މަޅީގައި އަހަރެންވެސް މިވަނީ ޖެހިފަ. ކިހާބޮޑު އަނިޔާއެއް.

 12. އަބްދުﷲ

  ރައީސް ޔާމިން އާއި ޑރ މުއިއްޒުގެ ވިސްނުން މިކަމުގައި ހުރިގޮތް މިކަމުގައި ގެއްލުންވީ މީހުންނަށް އަންގަންޖެހޭ. މީ ހިތާމަހުރި ބޮޑު އަނިޔާއެެް.

 13. އައިސްތު

  އިއާދަ ނުކުރެވޭވަރުގެ ބޮޑު އަނިޔާއެއް..... ދިން ހިތްދަތިކަމެއް...... ދިރިހުއްޓާ މަރާލީ..... ތިކަމަކީ ހުދު އަޅުގަނޑުވެސް ތަހައްމަލް ކުރަމުންދާ ހިތްދަތިކަމެއް.

 14. ރަސީދު

  ވަރަށް ދެރަކަމެއް، ތިކަމުގައި އަޅުގަނޑަށްވެސް ވަނީ ދެރަ ދީފަ.

 15. ފަހުމީ

  2018 ގެ ރިޔާސީ އިންތިހާބް ބޯމަތިވެފައި އޮތްވާ މިކަންކަމަށް ހައްލެއް ހޯދަނުދީ ރައީސް ޔާމީން ކުރިއަށް ދިއުމަކީ އެޅޭ ވަރަށްޑު ޅައެއްޗެއް. މި މިހުންއަތުން ފައިސާ ނަގައި އެމީހުންނަށް މިތަން ތަނުން ފްލެޓް ނުދިނުމަކީ އެމީހުންނަށް ސަރުކާރުން ދޭ އެންމެ ބޮޑު އަނިޔާ. ވިސްނާ.....ވިސްނާ

 16. ގަބުރޭ

  ބަޔަކުއަތުން ފައިސާތަށް ނަގާފައި ފްލެޓް ދިނީ އެހެން ބަޔަކަށް. ބަޔަކު މީހުން ކަރަށް ފައިން އެރީ ދޯ؟

 17. އަރުސަދު

  ސަރުކާރުން މިކަމާ ވިސްނަން ޖެހޭ

 18. މުނީފް

  ކިހާބޮޑު އަނިޔާއެެއް! ކިހާ ބޮޑު ދެރައެއް! މީ ވިސްނަންޖެހޭ ކަމެއް

 19. އެޑަމް

  މައުލޫމާތު ލިބިފައިވާގޮތުގައި 35 މީހުން އަތުން އެޑްވާންސްކޮށް މިވަނީ ފައިސާ ނަގާފައި، މީ 35 އާއިލާ. ކިތަށް މީހުންނަށްތޯ މި ގެއްލުން މި ލިބުނީ. ކިތައް މީހުންނަށްތޯ މި އަނިޔާ ދެވުނީ. މީ ސަރުކާރުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް. މީ އަޅުގަނޑު ތާއީދުކުރާ ސަރުކާރެއް. މިކަމަށް ހައްލު ދޭންޖެހޭ!

 20. އަސްރަފް

  ސަރުކާރުން މިވަނީ މިކަން ކުރި ބަޔަކު ކަމަށްބުނެ 3 މީހަކު ވަޒީފާއިން ބެރުކޮށްފަ....
  މީތޯ މި ގެއްލުންވީ ރައްޔިތުންނަށް ސަރުކާރުން ކޮށްދިން ކަމަކީ.....
  އަޅުގަނޑު ގަބޫލްކުރަނީ މި ރައްޔިތުންނަށް ނުވަތަ ފޭކް ރަޖިސްޓްރީ ދިން އެންމެނަށް އެތަނުން ފްލެޓް ލިބެންޖެހޭ. ފައިސާތައް ކާލައިގެން ތިބުމެއް ނޫން ބޭނުމަކީ.

