ބޮލުން އިސްތަށިފައިބާ މައްސަލައަކީ ޒުވާން އުމުރުގައި ދެޖިންސުގެ މީހުނަށްވެސް ދިމާވާ ބޮޑު މައްސަލައެކެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ބޮޑު ހިތާމައެކެވެ. ބޮލުން އިސްތަށި އަލުން ފަޅާނެ ގޮތެއް ހޯދުމަށާއި ފަރުވާއެއް ލިބިގަތުމަށް ރެއާއި ދުވާލު މަސައްކަތްކޮށްގެންވެސް ގިނަ ފަހަރަށް ކާމިޔާބު ވާގޮތެއް ނުވެއެވެ.

ގިނަފަހަރަށް އިސްތަށި ފައިބަން ދިމާވަނީ އިސްތަށިގަނޑު ރީތުކުރުމަށް ބޭނުންކުރެވޭ ތަކެތީގެ ސަބަބުންނެވެ. އަނެއްބައި ފަހަރަށް އިސްތަށިގަނޑަށް އެންމެ އެކަށީގެންވާ މުހިންމު ބައިތައް ހަށިގަނޑަށް ނުލިބުންވެސް އިސްތަށި ފޭބުމުގެ ސަބަބަކަށް ވެއެވެ. ހަމަ އެހެންމެ އުމުރުން ދުވަސްވުމަކީވެސް ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ އާއި ގުޅިފައިވާ ކަމެކެވެ.

އިސްތަށި ފައިބާ މައްސަލަ އާއި ބޯތަލަވުމުގެ މައްސަލައަށް ޙައްލެއް ބޭނުންވާ ފަރާތްތަކަށް މިއީ އާ އުންމީދެކެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން މިހާރު ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "އީވް ރޯޗާ - އެންޓި ހެއާލޮސް ތެރަޕީ ޕެކް" އަކީ އިސްތަށި ފޭބުމުގެ މައްސަލައަށް ޙައްލެއް ނުލިބިފައިވާ ފަރާތްތަކަށް ރާއްޖެއިން މިހާރު ލިބޭ އެންމެ އިތުބާރު އެއް އުފެއްދުމެވެ.

"އީވް ރޯޗާ" އަކީ ފްރާންސްގެ މަޝްހޫރު، މޮޅު ބްރޭންޑެކެވެ. އިސްތަށިގަނޑަށް އެންމެ އެކަށީގެންވާ މުޙިންމު ބައިތައް ހިމެނޭހެން އުފައްދާފައިވާ މި ބްރޭންޑުގެ އެންޓި ހެއާލޮސް ތެރަޕީ ޕެކަކީ ހަމަ އެކަނި ގުދުރަތީ ވަސީލަތްތަކުން އުފައްދާފައިވާ އުފެއްދުމެކެވެ. މި އުފެއްދުމުގައި އެކުލެވޭ ފައިދާކުރަނިވި ގިނަ ބައިތަކުގެ ސަބަބުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި އިސްތަށިގަނޑަށް އެކަމުގެ ހެޔޮ ބަދަލު އައިސް، ޚާއްސަ ގޮތެއްގައި އިސްތަށި ފޭބުން ހުއްޓުވައެވެ.

ރާއްޖޭގައި މިހާރު ވިއްކަމުންދާ މި ޕެކް ގައި އެއް މަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ބޭނުންކުރަންޖެހޭ ހަތަރު ސިރިންޖު އޮވެއެވެ. ގުދުރަތީ ފައިދާކުރަނިވި ބައިތަކުން އުފައްދާފައިވާ ތެލެއް އެކުލެވޭ މި ހަތަރު ސިރިންޖު ބޭނުންކުރަން ޖެހޭނީ ހަތަރު ހަފްތާއަށް ބަހާލައިގެންނެވެ. މިއިން ކޮންމެ ސިލިންޑަރެއްގައި، އެއް ހަފްތާގައި ހަތަރު ފަހަރެއްގެ މަތިން ބޭނުންކުރަންޖެހޭ މިންވަރު އަންގައިދޭ ނިޝާންތަކެއް ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން ކޮންމެ ހަފްތާއެއްގެ ހަތަރު ދުވަހެއްގައި އެ މިންވަރަށް ބޮލުގައި ހޭކުމަށްފަހު ބޯ މަސާޖުކޮށް، ތެލުގެ އަސަރު ބޮލުގެ ހަންގަނޑާއި އިސްތަށިގަނޑުގެ ބުޑަށް ކުރަންދެން މަޑުކޮށްލަން ވާނެއެވެ.

ދެޖިންސުގެ، ހުރިހާ އުމުރެއްގެ ބަޔަކަށް ވެސް ބޭނުންކުރެވޭނެ މި ތެޔޮ އާދަކޮށް މިގޮތުގެ މަތީން އެއް މަސް ދުވަސް ވަންދެން ބޭނުން ކުރުމުން އިސްތަށި ފޭބުމުގެ މައްސަލަ ހުއްޓެއެވެ. ހަމަ އެއާއެކު އިސްތަށިގަނޑު ވަރުގަދަކޮށްދީ، އިސްތަށިގަނޑުގައި ހަރުލާފައި ހުންނަ ނުރައްކާތެރި ބައިތަކާއި ޖަރާސީމުގެ އަސަރު މި ތެލުގައި އެކުލެވޭ ފައިދާކުރަނިވި ބައިތަކުގެ ޒަރިއްޔާއިން ފިލުވާލައެވެ.

ތަޖުރިބާގެ އަލީގައި މި ޕެކް ބޭނުންކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ބޮލުގައި މި ތެޔޮހާކަން ފަށާތާ ގިނަ ދުވަހެއް ނުވަނީސް އިސްތަށިގަނޑަށް އޭގެ ހެޔޮ ބަދަލު އާދެއެވެ. އެގޮތުން އިސްތަށިގަނޑު ހިކިފައި އޮންނަ އޮތުމަށް ހައްލު ހޯދައިދީ، އިސްތަށިތައް ހަލާކުވުން ހުއްޓުވައިދޭ ކަމަށާއި، އަވަހަށް އިސްތަށިގަނޑު ދިގުވުމަށް އެހީވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ހަތަރު ސިރިންޖު އެކުލެވޭ، އެއްމަސް ދުވަހުގެ މި ޕެކު "ލިބޭ" އިން ވިއްކަނީ 1200 ރުފިޔާ އަށެވެ.

"ލިބޭ" އިން ތަކެތި އޯޑަރު ކުރުމުގެ ފުރުސަތު، އެފަރާތުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް އޮތްއިރު، "ލިބޭއެމްވީ"ގެ ނަމްބަރު، 9946822 އަށް ގުޅައިގެންވެސް އޯޑަރުކޮށް މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ވަނީ ހުލުވާލާފައެވެ. "ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.




"ލިބޭ" އިން ވިއްކަމުންދާ އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. މޫނުގެ ހަންގަނޑު އޮމާންކޮށް، ދޮންކޮށްލެވޭ ފޭސް މާސްކް (150 ރުފިޔާ)

 


2. އަނގައިން ނުބައިވަސްދުވުން ހުއްޓުވައިދޭ ކޮކޯމޭޓް ޓޫތްޕޭސްޓް (10 އެމްއެލް 40 ރުފިޔާ / 110 އެމްއެލް 200 ރުފިޔާ)


3. ހަށިގަނޑު ދޮންކޮށްދޭ، ވަޓްސަންސް ސްޓޯބެރީ އެކްސްޓްރެކްޓް (190 ރުފިޔާ)


4. ބަނޑު ހިންދާލުމަށް ޚާއްސަ ކޮފީ (200 ރުފިޔާ)


5. މަދިރީގެ އުނދަގުލުން ސަލާމަތްވުމަށް ޚާއްސަ އެއާފްރެޝްނަރ އެއް (100 ރުފިޔާ)


6. ކޮޓަރި އާއި ކާރުތެރޭ ވަސް ރަނގަޅު ކޮށްދޭ އަރޯމާ (250 ރުފިޔާ)


7. ސްޕާކަލް އެކްޓްރާ ފްރެޝް އެންޑް ވައިޓް

މިއީ ދަތްތަކަށް ގެއްލުން ކުޑަ ގޮތަކަށް ދަތްތައް އަވަހަށް ހުދުކޮށްދޭ މޮޅު ދަތްއުނގުޅާ ބޭހެކެވެ. އެތައް ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ މި ބޭހުގައި ހިމެނޭ ގުދުރަތީ ފައިދާކުރަނިވި މާއްދާތަކުގެ ސަބަބުން ދަތްތައް ސާފުކޮށްދިނުމާއި އެކު ދާދި އަވަހަށް ދަތް ހުދުކޮށްދީ ހިނިތުންވުން ފުރިހަމަކޮށްދެއެވެ. މި ބޭހުގައި ބާރުގަދަ އެސިޓް ނުވަތަ ޕެރޮކްސައިޑް ފަދަ ބާވަތްތައް އެއްވެސް މިންވަރަކަށް އެކުލެވިގެން ނުވެއެވެ.

މި ބޭސް ބޭނުންކޮށްގެން ދަތް އުނގުޅާ ނަމަ ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން އަނގައިގެ ތާޒާކަން އިތުރުކޮށްދެއެވެ. އަދި އަނގައިން ނުބައިވަސް ދުވުމުގެ މައްސަލައިގެ ހައްލު ވަގުތުން ގެނެސްދޭ ބޭހަކަށް މި ބޭސް ވާކަމަށް، ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އާދަކޮށް ކޮންމެ ދުވަހެއްގައި މަދުވެގެން އެއް ފަހަރު މި ބޭސް ބޭނުންކޮށްގެން ދަތް އުނގުޅާނަމަ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ފުރިހަމަ ނަތީޖާ އާއި ހަމައަށް ވާސިލުވެއެވެ.


