ރާއްޖޭގައި މިހާތަނަށް ޓީވީއެއްގެ ވޮރެންޓީ ދިން އެންމެ ދިގު މުއްދަތު، ދެއަހަރު ދުވަހުގެ ވޮރެންޓީ އާއި އެކު ޖަޕާނުގެ މަގުބޫލު ބްރޭންޑް އައިވާގެ ޓީވީ ރީފްސައިޑުން ވިއްކަން ފަށައިފިއެވެ.

ރީފް ސައިޑުން މިހާރު އައިވާ ޓީވީގެ ހަތަރު ސައިޒެއް ލިބެން ހުންނާނެ ކަމަށާއި، އޭގެ ތެރޭގައި، 49 އިންޗި އާއި، 55 އިންޗި އާއި، 65 އިންޗީގެ އިތުރުން 75 އިންޗީގެ ޓީވީ ލިބެން ހުންނާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އައިވާ ޓީވީ ލޯންޗު ކުރުމަށް ބޭއްވި ހަފްލާތެ ތެރެއިން/ ވަގުތު އިމޭޖަސް : އަހުމަދު އަޝްހާދު

އައިވާ ޓީވީތައް ރީފް ސައިޑުން ވިއްކާ އަގަށް ބަލާއިރު 49 އިންޗި ޓީވީ ލިބެން ހުރީ 5800 ރުފިޔާއަށެވެ. އަދި 55 އިންޗި ޓީވީ 8،800 އަށް ލިބެން ހުރި އިރު 65 އިންޗި ޓީވީ ލިބެން ހުރީ 11900 ރުފިޔާ އަށެވެ. އައިވާގެ އެންމެ ބޮޑު ޓީވީ 75 އިންޗީގެ ޓީވީ ލިބެން ހުރީ 26،900 ރުފިޔާ އަށެވެ.

ރީފް ސައިޑުން ބުނީ މިއީ މިހާތަނަށް ރާއްޖޭގައި ވިއްކާ އެހެން ކޮލެޓީ ބްރޭންޑްތަކުގެ އަގާއި އަޅައި ބަލާއިރު ހެޔޮ އަގެއް ކަމަށެވެ.

އައިވާ ޓީވީ ލޯންޗު ކުރުމަށް ބޭއްވި ހަފްލާތެ ތެރެއިން/ ވަގުތު އިމޭޖަސް : އަހުމަދު އަޝްހާދު

މި ޓީވީތަކުގެ ބައެއް ޙާއްސަ ކަންކަމަށް ބަލާއިރު، އައިވާ ޓީވީ އަކީ އަލްޓްރާ އެޗްޑީ އެންޑްރޮއިޑް ޓީވީތަކެކެވެ. މިއީ ކޮންމެ ސިޓިން ރޫމަކަށް އަދި ކޮޓަރިއަކަށް ފެތޭފަދަ ކޮލިޓީ ސްމާޓް ޓީވީއެއް ކަމަށް ރީފް ސައިޑުން ވަނީ ބުނެފައެވެ.

މި ބްރޭންޑް ޓީވީގެ އެންމެ ތަފާތު ތަންކޮޅަކީ އޯޑިއޯ ކޮލިޓީ ރަނގަޅުވުމެވެ. އާންމުކޮށް ޓީވީތަކުގައި އަޑު ބާރުކޮށް އެއްޗެއް ބަލާލަން ބޭނުން ކަމުގައި ވާނަމަ ޖެހެނީ ސްޕީކަރެއް ފަދަ އެއްޗެއް ވަކިން ގަންނާށެވެ. އެހެން ނަަމަވެސް އައިވާ ކުންފުންޏަކީ މީގެ ކުރިންވެސް އޯޑިއޯ ޕްރޮޑަކްޓް އުފައްދަމުން އައި ކުންފުންޏެއް ކަމުން، އެކުންފުނިން ވަނީ އެކަމަށް ވިސްނައި ހަމައެކަނި ޓީވީގެ އަޑުންވެސް ފުދޭވަރު ކޮށްފައެވެ.

އައިވާ ޓީވީ ލޯންޗު ކުރުމަށް ބޭއްވި ހަފްލާތެ ތެރެއިން/ ވަގުތު އިމޭޖަސް : އަހުމަދު އަޝްހާދު

ރީފް ސައިޑުން ބުނީ މިހާ ހެޔޮ އަގެއްގައި ޓީވީ ދޫކުރުމަކީ ކަސްޓަމަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިދާނެ ކަމެއް ކަމަށާއި، މިހާ ހެޔޮ އަގުގައި ޓީވީ ވިއްކަމުން ދަނީ 2020 ވަނަ އަހަރު ކުރިއަށް ގެންދާ ޕްރޮމޯޝަނެއްގެ ތެރެއިން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޓީވީތަކުގެ އަގަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ޖަޕާނުގެ އައިވާ އުފެދިގެން އައިސްފައި ވަނީ 1951 ވަނަ އަހަރުގެ ތެރޭގައެވެ. އައިވާ ބްރޭންޑް މަޝްހޫރުވެފައި ވަނީ އޯޑިއޯގެ އެކި އާލާތްތައް އުފެއްދުމަށެވެ.

އައިވާ ޓީވީ ލޯންޗު ކުރުމަށް ބޭއްވި ހަފްލާތެ ތެރެއިން/ ވަގުތު އިމޭޖަސް : އަހުމަދު އަޝްހާދު

ރީފް ސައިޑުން ދަނީ މިފަދަ ކޮލެޓީ، މޮޅު ބްރޭންޑްތައް ރާއްޖޭގެ މާކެޓުގައި ހެޔޮ އަގުގައި ވިއްކަމުންނެވެ.