 21. އަހުމަދު

  އަޅުގަނޑު ފްލެޓް ގަންނަން 350،000 ރުފިޔާ ދެއްކިން. އަދި ބާކީ 125،000 ރުފިޔާ ދޭން ބުނެފަޮތީ ތަޅުދަނޑި ހަވާލްކުރާ ދުވަހު. އަޅުގަނޑަށް ދީފައި އޮތް އެއްމެދު ރަޖިސްޓްރީގައި ޖަހާ ފައި އޮތީ ހައުސިންގ މިނިސްޓްރީގެ އޮރިޖިނަލް ސްޓޭމްޕް.

 22. ސަރާ

  އެކި މީހުން އަތުން ނެގީ އެކި ވަރު. އެގިފައިވަނީ 400،000 އާއި 600،000 ރުފިޔާ އާއި ހަމައަށް.

 23. އަޖޫ

  ހިތާމާއީގެ ކޮޅެއްވެސް ނެތް، އަނިޔާއެއް. ދެރައެއް. ގެއްލުމަެއް

 24. މުހައްމާ

  ހޭބަލިވެގެން އުޅެންޏާ ވާނީ ތިހެން

 25. މަންމު

  ހައުސިންގ މިނިސްޓްރީ ސްޓޭމްޕް ޖަހާފައި ހުރީ. އަހަރެންވެސް ދުށިން ތީގެ ރަޖިސްޓްރީއެއް. އަހަރެންގެ ފްރެންޑެއްވެސް ގަތް ތިތަނުން ފްލެޓް. އޭނަ ދެއްކި 325،000 ރުފިޔާ އެޑްވަންސް. ބާކީ ދޭންޖެހޭ ކަމަށް ބުނަނަީ ކީ ދޭ ދުވަހު

 26. އަސްލު

  ކީކޭ ދެން ބުނާނީ..... މިހިރީ ބަޔަކަށްދިން ފޫ ނުބެއްދޭވަރުގެ ގެއްލުން

 27. އަދޫ

  ރައީސް ޔާމީން މިކަމަށް ވިސްނަން ޖެހޭ! ބޯމަތީ އޮތީ 2018 އިންތިހާބް! 35 އާއިލާގެ ހައްގު.

 28. ސަރޭ

  ސަރުކާރަށް ތާއީދުކުރާ މީހެއްގެ ހައެސިއްޔަތުން ގޮވާލަން. މި ރަޖިސްޓްރީ ލިބިފައިވާ މީހުންނަށް އެތަންތަނުން ފްލެޓް ދިނުމަށް. ހައުސިންގ މިނިސްޓްރީ ތަތްގަނޑު ޖެހިފައިވާނަމަ މިނިސްޓްރީ ޒިންމަވާންޖެހޭ

 29. ފިރާގް

  ތި ރަޖިސްޓްރީތައް އަހަރެންވެސް ދެކުނިން. މިނިސްޓްރީގެ ސްޓޭމްޕް ޖަހާފައި އޮތީ. ސަރުކާރުން ޒިންމާ ނަގަންޖެހޭ

 30. ބުރެކި

  ސަރުކާރުން ޒިންމަ ނަގަންޖެހޭނީ....................................... މިނިސްޓްރީގެ ސްޓޭމްޕް ޖެހި ރަޖީސްޓްރީއެއް ދީފަ އޮތީ

 31. ރައްޔިތު މީހާ

  ރައްޔިތު ބަޔަކަށް ދެވުނު ބޮޑު އަނިޔާއެއް މީ. ފައިސާ ނަގާފައި ފްލެޓް ނުލިބުނު

 32. މުޖޭ

  ގޯހުން ގޯސް. ސަރުކާރުން ޒިންމާ ނަގަންޖެހޭނެ. މީ ރިއަލީޓިއަކީ

 33. އައްސަދު

  އަހަރެމެން ފެމެލީއަކީ 26 ވޯޓް ލެވޭ މީހުން ދިރިއުޅޭ ފެމެލީއެއް. ތާއީދު ކުރަނީ ރައީސް ޔާމީނަށް. އަދިވެސް ތާއީދުކުަރަނީ ރައީސް ޔަމީނަށް. ނަމަވެސް ވޯޓް ދެވެން ނެތް. ސަރުކާރުގެ ހައުސިންގ މިނިސްޓްރީ ސްޓޭމްޕް ޖެހި އަރަބިއްޔާ އިން ލިބުނު ފްލެޓް 300،000 ރުފިޔާ ނަގައި ފޭކް ރަޖިސްޓްރީއެއް ދީފައި މިވަނީ. މިނިސްޓްރީގެ ސްޓޭމްޕް ޖެހޭނީ މިނިސްޓްރީގެ ދައުރެއް މީގެ އޮވެގެންކަމަށް ގަބޫލްކުރެވެނީ. މި ރުފިޔާ ނުވަތަ ފްލެޓް އަނބުރާ ލިބެންޖެހޭ.

 34. އިއްސޭ

  ފައިސާތަކެއް ނަގާފައި ރަޖިސްޓްރީއެއް ދިނީ ދޯ؟

 35. މަރޭ

  ރައީސް ޔާމީންގެ ސަރުކާރުން މިކަމުގެ ޒިންމާ ނަގަންޖެހޭކަމަށް ގަބޫލްކުރަން.

 36. އަރުހަމް

  ތިބުނީ ވަރަށް ބޮޑު ތެދެއް.

 37. އާލިމް

  ފައިސާތައް ކައިބޮއި ހުސްކޮށްފި. ރައްޔިތު މީހާއަށް ވަގު ރަޖިސްޓްރީ.
  ކޮބާ ސަރުކާރު؟
  ކޮބާ ރައީސް ޔާމިން؟
  ކޮބާ މުއިއްޒު؟
  ކޮބާ ދައުލަތުގެ ވަޒީރުން؟
  ކޮބާ ސަރުކާރުގެ ވެރިން؟
  ނިކަމެތި ބަޔަކު އަތުން ފައިސާތައް ދަމައިގަނެ ބަަޔަކު ބިކަކޮށްލީ

 38. ލައްޗޭ

  ސަރުކާރުން މިކަމުގެ ހައްލު މި ރައްޔިތުންނަށް ދޭންޖެހޭ. ފައިސާ ނުވަތަ ފްލެޓް

 39. ޑރ.ސިހާމް

  މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ސްޓޭމްޕް ޖެހި ތައްޔާރުކުރެވިފައިވާ ރަޖިސްޓްރީތަކެއް ދައުރުވަމުން އެބަދޭ. މިކަމުގެ ޒިންމާ މިނިސްޓްރީ އާއި ސަރުކާރުން ނުނަގަންޖެހޭ އެއްވެސް ސަބަބެއް ނެތް. ދައުލަތުގެ މިނިސްޓްރީއެއްގެ ސްޓޭމްޕް ޑޮކިއުމަންޓް ގައި ޖެހޭނީ ކޮންމެސް ސަބަބެއް މެދުވެރިވެގެން. އަދި މިކަން ސަރުކާރުން ބަލައި މި ގެއްލުންވީ ނިކަމެތި ރައްޔިތުންނަށް އެހީވާންޖެހެ. ބޮލުން ސަލާމަތް މިކަމުގައި ވެވެން ނެތް. މީ އެތައް ބަޔަކުގެ ހައްގު.

 40. ހުސްނީ

  ދިވެހިދައުލަތުން މިކަން ބަލައި މި ފައިސާ ދިން މީހުންނަށް މިތަންތަނުން ފްލެޓް ދޭންހެނެކަމަށް އަޅުގަނޑަށް ގަބޫލްކުރެވެނީ. ނޫނީ ސަރުކާރަށް 2018 ގައި މި މީހުންގެ ވޯޓް ނުލިބިދާނެކަމަށް ގަބޫލްކުރެވެނީ.

