އިޓަލީގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ ޑިޕްލޯ ރޭންޖުގެ ޕްރޮޑަކްޓްސް އެޗްއެސްސީން ވިއްކަން ފަށައިފިއެވެ.

އެޗްއެސްސީން ވަނީ މި ބްރޭންޑް އެކި ވައްތަރުގެ ފުޅިތައް ވިއްކަން ފަށާފައެވެ. އެގޮތުން މި ބްރޭންޑްގެ ތަށި ދޮންނަން ބޭނުންކުރާ ވައްތަރުތަކުގެ ފުޅި އާއި އުޅަނދުފަހަރު އަދި ބިއްލޫރި އާއި ފާހާނަ ފަދަ ތަންތަން ސާފްކޮށްލަން ބޭނުން ކުުރާ ފުޅިތައް އެޗްއެސްސީން ލިބެން ހުންނާނެއެވެ. ޑިޕްލޯގެ ޕްރޮޑަކްޓްސްތަކަކީ ތަންތަނުގައި ޖަހާފައި ހުންނަ ގިނަދުވަސްވީ ލަށްތައް ފަސޭހައިން ސާފުކޮށްލެވޭ ވަރުގެ މޮޅު އުފެއްދުންތަކެކެވެ.

އަދި މީގެ އިތުރުން، މި ބްރޭންޑުގެ ގޭތެރެ ސާފުކުރުމަށް ބޭނުންވާ ހުރިހާ ވައްތަރުތަކާއި މެކޭނިކް ނުވަތަ ގަރާޖްފަދަ ތަންތަނަށް ޙާއްސަ ވައްތަރުތައްވެސް އެޗްއެސްސީން ވިއްކަމުން ދެއެވެ.

މީގެ ތެރެއިން ބައެއް ޕްރޮޑަކްޓް ތަކަކީ ޑާމަރ ޕްރޮޓެކެޓެޑް ނުވަތަ ހަންގަނޑަށް ގެއްލުން ކުޑަވާ ގޮތަށް އުފައްދާފައިވާ ޕްރޮޑަކްސް ތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ބްރޭންޑަކީ އިޓަލީގެ އިތުރުން މުޅި ދުނިޔޭގައިވެސް ވަރަށް މަގުބޫލު މީހުން ބަލައިގެންފައިވާ ބްރޭންޑެކެވެ.

މައުލޫމާތު ލިބޭގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެޔޮއަގެއްގައި މި ޕްރޮޑަކްްޓްތައް ގަންނަން ލިބެން ހުންނާނެއެވެ. އަދި ކަލާފާނު ހިނގުމުގައި އެޗް އެސްސީގެ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފިހާރަކަމަށްވާ "އެޗްއެސްސީ ޔޫރޯ އަންލިމިޓެޑް" އިންވެސް މި ބްރޭންޑްގެ ފުޅިތައް ހޯލް ސޭލް އަދި ރީޓެއިލްކޮށް ވެސް ގަންނަން ލިބެން ހުންނާނެއެވެ.

އެޗްއެސްސީން ވިއްކާ ތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކުން 7787655 / 3326673 މިނަމްބަރުތަކަށް ގުޅައިގެން، ނޫނީ އެކުންފުނީގެ އީމެއިލް މެދުވެރިކޮށް [email protected]، އަދި އެކުންފުނީގެ ވެބްސައިޓް www.hscmaldives.com މެދުވެރިކޮށް ގަނެލުމުގެ ފުރުސަތު ލިބޭނެއެވެ.