"ހޮންޑާ"ގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާއަށް 32 އަހަރު ފުރުމާއި ގުޅިގެން ފެށި "ބައްތިރީސް" ޕްރޮމޯޝަންގެ މުއްދަތު ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމައިފިއެވެ.

ޝީޝާ އިން ބުނީ، މި ޕްރޮމޯޝަން ދިގުދަންމާލަން ނިންމީ ކަސްޓަމަރުންގެ ތަރުހީބު މި ޕްރޮމޯޝަނަށް ވަރަށް ބޮޑަށް ލިބެމުން އަންނާތީވެ، ކަސްޓަމަރުންނަށް އިތުރު ފުރުސަތު ދިނުމަށް ކަމަށެވެ.

ނޮވެމްބަރު 19 ވަނަ ދުވަހު ފެށައިގެން ކުރިއަށްދާ މި ޕްރޮމޯޝަންގައި އެއް ފަހަރާ ފައިސާ ދައްކާ ކަސްޓަމަރުންނަށާއި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރި ކޮށް ސައިކަލު ނަގާ ކަސްޓަމަރުންގެ އިތުރުން، އިންސްޓޯލްމެންޓަށް ސައިކަލު ނަގާ ކަސްޓަމަރުންނަށް -/8،000 ރުފިޔާ އާއި ހަމައަށް ޑިސްކައުންޓެއް ލިބިގެން ދާނެއެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ރާއްޖޭގެ މަގްބޫލު ސައިކަލެއް ކަމުގައިވާ އެއާބްލޭޑް -/54،500 ރުފިޔާއަށް ގަންނަން ލިބޭއިރު، ސްކޫޕީއައި ސައިކަލެއްގެ އަގު މި އުޅެނީ -/44،000 ރުފިޔާއަށް ލިބޭނެއެވެ.

މި ޕްރޮމޯޝަން ޝީޝާ ގެ ހުރިހާ އައުޓްލެޓް ތަކެއްގައި ވެސް ކުރިއަށްދާނެއެވެ.

އެ ކުންފުނީގެ އައުޓްލެޓްތައް ހުންނަ ސަރަހައްދުތަކުގެ ތެރޭގައި މާލެ ހުޅުމާލެ، ހދ. ކުޅުދުއްފުށި، އައްޑޫ ސިޓީ ހިތަދޫ، ލ. ގަން އަދި ފުވައްމުލައް ސިޓީ ހިމެނެއެވެ.

މީގެ އިތުރުން، އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ވަރަށް އަވަހަށް ގއ. ވިލިނގިލި އަދި ގދ. ތިނަދޫގައި ވެސް ޝީޝާގެ އައުޓްލެޓް ހުޅުވުމަށެވެ.

ޝީޝާއިން ދަނީ ހޮންޑާ ބްރޭންޑުގެ އެންމެ ފަހުގެ ސައިކަލުތައް ވިއްކަމުންނެވެ. މީގެ ތެރޭގައި އެއާ ބްލޭޑް، ވޭވް 125އައި، ވޭވް 110އައި، ޒޫމާ އެކްސް، ސްކޫޕީއައި ކްލަބް12، ސްކޫޕީއައި ޕްރެސްޓީޖް ހިމެނެއެވެ.

އަދި ޝީޝާ ގެ ހުރިހާ އައުޓްލެޓް ތަކަކުންވެސް މާލެ އެކޭ އެއް އަގެއްގައި ސައިކަލު ގަންނަން ލިބޭނެއެވެ.

ޝީޝާ އަކީ ރާއްޖޭގެ އެންމެ ބޮޑު އޮޓޯމޯބައިލްސް ކުންފުނި އަދި ރާއްޖޭގެ ހަމައެކަނި ހޮންޑާ އޮތޮރައިޒް ޑިސްޓްރިބިއުޓަރއެވެ.