އިންޑިއާގެ ދިއްލީގައި ބާއްވާ ސައުތު އޭޝިއާ ޓްރެވެލް އެންޑް ޓުއަރިޒަމް އެކްސްޗޭންޖް (ސާޓޭ) ފެއާގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފެއާ ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 10 ގެ ނިޔަލަށެވެ.

މި ފެއާގައި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ 19
ކުންފުންޏަކުން 28 މަންދޫބުންވަން ބައިވެރިވެފައި ވެއެވެ.

ސާޓޭ ފެއާ މިއަހަރު އެމްއެމްޕީއާރްސީން ބައިވެރިވާ ފުރަތަމަ ފަތުރުވެރިކަމާއި ގުޅުންހުރި އިވެންޓެވެ. މިއީ މި ފެއާއަކީ މި ސަރަހައްދުގައިބޭއްވޭ އެންމެ ބޮޑު އެއް ފެއާކަމަށްވާއިރު، މިފެއާގައި 50 ޤައުމެއްގެ 1000 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެވެފައި ވެއެވެ.

މި ފެއާގައި އެގްޒިބިޓަރުން ހިދުމަތްތަކާއި އުފެއްދުންތައް ދައްކާލާއިރު، މި ފެއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގގިނަ ބަޔަކަށް ފަތުރުވެރިކަމުގެ ގުޅުންތައް ރަނގަޅު ކުރުމަށްޓަކައި ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީން ވިދާޅުވީ، މި ފެއާއަށް 60 އަކަފޫޓުގެ ދިވެހިރައްޖޭގެ ސްޓޭންޑް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރެސްޓޯރަންޓެއް ރަމްޒުކޮށްދޭ ގޮތަށެވެ.
ފެއާއަށް ޒިޔާރަތްކުރާ މީހުންގެ ޝަޢުގުވެރިކަން އިތުރުކުރުމަށްޓަކައި ރާއްޖޭގެ ސްޓޭންޑްގަ އި ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތު ދެއެވެ.

މީގެ ތެރޭގައި ދިވެހި ކާނާގެ ތެރެއިން ތެލުލި ބަނބުކެޔޮ އަދި ބޮނޑި ރަހަބެލުމުގެ ފުރުސަތުގެ އިތުރުން ސޯޝަލް މީޑިއާ ކެމްޕޭންތަށް ކުރިއަށް ދާނެއެވެ. މިކެމްޕޭނުން ހޮވޭ ނަސީބުވެރި ފަރާތަކަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

އިންޑިއާއަކީ ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދަށް ބަލާލައިއިރު 2 ވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ.