ވައިގެ މަގުން ރާއްޖޭން ބޭރުކޮށް އަދި އެތެރެކުރާ ފިނިކުރި ކާގޯ، ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) ގައި ރައްކާ ކުރުމުގެ ޖާގަ އިތުރުކޮށްފައިވާކަމަށް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލް އިން އިއްޔެ ބުނީ، މުދާ އެތެރެކޮށް ބޭރުކުރާ ވިޔަފާރިވެރިންނަށް ފަސޭހައަކަށް އެމްއޭސީއެލްއިން ދަނީ މުހިންމު ބަދަލުތަކެއް އެ ކުންފުނިން ގެންނަމުންނެވެ.

އެގޮތުން ހަލާކުވާ ޒާތުގެ ކާގޯ ރައްކާ ކުރާ ޖާގަ އިތުރުކޮށް އާބައެއް މިހާރު ހުޅުވާފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެމްއޭސީއެލް އިން ބުނީ، މިހާރު އެތަނުގައި 266 ޓަނުގެ މުދާ ރައްކާ ކުރެވޭނެ ކަމަށެވެ.

މި ބަދަލު އެމްއޭސީއެލް އިން ގެނައިރު، ދާދި ފަހުން ވެލާނާ އެއާޕޯޓްގައި ވަނީ ކާގޯ ސިސްޓަމް އޮޓޮމޭޓްކޮށް ކަސްޓަމަރުންނަށް ފަސޭހައަކަށް އެކަމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފައެވެ.

އޮޓޮމޭޓެޑް ކާގޯ ހޭންޑްލިން ސިސްޓަމެއް ކަމަށްވާ ކޯސިސްގެ ނަމުގައި ތައާރަފް ކުރި މި ސިސްޓަމް މެދުވެރިކޮށް ފްލައިޓް މާލެ ޖެއްސުމުގެ ކުރިން އަންނަ ހުރިހާ ކާގޯއެއްގެ މަައުލޫމާތު ކުރީބައިގައި ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަލަނަލަ

    ބަލަ ފިނިކުރި ކާރގޯ ބުނާއިރު ފުލައިޓްޖައްސަނީ ހެދުނު 6 ޖަހާއިރުހާއިރު ފިނިކުރިމުދާ ގުދަނާ ހަމަޔައް އަންނައިރު މެންދުފަސް ދެންކިހާފިނިވާނެ؟؟ ދެންރައްޔަމީހާގެނަ ދިހަކިލޯގެ ފޮށިގަޑަކައް އެކި އެކި ޗާޖް 75ރުފިޔާނަގާއިރު ބަރުމުދާ ދޯނިފަހަރައް އަރުވަނީ ކިހެނެކަން މިތަނުގެވެރިންނާސުވާލްކޮއްލަބަލަ؟؟މިކަން ކޮމެގޮތަކުންވެސް ރައްޔަތުންއަތުންފައިސާނެގިކަމުގާވިއަސް ހިދުމަތް ރަގަޅު ނުވާނަމަ މިތަނުގެވެރިންގެބޭނުމެންނެތް ދެން ރީދޫ މީހުން ބޭނުމީ މިސަރުކާރާ ރައްޔަތުންނާޖެއްސުން މިކައެބަކުރޭ؟؟

  2. ޥެރިޔާ

    ބަލަ ނަލަނަލަ
    މިހާރު ބަރުމުދާ ދޯނިފަހަރައް އަރުވަން ކާގޯ ކުއްޔައް ދޫކުރާނެ ފޯކުލިފްޓު އޭގައިން ދޯނިފަހަރާ ހަމަޔައް މުދާ ގެނެސްދޭނެ ވީމާ ތަންދޮރުނުބަލާ ކޮމަންޓު ނުކޮއްބަ...ތިބާ އަތުގަ ލާރި ނެތުމީް

  3. ޥެރިޔާ

    ބަލަ ނަލަނަލަ
    މިހާރު ބަރުމުދާ ދޯނިފަހަރައް އަރުވަން ކާގޯ ކުއްޔައް ދޫކުރާނެ ފޯކުލިފްޓު އޭގައިން ދޯނިފަހަރާ ހަމަޔައް މުދާ ގެނެސްދޭނެ ވީމާ ތަންދޮރުނުބަލާ ކޮމަންޓު ނުކޮއްބަ...ތިބާ އަތުގަ ލާރި ނެތުމީ ކާގޯ މައްސަލައެއް ނޫން ދޯ............¡¡¡¡

  4. ޙަމްސު

    ވާރޭ ވެހިއްޖެޔާ މުދާތައް ހުންނަނީ ތެމި ފޯވެފަ. މުދާ ބަލާދާއިރު ފެންތައް ފައިބަ ފައިބާ އޮންނަނީ. ޓެމްޕެރޭޗަރ ސެންސިޓިވް އެއްޗެހި އޭގެ ބޭސް، ވެކްސިންތައް ފިނިކެނޑޭފަހުން ވައްދަނީ. ޕެރިޝަބްލްތައް ަހޫނުވާފަހުން އެތެރެއަށް ވައްދަނީ.