މޫނުގެ ހަންގަނޑަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެހެންކަމުން ފަރުވާކުޑަކޮށް ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ސަބަބުންވެސް މޫނުގެ ހަންގަނޑަށް ގެއްލުމެއް ލިބިދާނެއެވެ. އެއާއި ގުޅިގެން ހަންގަނޑުގެ ރީތިކަން ގެއްލި މީހާގެ ބުރުސޫރައަށްވެސް ބަދަލު އައުމަކީ ވެދާނެ ކަމެކެވެ. އެހެންކަމުން މޫނުގެ ހަންގަނޑާއި މެދު ޚާއްސަ ސަމާލުކަމެއް ދިނުމަކީ ގިނަ ބަޔަކު އިސްކުރާ ކަމެކެވެ.

ހަންގަނޑަށް ގެއްލުން ލިބެނީ ހަމައެކަނި ބޭރުފުށުން ލިބޭ އަނިޔާއަކުން ނޫނެވެ. ހަންގަނޑަށް ބޭނުންވާ މުޙިންމު ބައިތައް ނުލިބުމާއި އެކު، ނުރަނގަޅު ބައިތައް ހަންގަނޑުގައި އަށަގަތުމަކީވެސް ހަންގަނޑުގެ ރީތިކަން ގެއްލިދާނެ ކަމެކެވެ. ހަމަ އެހެންމެ ހަންގަނޑު ރީތިކޮށް ދޮންވުމުގެ ބޭނުމުގައި ބޭނުމުގައި އުފައްދާފައިވާ ބައެއް ބާރުގަދަ ކެމިކަލް އެކުލެވޭ އުފެއްދުންތައްވެސް، ހަންގަނޑުގެ ރީތިކަން ކަނޑުވާލުމުގެ މެދުވެރިއަކަށް ވެދާނެއެވެ.

އެހެންކަމުން މޫނުގެ ހަންގަނޑު ރީތިކަންމަތީ ދެމެހެއްޓުމަށް އަބަދުވެސް ގުދުރަތީ ފައިދާކުރަނިވި އުފެއްދުންތައް އިޚްތިޔާރު ކުރުމަކީ މުޙިންމުކަމެކެވެ.

ހަންގަނޑަށް ބޭނުންވާ މުޙިންމު ގިނަ ބައިތައް ހިމަނައިގެން އުފައްދާފައިވާ ރަނގަޅު އުފެއްދުމެއް ހޯދާ ފަރާތްތަކަށް މިއީ އުފާވެރި ޚަބަރެކެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ދާދި ފަހުން ވަނީ މޫނުގެ ހަންގަނޑު ރީތިކޮށް ދޮންކުރުމަށް ޚާއްސަ ފައިދާކުރަނިވި "ފޭޝަލް މާސްކް" އެއް ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަން ފަށާފައެވެ.

"ޔޫޝާ" ބްރޭންޑުގެ މި ފޭޝަލް މާސްކަކީ އެހެން ބައެއް ފޭޝަލް މާސްކުތަކާއި ތަފާތު، ފައިދާ ކުރަނިވި މާސްކެކެވެ. އެއީ ވަކި ކަމަކަށް ޚާއްސަ ވުމުގެ ބަދަލުގައި މި މާސްކުން މޫނުގެ ހަންގަނޑަށް އެކި ގޮތްގޮތުން ހެޔޮ ބަދަލު ގެނެސްދޭތީ އެވެ. އެގޮތުން މި މާސްކުގައި އެކުލެވޭ ބައިތަކުގެ ސަބަބުން މޫނުގައި އަށަގެންފައި ހުންނަ ޖަރާސީމާއި މަރުވެފައވާ ހަންތައް ފިލުވާލެވޭއިރު، ހަންގަނޑު ދޮންކޮށްދިނުމާއި އެކު މޮއިސްޗަރައިޒްކޮށް މަޑުކޮށްދެއެވެ.

ކޮންޕްރެސްކޮށްފައި ހުންނަ މި ފޭޝަލް މާސްކަކީ ކޮންމެ ތަނެއްގައިވެސް ފަސޭހަކަމާއެކީ ބޭނުންކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މޮޅު މާސްކެކެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ފައިދާހުރި އެތައް މާއްދާއެއް ހަންގަނޑުގެ ތެރެއަށް ވައްދާލުމުގެ ޤާބިލްކަން ލިބިފައިވާ މި މާސްކު ބޭނުންކޮށްގެން މަދު ދުވަސްކޮޅެއްގައި ނަތީޖާ ފެންނަ ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

"ލިބޭ" އިން މިހާރު ހެޔޮ އަގުގައި ވިއްކަމުންދާ މި މާސްކު ބޭނުންކުރަން ޖެހޭ ގޮތަށް ބަލާއިރު، ބޭސް ގުޅައެއް ގޮތަށް ޕެކެޓެއްގައި ކޮމްޕްރެސްކޮށް ބަންދުކޮށްފައި އޮންނަ މި މާސްކު، ޕެކެޓުން ނަގާލުމަށްފަހު އިރުކޮޅެއް ވަންދެން ފެނުގައި ބާއްވަން ޖެހެއެވެ. މިގޮތަށް ކަންތައް ކުރުމުން މާސްކު ރޫޅި، މޫނުގެ ސިފައަށް ފެނުގެ ތެރޭގައި ފެތުރޭނެއެވެ. މާސްކު އެއްކޮށް ރޫޅުމުން މޫނުގައި ފަރުވާތެރިކަމާއެކު މާސްކު އަޅަންވީއެވެ. އެއަށްފަހު 10 ނުވަތަ 15 މިނެޓު ފަހުން މާސްކު ނަގާލާނީއެވެ.