 41. އަދުރޭ

  ސަރުކާރުގެ ޒިންމާއެއް

 42. މަހުޖޫދު

  ހައުސިންގ މިނިސްޓްރީގެ ސްޓޭމްޕް ޖެހިފައި އޮތީ އަނެއްކާ އޮޅިގެންބާ ރަޖިސްޓްރީގައި

 43. އަހުސަން

  ކޮބާމިނިސްތަރ މުއިއްޒު ފްލެޓް ދީ

 44. އިއްޕަ

  ވަރަށް ދެރަކަމެއް މިކަމަކީ. ބައެއްގެ ހައްގުތައް ނިއުޅާގަތީ،ސަރުކަރުން ޒިންމަވާންޖެހޭ

 45. އާރިފް

  ސަރުކަރުގެ އިހުމާލް* ހައުސިންގ މިނިސްޓްރީގެ އިހުމާލް.

 46. އަޑޭ

  ފައިސާ ނަގާފައި ފޭކް ރަޖިސްޓްރީ ދިން އެންމެނަށް އެތަންތަނުގެ ހުރި ހުސްފްލެޓް ތަކުން ފްލެޓް އެމީހުންނަށް ދިނުމަށް ސަރުކާރަށް ގޮވާލަން! ރައްޔިތުން ނިކަމެތިކޮށް ނުލައްވާ!

 47. ޖުނޭ

  ދިވެހި ދައުލަތް
  ދިވެހި ސަރުކާރު
  ދިވެހި ރައްޔިތުން
  ދިވެހީން.
  ގުޅި ލާމެހިފައިވާ ބަސްތަކެއް، ކީއްވެގެން ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ މި ވަރުގެ ބޮޑު ކަމެއް ހިގާ ގޮސްފައިވާއިރު ބީރުކަންފަތް ދީގެން ތިބެންވީ.

 48. އަދުހަމް

  އަނިޔާ ލިބުނު މީހުންނަށް ފްލެޓް ދިނުމަށް ގޮވާލަން؟

 49. އަދުހަމް

  ސަރުކާރުން މިކަމުގެ ޒިންމާ އަދާކުރަންޖެހޭ

 50. ސާހް

  މި ފްލެޓް ގަތުމަށް އަޅުގަނޑު ދެއްކިން 325،000 ރުފިޔާ. ބާކީ ހުރި ފައިސާ ދައްކަން ބުނެފައިވަނީ ތަޅުދަނޑި ދޭ ދުވަހު. އަދި ހައުސިންގ މިނިސްޓްރީގެ ދެ އޮފިސަލަކާ އެކު އަޅުގނަޑު ދިޔައިން އަރަބިއްޔާއިން އަޅުގަނޑަށް ދޭން ބުނި ފްލެޓް ބަލަން.. އެޕާޓްމަންޓް އެތެރެ ދައްކައި ފޮޓޯވެސް ނެގިން. 2 ހަފްތާ ތެރޭ ވައްދާނެކަމަށްވެސް ބުނެފައިވަނީ. ފައިސާ ދިން ދުވަހު ހައުސިންގ މިނިސްޓްރީގެ ސްޓޭމްޕް ޖެހި ރަޖިސްޓްރީވެސް ދިން.

 51. ސާހް

  ރައްޔިތުންނަށް އޮޅުވާލާ މަކަރާ ޖަހައިގެން ފައިސާ ހޯދީ ބަޔަކު ސަރުކާރުން ނުހޯދޭންވީ ކީއްވެތޯ؟ މިކަން ސަރުކާރަށް ނޭގެނީތޯ؟

 52. އަރުސީލް

  ސަރުކާރުން ތިޔަ ބުނާ މީހުން ތިބީ ފޮރުވަފައި، ސާހް އަށް ތިކަން އަދި ނެގެނީ.

