އިސްކޮން އަކީ 100 އިންސައްތަ ގުދުރަތީ ސަންފްލާވާ އިން އުފައްދާފައިވާ އަދި ވިޓަމިން އީ އިން އެހައިމެ މުއްސަނދި ތެލެކެވެ. ކެއްކުމަށް ބޭނުން ކުރާ މި ތެލުގައި ސަންފްލާވާ އިން ލިބޭ ފައިދާތައްވެސް ލިބިގެން ދާއިރު، އިސްކޮން ތެލަކީ ހައި ކޮލިޓީ ތެލެއްކަން ހާމަވެގެން ދަނީ މި ބްރޭންޑަށް ދެކުނުއިރުމަތީ ޔޫރޮޕްގެ ގައުމުތަކުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިފައިވާ އެވޯޑުތަކުގެ ސަބަބުންނެނެވެ.

މިގޮތުން 2017 ވަނަ އަހަރު މި ބްރޭންޑަށް ލިބުނު "ސުޕީރިއާ ޓޭސްޓް" އެވޯޑާއި އެކު މި ބްރޭންޑަށް ވަނީ ޖެހިޖެހިގެން 2 އަހަރު މި އެވޯޑު ލިބިފައިި ވެއެވެ. މިކަމުންވެސް މިއީ އާދައިގެ ތެލެއް ނޫންކަން ގަބޫލުކުރަން ވަރަށް ފަސޭހަވެގެން ދެއެވެ. "

ސުޕީރިއާ ޓޭސްޓް" އެވޯޑަކީ ދުނިޔޭގެ ޓޭސްޓް އެންޑް ކޮލިޓީ އިންސްޓިޓިއުޓް ނުވަތަ ދުނިޔޭގެ ކާބޯތަކެތީގެ އުފެއްދުންތަކުގެ ރަހަ އާއި ކޮލިޓީ އަށް ބަލައި އެވޯޑު ދޭ ޖަމިއްޔާއެކެވެ.

ކައްކާ ތެލަކީ ކޮންމެ ދުވަހަކު ބޭނުން ކުރާ އެއްޗަކަށް ވުމުން އިސްކޮން މި ތެޔޮ ތައްޔާރުކޮށް، ބަންދު ކުރުމުގައި ގެންގުޅޭ ޙާއްސަ މިންގަނޑުތަކާއި އުސޫލުތަކުގެ ސަބަބުން މި ތެލާއި ބެހޭގޮތުން ޝަކުވާ ކުރުމުގެ އެއްވެސް ފުރުސަތެއް ލިބިގެން ނުދާނެކަމީ ވަރަށްވެސް ޔަގީންކަމާއި އެކު ބުނެލަން ކެރޭނެ ވާހަކައެކެވެ.

މި ތެޔޮ މިހާރު ރާއްޖެ އެތެރެކޮށް ވިއްކަމުން ދަނީ އެޗްއެސްސީންނެވެ. އެޗްއެސްސީން ވިއްކާ ތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކުން 7787655 / 3326673 މިނަމްބަރުތަކަށް ގުޅައިގެން، ނޫނީ އެކުންފުނީގެ އީމެއިލް މެދުވެރިކޮށް [email protected]، އަދި އެކުންފުނީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ފުރުސަތު ލިބޭނެއެވެ.

އެޗްއެސްސީ އަކީ ރާއްޖެއަށް ޔޫރަޕް ބައްރުގެ ކޮލެޓީ މުދާ ވިއްކަމުން އަންނަ ބައެކެވެ. އެޗްއެސްސީގެ ފިހާރައެއް "އެޗްއެސްސީ ޔޫރޯ އަންލިމިޓެޑް" މާލޭގައި ހިންގަމުން ދެއެވެ. އެ ފިހާރައިންވެސް އެޗްއެެސްސީން ވިއްކާ ހުރިހާ މުދަލެއް ހެޔޮއަގުގައި ލިބެން ހުންނާނެއެވެ.