އާދަކޮށް މިގޮތުގެ މަތީން މި ފޭޝަލް މާސްކުން ފަރުވާ ހޯދާނަމަ މޫނުގެ ހަންގަންޑު ރައްކާތެރި ކޮށްދިނުމާއެކު ހަންގަނޑުގެ ރީތިކަމާއި ދޮންކަން އެގޮތުގައި ދަމަހައްޓައިދެއެވެ. އަދި އަބަދުވެސް މޫނަށް ތާޒާކަން ގެނެސްދީ ތެޔޮކަން ކުޑަކޮށްދޭނެއެވެ.

"ލިބޭ" އިން ޔޫޝާ ބްރޭންޑުގެ ފޭޝަލް މާސްކު މިހާރު ވިއްކަމުން ދާއިރު، 10 މާސްކުގެ ޕެކެޓެއް ވިއްކާ އަގަކީ 150 ރުފިޔާއެވެ.

"ލިބޭ" އިން ތަކެތި އޯޑަރު ކުރުމުގެ ފުރުސަތު، އެފަރާތުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް އޮތްއިރު، "ލިބޭއެމްވީ"ގެ ނަމްބަރު، 9946822 އަށް ގުޅައިގެންވެސް އޯޑަރުކޮށް މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ވަނީ ހުލުވާލާފައެވެ. "ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.




"ލިބޭ" އިން ވިއްކަމުންދާ އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. އަނގައިން ނުބައިވަސްދުވުން ހުއްޓުވައިދޭ ކޮކޯމޭޓް ޓޫތްޕޭސްޓް (10 އެމްއެލް 40 ރުފިޔާ / 110 އެމްއެލް 200 ރުފިޔާ)


2. ހަށިގަނޑު ދޮންކޮށްދޭ، ވަޓްސަންސް ސްޓޯބެރީ އެކްސްޓްރެކްޓް (190 ރުފިޔާ)


3. ބަނޑު ހިންދާލުމަށް ޚާއްސަ ކޮފީ (200 ރުފިޔާ)


4. މަދިރީގެ އުނދަގުލުން ސަލާމަތްވުމަށް ޚާއްސަ އެއާފްރެޝްނަރ އެއް (100 ރުފިޔާ)


5. ކޮޓަރި އާއި ކާރުތެރޭ ވަސް ރަނގަޅު ކޮށްދޭ އަރޯމާ (250 ރުފިޔާ)


6. ސްޕާކަލް އެކްޓްރާ ފްރެޝް އެންޑް ވައިޓް

މިއީ ދަތްތަކަށް ގެއްލުން ކުޑަ ގޮތަކަށް ދަތްތައް އަވަހަށް ހުދުކޮށްދޭ މޮޅު ދަތްއުނގުޅާ ބޭހެކެވެ. އެތައް ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ މި ބޭހުގައި ހިމެނޭ ގުދުރަތީ ފައިދާކުރަނިވި މާއްދާތަކުގެ ސަބަބުން ދަތްތައް ސާފުކޮށްދިނުމާއި އެކު ދާދި އަވަހަށް ދަތް ހުދުކޮށްދީ ހިނިތުންވުން ފުރިހަމަކޮށްދެއެވެ. މި ބޭހުގައި ބާރުގަދަ އެސިޓް ނުވަތަ ޕެރޮކްސައިޑް ފަދަ ބާވަތްތައް އެއްވެސް މިންވަރަކަށް އެކުލެވިގެން ނުވެއެވެ.

މި ބޭސް ބޭނުންކޮށްގެން ދަތް އުނގުޅާ ނަމަ ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން އަނގައިގެ ތާޒާކަން އިތުރުކޮށްދެއެވެ. އަދި އަނގައިން ނުބައިވަސް ދުވުމުގެ މައްސަލައިގެ ހައްލު ވަގުތުން ގެނެސްދޭ ބޭހަކަށް މި ބޭސް ވާކަމަށް، ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އާދަކޮށް ކޮންމެ ދުވަހެއްގައި މަދުވެގެން އެއް ފަހަރު މި ބޭސް ބޭނުންކޮށްގެން ދަތް އުނގުޅާނަމަ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ފުރިހަމަ ނަތީޖާ އާއި ހަމައަށް ވާސިލުވެއެވެ.