 53. Anonymous

  ސަރުކާރުން ބުނެފައިވަނީ މިކަމުގައި އުޅުނު 2 މިހަކު ހައުސިންގ މިނިސްޓްރީ އިން ވަކިކުރިކަމަށް. ނޫސްތަކަށްވެސް މިވާހަކައެރި. ދެން ކީއްވެގެންތޯ ރައްޔިތުން އަތުން އެވަރުގެ ގިނަ ފައިސާތަކެއް ނެގި ބަޔަކު ދޫކޮށްލީ! މިކަމުގައި ދެން ބުނަންވީ ސަރުކާރުގެ އަތެއް ނެތޭ! މިނިސްޓްރީގެ އަތެއް ނެތޭ! މިނިސްޓްރީގެ ސްޓޭމްޕް އޮޅިގެން ޖެހުނީއޭ!

 54. ރަސީފު

  ތިބުނީ ވަރަށް ބޮޑު ތެދެއް. މިނިސްޓްރީގެ ސްޓޭމްޕް ޖެހުނީ އޮޅިގެން

 55. ޖޯރޭ

  ނިކަމެތި ރައްޔިތުން އަތުން ފައިސާތަކެއް ނަގައި އެމީހުންނަށް ފޭކް ރަޖިސްޓްރީތަކެއް ދީފައި އަނެއްކާ އެ ފްލެޓް ތައް ވިއްކާލައިފި. މިޔޮށް ސަރުކާރެއް

 56. މޫންބެ

  ތިކަން ހިންގީ ހައުސިންގ މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން. އެހެންނޫންނަމަ ހައުސިންގ މިނިސްޓްރީގެ ސްޓޭމްޕް ކިހިނެއް ޖަހަނީ

 57. ސިޔާދާ

  ފައިސާ ދެއްކި މީހުނަނަށް ފްލެޓް ދެއްވަ! އެމީހުންގެ ފައިސާކޮޅު ނޫނީ ރައްދުކޮށްދެއްވާ

 58. ޖިހާދު

  ސަރުކާރުން އޮޅިގެން ލަނޑު ދެވެނީ ސަރުކާރަށް ތާއީދު ކުރާ މީހުންނަށް. މީގެ ހެއްކަކީ މަގޭ ފުރެންޑެއްވެސް އުޅެނީ މިކަމުގައި ބޮނޑި ބޮއެގެން

 59. އިންސާފް

  އެޑްވާންސްކޮށް ފައިސާތަކެއް ނަގައި ދީފައިވަނީ ހައުސިންގ މިނިސްޓްރީގެ ސްޓޭމްޕް ޖެހިފައިވާ ރަޖިސްޓްރީތަކެއް، ރަޖިސްޓްރީ ދިނީ ހައުސިންގ މިނިސްޓްރީގެ ވެލާނާގޭ ކައިރީހުރި ބައިން. މިވަރުގެ ބޮޑުކަމެއް ހިގާ ދިޔައިރު ހައުސިންގ މިނިސްޓްރީ މިކަމުގައި ހަމަ ނުވަނީތޯ؟ ކޮބާ ވަޒީފާއިން ވަކިކުރި މީހުން. އެމީހުންގެ ވާހަކަ މިނިސްޓްރީ އިން މިހާރު ނުދައްކަނީ ކީއްވެ؟ މި މީހުން ވަޒީފާއިން ވަކިކުރީމަ މިނިސްޓްރީ މިކަމުން ބަރިއްޔަ ވީ ތޯ؟

 60. އަތޮޅޭ

  ނޫހުގައި ޖެހި މިކަމުގެ ސަބަބުން 2 މީހަކު ވަޒީފާއިން ވަކިކުރިކަމަށް. ބޮޑު ގޭމެއް. މިހާރު މިވާހަކަ މިނިސްޓރީއިން ނުވެސް ދައްކާ.

