ފަތަހަ ސްޓަރ ޕްރައިވެޓް ލިމިޓެޑުގެ އާ ފިހާރައެއް މާވެޔޮމަގުގައި ހުޅުވައިފިއެވެ. މި ފިހާރައަކީ ތިން ބުރީގެ ޖާގަ ތަނަވަސް ބޮޑު ފިހާރައަކަށްވެފައި އާއްމުންނަށް ފަސޭހަ އަކަށް ލިފްޓްވެސް ވަނީ ހަރުކޮށްފައެވެ.

މިއީ ފަތަހަ މޯލް އެވެ. ފަތަހަ ކުންފުނީގެ ފިހާރަތަކުން އާއްމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި، ދިވެހިންގެ މަސައްކަތްތެރިކަން ފެނިގެން ދާނެ ގިނަ ސާމާނާއި، ގޭތެރެއަށް ބޭނުންވާ ގާތްގަނޑަކަށް ހުރިހާ ސާމާނެއް އެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

ފަތަހަ އިން މާވެޔޮމަގުގައި ހުޅުވި ފަތަހަ މޯލް ފިހާރަ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"ދިވެހި އަމިއްލަ އުފެއްދުންތަކާއި އަދި މީގެ އިތުރުން އާއްމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިތަނުން ލިބެން ހުންނާނެ" ފަތަހަ ކުންފުނިން މައުލޫމާތު ދެއެވެ.

ފަތަހަ އިން މާވެޔޮމަގުގައި ހުޅުވި ފަތަހަ މޯލް ފިހާރަ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ކުރިން އޯކިޑްމަގުގައި ހިންގަމުން އައި ފަތަހަ ސްޓަރ ވަނީ މިހާރު މަރާމާތަށް ބަންދުކޮށްފައެވެ. ފަތަހަ ސްޓާރ އިން ލިބެމުން އައި ހުރިހާ ސާމާނެއް މިހާރު ފަތަހަ މޯލް މާވެޔޮމަގުން ލިބެން ހުންނާނެ އެވެ.

ފަތަހަ ފިހާރަތަކަކީ ރާއްޖޭގައި ގިނަ ދުވަސްވީ ފިހާރަތަކެވެ. މި ފިހާރަތަކުން ވިއްކާ ތަކެއްޗަށް ވަނީ ގިނަބައެއްގެ އިތުބާރާއި، މަގުބޫލުކަން ލިބިފައެވެ.