7. ސްޕާކަލް ޓްރިޕަލް ވައިޓް

މިއީ ސްޕާކަލް ބްރޭންޑުގެ އެންމެ މަޤުބޫލު އުފެއްދުމެވެ. އާދަކޮށް ބޭނުންކުރާން ފަށާތާ ގިނަވެގެން ހަފްތާއެއްހައި ދުވަސް ތެރޭގައި އެންމެ ފުރިހަމަ ނަތީޖާ ފެންނާން ފަށާ މި ބޭހަކީ ސްޕާކަލް ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންވެސް މެއެވެ. ދަތްއުނގުޅާ އެހެން ބޭސްތަކަށްވުރެ ތިންގުނަ އަވަހަށް ދަތްތައް ހުދުކޮށްލާ މި ބޭސް ބޭނުންކޮށްގެން، ދަތްތަކުގެ ކުލަ ބަދަލުކޮށްލާ ބައިތައް ސާފުކޮށްލެވެއެވެ. އަދި ގިނަ ދުވަސްތައް ވަންދެން އަށަގެންފައި ހުންނަ ޖަރާސީމުތައް މަދު ވަގުތުކޮޅެއްގެ ތެރޭގައި ފިލުވާލުމަށް މިއީ އެންމެ އިތުބާރުހުރި އެއް ބޭހެވެ. ފްރާންސްގައި ހުންނަ ސްޕިން ކޮންޓްރޯލް އޭޝިއާގެ ލެބޯޓްރީގައި ޓެސްޓުކޮށްފައިވާ މި ބޭހަކީ، ސްޕެޝަލިސްޓުންގެ އިތުބާރުވެސް ހޯދާފައިވާ މޮޅު ބޭހެކެވެ.


8. ސްޕާކަލް ކޮފީ - ޓީ

މިއީ ގިނަ ދިވެހިންނާއިވެސް އެންމެ ގުޅޭނެ އެއް ބޭހެވެ. ސްޕާކަލް ބްރޭންޑުގެ މި ބޭހަކީ ކޮފީ އާއި ކަޅުސައި ބޯ މީހުންނަށް ޚާއްސަ ބޭހެވެ. ގިނައިން ކޮފީ އަދި ކަޅުސައި ބޯ މީހުންގެ ދަތްތަކުގެ ހުދުކަން ގެއްލިދާ ދިއުމަށް މި ބޭހުން ހައްލު ހޯދައިދޭއިރު، މި ބާވަތްތަކުން ދަތްތަކުގައި އަށަގަނެ ގިނަ ދުވަސްވެފައި ހުންނަ ޖަރާސީމު ސާފުކޮށްދެއެވެ. އަދި ދަތްތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ ވަރުގަދަކޮށްދެއެވެ. މި ބޭސް އާދަކޮށް ބޭނުން ކުރަން ފެށުމުން، ދަތްތަކުގެ ހުދުކަން ގެއްލުވާލާ މާއްދާތައް ދަތްތަކުގައި އަށަގަތުން ހުއްޓުވައެވެ. އަދި އަނގައި ނުބައިވަސް ދުވުންވެސް މި ބޭހުން ހުއްޓުވައެވެ.


9. ޑަބަލް ވައިޓް ލެމަން ސޮޑާ

ސްޕާކަލް ބްރޭންޑުގެ މި ބާވަތަކީވެސް ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން ދަތްތަކަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ބޭހެކެވެ. އެގޮތުން ދަތްތައް ދުޅަހެޔޮ ކުރުމަށް ބޭނުންވާ ވިޓަމިން ސީ އާއި ނިއުޓްރިއެންޓްސްގެ އިތުރުން އެނޫންވެސް މުޙިންމު އެތައް މާއްދާއެއް މި ބޭހުގައި އެކުލެވިގެން ވެއެވެ. ހަމަ އެހެންމެ ދަތްތަކައް ގެއްލުންކުރާ މާއްދާތަކުން ދަތްތައް ސަލާމަތްކޮށް ރައްކާތެރި ކުރުމަށް މި ބޭހުގައިވާ ބައިތައް ޚާއްސަ ދައުރެއް އަދާކުރާއިރު، އަނގައިގެ ތާޒާކަން އިތުރުކޮށްދިނުމަށް މި ބޭސް އެހީއަކަށް ވެއެވެ.


10. ސްޕާކަލް ވައިޓް

ސްޕާކަލް ބްރޭންޑުގެ މި ބޭހަކީ ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން އަނގައިން ނުބައިވަސް ދުވާ މައްސަލައަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ބޭހެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ދައްކުވައިދޭ މި ބޭހުގައި އެކުލެވިފައިވަނީ އަނގައިގެ ތެރޭގައި އަށަގެންފައި ހުންނަ ޖަރާސީމާއި، ނުބައިވަސް ދުވުމަށް މެދުވެރިކުރާ އެނޫންވެސް އެފަދަ ބައިތައް ސާފުކޮށްލުމަށް އެހީތެރިވެދޭ އެތައް މާއްދާއެކެވެ.