ދައުލަތައް މިއަހަރުގެ ފުރަތަމަ ހަފްތާގައި އާމްދަނީގެ ގޮތުގައި 87.8 މިލިއަން ރުފިޔާ ލިބުނުއިރު ފުރަތަމަ ހަފްތާ ގައި 219.9 މިލިއަން ރުފިޔާ އެކި ކަންކަމަށް ޚަރަދުކޮށްފިއެވެ.

މިދިޔަ އަހަރާއި ބަލާއިރު މިއަހަރުގެ ފުރަތަމަ ހަފްތާގައި ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ. އަދި ޚަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތައް އާމްދަނީގެ ގޮތުގައި 234.7 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަފްތާގައި ޚަރަދުވީ 81.4 މިލިއަން ރުފިޔާއެވެ.

ހިންގުމުގެ ހަރަދުގެ ގޮތުގައި 129.2 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި މުސާރަ އާއި ޕެންޝަނަށް 8.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިއަހަރުގެ ފުރަތަމަ ހަފްތާގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށާއި އިންވެސްޓްމެންޓުތަކަށް 82 މިލިއަން ރުފިޔާ ހޭދަކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަފްތާއަށް ވުރެ ބޮޑުތަން އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަފްތާގައި ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަކުރީ އެންމެ 1.6 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ފުރަތަމަ ހަފުތާތެރޭގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގަ އެވެ. ޓެކްސް އިން 54.2 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 32.8 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.

ފުރަތަމަ ހަފްތާގައި ސަރުކާރުން ވަނީ ލޯނުތައް ދެއްކުމަށް 53.2 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މިއީވެސް މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަފްތާގައި ހޭދަކުރީ 48.8 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    އިގްތިސޯދީ ގޮތުން ރާއްޖެ މިހިރަދަނީ ފަތުއަޑު ކިޔާފާ ކުރިއަށް. މިސަރުކާރު އައިފަހުން ރައްޔިތުން އުފަލުން އުދުހެނީ.

    1
    1
  2. ސޯލިހުބޭ

    ފިނޭންސް މިނިސްޓަރު އިސްތިއުފާދީފާ ގޭގާ ހުންނަންވީނު؟

  3. Anonymous

    ސަރުކާރު ހިންގަން ނޭނގޭ ބަޔަކު ދައުލަތަކާއި ހަވާލުވީމަ ވާނެ ގޮތް. 5 އަހަރު ނިމޭއިރު ރާއްޖެ އެކޭ ސޯމާލިޔާ އެކޭ ތަފާތެއް ނުވާނެ. ބަލަން ނުތިބެމާ