މެޖިކް ބޮޑީސްޕްރޭ ބްރޭންއަކީ މިހާރުވެސް ވަރަށް ގިނަބައެއްގެ ތަރުހީބު ލިބެމުން އަންނަ ވަރަށްވެސް މީރުވަސް ދުވާ ބޮޑީސްޕްރޭއެކެވެ. މިއީ ދުނިޔޭގެ އެންމެ މަގުބޫލު ބްރޭންޑެޑް ސެންޓުތަކުގެ އޮރިޖިނަލް ވަސް ހިމަނައިގެން ތައްޔާރުކޮށްފައިވާ ހައި ކޮލެޓީ ބޮޑީސްޕްރޭއެކެވެ. ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ މި ބޮޑީސްޕްރޭއަކީ ފްރާންސްގެ ކޮލިޓީ އުފެއްދުމެކެވެ. މެޖިކްގެ އެންމެ މައްޝޫރު ވަސްތަކުގެ ތެރޭގައި ގުޑް ގާލް، ސީ، އެސްކާޑާ، ހޫގޯ ބޮސް، އޮލިމްޕިއާ އަދި ފެރަންހައިޓް ފާހަގަކޮށްލެވެއެވެ.
ދާދި ފަހުން މާކެޓަށް ނެރިފައިވާ ކެރޮލީނާ ހެރޭރާގެ ބޭޑް ބޯއީ ސެންޓަކީ ޒުވާން ފިރިހެނުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސެންޓެކެވެ އަދި މެޖިކްގެ ބޭޑް ބޯއީ ބޮޑީސްޕްރޭއަށްވެސް ބޮޑު މަގުބޫލުކަމެއް އަންނީ ލިބެމުންނެވެ.
ނިއު އެޑިޝަނުން އަލަށް ރާއްޖޭގެ މާކެޓައް ތައާރަފްކޮށްފައިވާ މެޖިކްގެ ބޭޑް ބޯއީ ބޮޑީސްޕްރޭ އުފައްދާފައިވަނީ،ހައި ކޮންސަންޓްރޭޓްގެ އޮރިޖިނަލް ޕާފިއުމް އޮއިލް ބޭނުންކޮށްގެންނެވެ؛ އެހެންކަމުން އާންމު ބޮޑީސްޕްރޭތަކަށް ވުރެން ގިނައިރު މެޖިކް ބޮޑީސްޕްރޭގެ ވަސް ދެމިހުރެއެވެ. މެޖިކް ބޮޑީސްޕްރޭގެ 250 އެމްއެލްގެ ފުޅި ނިއު އެޑިޝަ ހޯލްސޭލް ސެންޓަރުން ވިއްކަމުން އަންނައިރު، މީގެ ފުޅިއެއް ރީޓެއިލްކޮށް ވިއްކަމުން ދަނީ 50 ރުފިޔާއަށެވެ.
ރާއްޖެއަށް އެންމެ ހައި ކޮލެޓީ ފަހުގެ ޕްރޮޑަކްޓްތައް ގެނެސްދިނުމަކީ ނިއު އެޑިޝަނުން ހޯލްސޭލް ސެންޓަރުގެ އެންމެ ބޮޑު އެއް މަގްސަދެވެ. މިގޮތުން މިހާރުވެސް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ، ނޯޓް ކޮސްމެޓިކްސް، ލޭޔާ ޝޮޓް، ކެންޓޫ،ބާތް އެންޑް ބޮޑީ، ވިކްޓޯރިއާސް ސީކްރެޓް އަދި ލިލީޑޯ ޕެރިސް ބްރޭންޑްގެ ތަކެތި ރާއްޖެއަށް ގެނެސް ނިއު އެޑިޝަނުން ދަނީ ހޯލްސޭލްކޮށް އަދި ރީޓެއިލޮކށް ހެޔޮ އަގުގައި ވިއްކަމުންނެވެ.
ނިއު އެޑިޝަންގެ ހޮޓްލައިން ނަމްބަރު 7483120 އަށްގުޅާލައިގެން އިތުރު މަޢުލޫމާތު ސާފުކޮށްލެވޭނެއެވެ. ނިއު އެޑިޝަން ހުންނަނީ އޮލިމްޕަސް ކުރިމަތިން އައިސް ނިމޭއިރު ވައަތްފަޅީގައި ބޮޑުރަސްގެފާނު މަގުގައެވެ.
ހަބޭސް!!
މަގަ ނެފިން ފުޅިއެއް، ވަރަށް ސަޅި ވަސް
ތިމަރަފުއްޓަށް ތިލިބޭނެގޮތް ހަދާދީބަލަ
މެޖިކްތީ ވަރައް ސަޅި ބޮޑީސްޕްރޭއެއް، ޑެވިޑޮފް ގޭމްގެ ވަހުގެ މެޖިކް ބޮޑީސްޕްރޭ ބޭނުން! އެބަލާދީބަލަ ނިއު އެޑިޝަން ޕްލީޒް
ރައްތަކައް އަގުހެޔޮކޮއް ލިބޭނެގޮތް ހަދާދީބަލަ
ބޭޑް ބޯއި އެއީ ފިރިހެން ސްޕްރެއި އެއްތަ؟؟؟ ނޭނގޭތީވެ އަހާލީ.މަަށަށް ނުބަވާތި އެއްވެސް މީހަކު.