ލެންކޮމްގެ މިރަކަލް ސެންޓަކީ ޒަމާނީ، އޮރިއެންޓަލް ވަހެއް ހުންނަ ސެންޓެކެވެ. މި ސެންޓުގައި ހުންނަނީ ސްޕައިސީ ވަހާއި މަލުގެ ވަހާ އެކުވެގެން އުފެދިފައި ހުންނަ، ލައިޗީގައި ދުވާހަކަލަ މަޑުމަޑު ވަހެކެވެ. މި ސެންޓުގެ ބޭސްއަކީ މަސްކާއި އެމްބަރއެވެ. މި ސެންޓަކީ 2000 ވަނަ އަހަރު ބާޒާރަށް ނުކުތް ސެންޓެއް ނަމަވެސް، މި ސެންޓަކީ އަދިވެސް ދިވެހިގެން މެދުގައި މަޝްހޫރު އަދި ވަރަށް ގިނަ ދިވެހި އަންހެކުދިންގެ "ފޭވަރައިޓް" ސެންޓެވެ. މި އަޖައިބު ކުރަނިވި ވަހެއް އެކުލެވޭ މި ސެންޓު ބޭނުންކުރާ ގިނަ މީހުންނަށް މިއަށްވުރެ ފުރިހަމަ އެހެން ވަހެއް ދުވާ ސެންޓެއް ނެތެވެ.

ދުނިޔޭގެ މަޝްހޫރު މެގެޒިނެއް ކަމައްވާ "ދިފެޝަންސްޕޮޓް" ގައި 2019 ވަނަ އަހަރު އަންހެނުންގެ ސެންޓް ބްރޭންޑް ތަކުގެ ތެރެއިން މުޅި ދުނިޔެއިން ހޮވާލެވިފައިވާ އެންމެ މީރުވަސް ދުވާ 10 ބްރޭންޑް ތެރޭގައި ލެންކޮމް ބްރޭންޑް ހިމެނެއެވެ. މިކަމުން އަންގައިދެނީ ދެނީ ލެންކޮމް ބްރޭންޑްގެ ސެންޓް ތަކަކީ ދުނިޔޭގެ ފެންވަރުގައި ނަން ހިނގާ އަދި އެތައް ބައެއްގެ ގަދަރު ލިބިފައިވާ ސެންޓްތަކެއްކަމެވެ.

ލެންކޮމް އިން މިހާތަނަށް ބާޒާރަށް ނެރެފައިވާ ސެންޓުތަކުގެ ތެރެއިން، އެންމެ ގިނަ މީހުން ގަޔާވާ ސެންޓަކީ މިރަކަލްއެވެ. މި ސެންޓަކީ މި ސެންޓުގެ ނަމާ އެއްގޮތަށް ވަރަށްވެސް އަޖައިބު ކުރަނިވި ވަހެއް އެކުލެވޭ ސެންޓެކެވެ. ދިރިއުޅުމުގެ ކޮންމެ ސިކުންތެއްވެސް ވަރަށް ފުރިހަމަކޮށްދޭ، ޝައުގުކުރަނިވި ވަހެއް ހުރި މި ސެންޓަކީ އާންމުކޮށް ގަދަ ވަސްތަކަށް ލޯބިކުރާ މީހުންނާ ވަރަށް ގުޅޭ ސެންޓެކެވެ.

މި ސެންޓު ރާއްޖެ ބާޒާރުގައި އެންމެ އަގުހެޔޮކޮށް ލިބެން ހުރީ ބަނީރާ ފިހާރައިންނެވެ. ބަނީރާ ފިހާރައަކީ ވަރަށް ފަހުން ހުޅުވި ފިހާރައެއް ނަމަވެސް، ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ފިހާރައެކެވެ. މި ފިހާރައިން ސެންޓުގެ ބާވަތްތަކުގެ އިތުރުން، ބޮޑީ ޝޮޕާއި، ކެންޓޫއާއި، އާރު ސީރީޒާއި، ވިކްޓޯރިއާ ސީކްރެޓާއި، އެހެނިހެން ގިނަ ބްރޭންޑްތަކުގެ ކޮސްމެޓިކްސްގެ ގިނަ ވައްތަރުތައް ލިބެން ހުންނާނެއެވެ.

މީގެ އިތުރުން އާ އަހަރާއި ދިމާކޮށް،އެ ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހާއްސަ ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއްވެސް މިހާރު ދަނީ ކުރިއަށެވެ.އެ ފިހާރައިން ބުނީ، ސެންޓަރ އައި ކޮސްމެޓިކްސްގެ ހުރިހާ އެއްޗަކުން، އާ އަހަރާއި ދިމާކޮށް 30 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށެވެ.

ފިހާރައިގެ ފޯނު ނަންބަރަކީ 7576869 އެވެ. ފިހާރައިގެ ވެބްސައިޓަކީ www.banira.mv އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކުޑަކަމަނަ

    ބާނީރާ ހާދަ ކުރިއަށް ޖައްސާލައިފިއޭ ދޯ!!!

    10
    4
    • ގެރޭބެ

      ގެރޭންނު

      4
      1
  2. Anonymous

    ކޮންތާކު އިންނަނީ ފިހާރަ

    4
    6
    • ބަޒޫ

      ފިހާރަ ހުންނާނީ ދުނބުރިމިސްކިތް ކުރިމަތި. އޭ.އެމް.ޑީ.ސީ ކައިރި

      1
      3
    • Anonymous

      ދުނބުރިމިސްކިތް ކުރިމަތި. އޭ.އެމް.ޑީ.ސީ ކައިރި

  3. އާޕު

    ކޮންތާކު އިންނަނީ ފިިހާރަ

    2
    4