 61. ހިސާމް

  މިކަމުގެ ހައްގުގައި ނިކުންނަން ވެއްޖެ. ލަސްނުކުރޭ! ތީ ރައްޔިތު ބަޔަކަށް ދިން އަނިޔާއެއް

 62. ގޮނޭ

  ހާދަ ބައިވަރު ފައިސާތަކެއް ތިކަމުގައި ނެގީ.

 63. ހުސޭނާ

  މިކަމުގެ ސަބަބުން ހުރިހަ ގެއްލުމެއް ކުރިމަތިވާނީ ރައީސް ޔާމީނަށް. މިކަމާ ހިތާމަކުރަން. އަދި މިކަމަށް އަވަސް ހައްލެއް ގެަނއުމަށް ސަރުކާރަށް ގޮވާލަން

 64. އަސްރާ

  ހުސޭނާ! ތިކަމަށް އޮތީ އެންމެ ދެ ހައްލު. އެއްކަމަކީ އެމީހުން އަތުން ނެގި ފައިސާ ހޯދާދިނުން. ދެވަނަ ހައްލަކީ އެމީހުންނަށް އެތަން ތަނުން ފްލެޓް ދިނުން.

 65. އަސްރާ

  އަސްރާ ތިޔަ ބުނުއްވީ ވަރަށް ބޮޑު ތެދެއް. އޮތީ 2 ހައްލު. ނަމަވެސް އެންމެ ރަގަޅު ހައްލަކީ އެމީހުންނަށް ދީފައިވާ ރަޖިސްޓްރީއާޢި އެއްގޮތަށް ފްލެޓް ދިނުން. އެއީ 2018 ކުރިމަތީގައި، ނޫނީ ގެއްލޭ އެތަށްބައެއްގެ ވޯޓް ތައް. ވިސްނަންޖޭ

 66. ހާދިމް

  މަކަރާ ޖަހައިގެން ކައިބޮއި ހެދި ފައިސާތަކުގެ ފްލެޓް އެމީހުންނަށް ދީ!

 67. ޖިނާ

  ރައްޔިތުންނަށް އޮޅުވާ ނުލައްވާ. ގޯހުން ގޯސް

 68. އުދަރެސް

  ހިތާމަ ހުރިކަމަެއް. ބަޔަކަށްދިން ދެރައެއް

 69. ގުރޭސް

  އަސްލުގަވެސް ހަމަ އޮޅިގެން ހައުސިންގ މިނިސްޓރީ ސްޓެމްޕް ޖެހުނީ

 70. ޒައީމް

  ތިވާހަކަ ވަރަށް ގަތުން ދެކުނިން. ޖަރީމާ އަސްލުވެސް ޖަރީމާ. މިނިސްޓްރީ އާއި އެޗްޑީސީ

 71. ނުހާ

  ރައީސް ޔާމީންވެސް މިކަމުގައި ޒިންމާ ނަގަންޖެހޭ. މި ރައްޔިތުންގެ ހިތާމައީގައި ގޮތެއް ނިމެންޖެހޭ

 72. އަޒްހާން

  މިކަމުގެ ސަބަބުން 2018 އަށް ރައީސް ޔާމީންއަށް ގިނަ ގޮންޖެހުންތަޢް އެބަހުރި، ސަބަބު ގިނަ ވޯޓްތަކެ. ގިނަ އާއިލާތަކެއް. ޔާމީން އަދި މުއިއްޒު ވިސްނަން ޖެހޭކަމަށް ގަބޫލްކުރެވެނީ

 73. ސިންޓޭ

  ސަރުކާރުގެ ވިސްނުން ހުރިގޮތް މި އަނިޔާ ލިބުނު ރައްޔިތުންނަށް ހާމަ ކުރަންޖެހޭ

 74. ޖުންމާ

  ހިތާމައީގެ ކޮޅެއްވެސް ނެތް. އަޅުގަނޑު ފެމިލީއަކީވެސް މިކަމުގައި ލަނޑު ލިބިފައިވާ ބައެއް.