8. ސްޕާކަލް ޓްރިޕަލް ވައިޓް

މިއީ ސްޕާކަލް ބްރޭންޑުގެ އެންމެ މަޤުބޫލު އުފެއްދުމެވެ. އާދަކޮށް ބޭނުންކުރާން ފަށާތާ ގިނަވެގެން ހަފްތާއެއްހައި ދުވަސް ތެރޭގައި އެންމެ ފުރިހަމަ ނަތީޖާ ފެންނާން ފަށާ މި ބޭހަކީ ސްޕާކަލް ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންވެސް މެއެވެ. ދަތްއުނގުޅާ އެހެން ބޭސްތަކަށްވުރެ ތިންގުނަ އަވަހަށް ދަތްތައް ހުދުކޮށްލާ މި ބޭސް ބޭނުންކޮށްގެން، ދަތްތަކުގެ ކުލަ ބަދަލުކޮށްލާ ބައިތައް ސާފުކޮށްލެވެއެވެ. އަދި ގިނަ ދުވަސްތައް ވަންދެން އަށަގެންފައި ހުންނަ ޖަރާސީމުތައް މަދު ވަގުތުކޮޅެއްގެ ތެރޭގައި ފިލުވާލުމަށް މިއީ އެންމެ އިތުބާރުހުރި އެއް ބޭހެވެ. ފްރާންސްގައި ހުންނަ ސްޕިން ކޮންޓްރޯލް އޭޝިއާގެ ލެބޯޓްރީގައި ޓެސްޓުކޮށްފައިވާ މި ބޭހަކީ، ސްޕެޝަލިސްޓުންގެ އިތުބާރުވެސް ހޯދާފައިވާ މޮޅު ބޭހެކެވެ.


9. ސްޕާކަލް ކޮފީ - ޓީ

މިއީ ގިނަ ދިވެހިންނާއިވެސް އެންމެ ގުޅޭނެ އެއް ބޭހެވެ. ސްޕާކަލް ބްރޭންޑުގެ މި ބޭހަކީ ކޮފީ އާއި ކަޅުސައި ބޯ މީހުންނަށް ޚާއްސަ ބޭހެވެ. ގިނައިން ކޮފީ އަދި ކަޅުސައި ބޯ މީހުންގެ ދަތްތަކުގެ ހުދުކަން ގެއްލިދާ ދިއުމަށް މި ބޭހުން ހައްލު ހޯދައިދޭއިރު، މި ބާވަތްތަކުން ދަތްތަކުގައި އަށަގަނެ ގިނަ ދުވަސްވެފައި ހުންނަ ޖަރާސީމު ސާފުކޮށްދެއެވެ. އަދި ދަތްތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ ވަރުގަދަކޮށްދެއެވެ. މި ބޭސް އާދަކޮށް ބޭނުން ކުރަން ފެށުމުން، ދަތްތަކުގެ ހުދުކަން ގެއްލުވާލާ މާއްދާތައް ދަތްތަކުގައި އަށަގަތުން ހުއްޓުވައެވެ. އަދި އަނގައި ނުބައިވަސް ދުވުންވެސް މި ބޭހުން ހުއްޓުވައެވެ.


10. ޑަބަލް ވައިޓް ލެމަން ސޮޑާ

ސްޕާކަލް ބްރޭންޑުގެ މި ބާވަތަކީވެސް ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން ދަތްތަކަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ބޭހެކެވެ. އެގޮތުން ދަތްތައް ދުޅަހެޔޮ ކުރުމަށް ބޭނުންވާ ވިޓަމިން ސީ އާއި ނިއުޓްރިއެންޓްސްގެ އިތުރުން އެނޫންވެސް މުޙިންމު އެތައް މާއްދާއެއް މި ބޭހުގައި އެކުލެވިގެން ވެއެވެ. ހަމަ އެހެންމެ ދަތްތަކައް ގެއްލުންކުރާ މާއްދާތަކުން ދަތްތައް ސަލާމަތްކޮށް ރައްކާތެރި ކުރުމަށް މި ބޭހުގައިވާ ބައިތައް ޚާއްސަ ދައުރެއް އަދާކުރާއިރު، އަނގައިގެ ތާޒާކަން އިތުރުކޮށްދިނުމަށް މި ބޭސް އެހީއަކަށް ވެއެވެ.


11. ސްޕާކަލް ވައިޓް

ސްޕާކަލް ބްރޭންޑުގެ މި ބޭހަކީ ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން އަނގައިން ނުބައިވަސް ދުވާ މައްސަލައަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ބޭހެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ދައްކުވައިދޭ މި ބޭހުގައި އެކުލެވިފައިވަނީ އަނގައިގެ ތެރޭގައި އަށަގެންފައި ހުންނަ ޖަރާސީމާއި، ނުބައިވަސް ދުވުމަށް މެދުވެރިކުރާ އެނޫންވެސް އެފަދަ ބައިތައް ސާފުކޮށްލުމަށް އެހީތެރިވެދޭ އެތައް މާއްދާއެކެވެ.