ގިނަ ފަރާތްތަކަކަށް ފައިސާގެ އިނާމާއި އެކު އަގުބޮޑު އިނާމްތަކެއް ލިބިގެންދާ ރެޑްވޭވް އަހަރީ ބާޒާރުގެ އެންމެ ފަހު ދުވަހަކީ މިއަދުއެވެ.

މި ޕްރޮމޯޝަން މާލެ އަދި ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ރެޑްވޭވް ގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދެއެެވެ، އަދި ކަނޑައެޅިފައިވާ އައިޓަމްސްތަކަކުން ބޮޑެތި ޑިސްކައުންޓެއް ލިބޭނެއެވެ.

ރެޑްވޭވުން ބުނީ މި ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުޚީބެއް ލިބިގެންދިޔަކަމަށެވެ.

ރެޑްވޭވުން މިޕްރޮމޯޝަންގެ ތެރޭ ތައާރަފްކުރި މޮލްފިކްސް ނެޕީ، ޝާރޕް އޭސީ އަދި އައިސްއަލަމާރި އަދި މިނޫންވެސް ބޮޑެތި ބްރޭންތަކަށް ކަސްޓަމަރުންގެ ސަމާލުކަންވަނީ ލިބިފައެވެ.

ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އެގޮތުން ގުރުއަތުން ހޮވޭ 5 ފަރާތަކަށް 10،000ރުފިޔާ ގުރުއަތުން ލިބިގެންދާނެއެވެ. އަދި ހަމަ މިއާއިއެކު، އިތުރު 10 ފަރާތަކަށް 10 އިނާމް ރެޑްވޭވަށް އިންޕޯޓުކުރަމުންދާ ފަރުނީޗަރ އަދި ބޮޑެތި އިލެކްޓްރޯނިކް އެޕްލައިންސް އިން ލިބިގެންދާނެއެވެ.

މީގެ އިތުރުން ކޮންމެ ހަފްތާއަކު ރެޑްވޭވްގެ ހުރިހާ ފިހާރައަކުން 200ރ އަށް ވުރެ މަތިން ވިޔަފާރިކުރެއްވެވި ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުލެވި، 3 ފަރާތެއްވަނީ ހޮވާފައެވެ. އެގޮތުން އެއްވަނަ އަށް 5000ރ، 2ވަނަ އަށް 3000ރ އަދި ތިންވަނައަށް 2000ރގެ އިނާމްދަނީ ކޮންމެ ހަފްތާއަކު ހަވާލުކުރެވެމުންނެވެ.

މިޕްރޮމޯޝަންގެ ގުރުއަތު ހޮވާ އިނާމްތައް ޖެނުއަރީ މަހު ހަވާލުކުރެވިގެންދާނޭ ކަމުގައި ރެޑްވޭވުން ބުނެއެވެ. އަދި ޕްރޮމޯޝަންގެ އިނާމްތަކާއި ބެހޭ އިތުރު މައުލޫމާތު ރެޑްވޭވް ފޭސްބުކް ޕޭޖް އިން ލިބޭނެއެވެ.