 75. ސުއާޢު

  އެޑްވާންސްކޮށް ރުފިޔާ ނެގީ އެހެންބައެއް އަތުން ފޭކް ރަޖިސްޓްރީ ދީފައި. މިހާރު މި ފްލެޓް ވިއްކަ ނިމުނީ، ރައްޔިތުންގެ ހައްގު ކޮބާ

 76. އިމާލް

  ސަރުކާރުން ޒިންމް ނަގަންޖެހޭ

 77. ނައީމާ

  އިއުލާން ކުރިތަނުން އަހަރެން ފޯމުލާން އެޕޮއިންމަންޓް ހެއްދިިން އެއީ ގާތްގަޑަކަށް ބައިގަޑިއިރު ވެސް ނުވޭ، އަހަރެން ބޭންކުގައި ހުއްޓާ އަހަރެންނަށް ފެނުނު ސިޔާސީ ނުފޫޒު ގަދަ ފަރާތްތައް ބޭންކްގެ އިސްލާމިކް ބަޔަށް އެޕޮއިންމަންޓެއް ނެތި ފޯމުތައް ބަލައިގަންނަމުން ދިޔަތަން އަހަރެންނަ އެޕޮއިންޓްމަންޓް ލިބުނީ ޖެހިގެން އައިދުވަހަށް ދެން އެދުވަހު ދިޔަތަނުން ބުނެފި 70 މީހުން ވަރު މިހާރު ފޯމު ހުށަހަޅާފިޔޭ، އަހަރެން އެހިން ކޮންމެ ދުވަހަކު ކިތައް ނަންބަރުހޭ ދޫކުރަނީ ބުނީ 10 ނަންބަރޭ އަހަރެން 02 ވަނަ ދުވަހު ދާއިރު 70 ނަންބަރު ހިނގާނީ ކިހިނެތްހޭ ބުނިން ބުނީމާ ނުބުނޭ އެއްޗެއް. އަދި އެވަގުތު އަހަރެން ދެކުނިން ލޯނު އެލިޖަބަލް ލިޔުން ލިބުނު ފަރާތެއް،،، ހިތައް އަރާ ކިހިނެތްހޭ އިއުލާން ކުރިތާ ބައިގަޑިއިރު ތެރޭ އެމީހާއަށް އެލިޖަބަލް ލެޓަރ ހަވާލުކުރީ ކިހިނެތްކަމެއް. މިއީ އައު މުއިޒުތަކެއް އުފެދިގެން މިދިޔައީ މިހާރު އުފެދުނީ ބޭންކު މުއިޒުތައް

 78. ކަރަންކާ

  ބައެއްކޮމެންޓްތައްކިޔާލީމަ އެންމެ ފާހަގަވީ ބަޔަކު އުސޫލުތަކާހިލާފަ ކޮރަޕްސަންގެ ތެރެއިން ފުލެޓްހޯދަންއުޅެ ލަނޑުލިބުނުކަން، އެއްހަމައަކުން ބަލާއިރު އެއީ އުފާވެރިހަބަރެއް. " ތިޔަބުނާ ބަޔަކަށް ލަނޑުލިބުނީ އުސޫލުރަކުގެބޭރުން ނަހަމަގޮތުން ފުލެޓްހޯދަން އުޅެގެން، އެކަހަލަ ކަންކަންކުރަންޔާ ތިހެންވާނެ، އެހެންވާންވެސް އެބަޖެހޭ، މިގައުމުގަ ކޮރަޕްސަން މިހާ އާއްމުމިވީ ތިކަހަލަ މީހުންގެ އަމަލުތަކުގެވެސް ސަބަބުން".