މާލޭ މާރްކޭޓްގައި ވިއްކަން ހުރި އަނބުތަކެއް – ވަގުތު އިމޭޖްސް: އަމީން ފަހްމި
މާލޭ މާރްކޭޓްގައި ވިއްކަން ހުރި އަނބުތަކެއް – ވަގުތު އިމޭޖްސް: އަމީން ފަހްމި

ފުވައްފުލަކު އަނބުން މުޅި މާރުކޭޓް އަނެއްކާވެސް ތިޔާގިވެއްޖެއެވެ. އަނބު އަޅާ މޫސުންތަކުގައ އެންމެ ގިނައިން މާލެއަށް އަނބު ގެންނަ އެއް ރަށް ކަމުގައިވާ ފުވައްމުލަކުން މިފަހަރުގެ އަނބު މޫސުމުގައި ވެސް މިވަނީ އެތަކެއް ހާސް އަނބެއް މާލެ ގެނެސްފައެވެ.

ހެޔޮވަރުގެ އަނބު ބައެއް 100 ރުފިޔާއަށް ހުރި އިރު ވަކިން އަނބެއް ހުރީ 7- 10 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

ދަތުރުވެރިންގެ މާރުކޭޓު ފުވައްމުލަކު އަނބުން ތޮއްޖެހިފައިވާއިރު އަނބަށް ރަގަނޅު މާކެޓެއް ނުލިބޭ ކަމުގައި ވިޔަފާރިވެރިން ފާހަގަކުރެއެވެ.

މާލޭ މާރްކޭޓްގައި ވިއްކަން ހުރި އަނބުތަކެއް – ވަގުތު އިމޭޖްސް: އަމީން ފަހްމި
މާލޭ މާރްކޭޓްގައި ވިއްކަން ހުރި އަނބުތަކެއް – ވަގުތު އިމޭޖްސް: އަމީން ފަހްމި

"އަނބު ލިބުމުގައި އެއްވެސް ދަތި ކަމެއް ނެތް. ނަމަވެސް އަނބު ގެންނަވަރާއި ބަލާފަ އަނބު ވިއްކޭލެއް މަދު." މައުލޫމާތު ދެމުން ވިޔަފާރިވެރިޔަކު ބުންޏެވެ.

މާރުކޭޓު އަނބުން ފުނިޖެހިފައިވާއިރު ފަތުގެ ބާވަތްތަށް މާރުކޭޓުގައި ވަަރަށް މަދެވެ. އަދި މާރުކޭޓުގައި އެންމެ އަގު އުފުލިފައިވެސް ވަނީ ފަތުގެ ބާވަތްތަކުގެއެވެ. އެގޮތުން ލެޓިއުސް ކިލޯއެއް އުޅެނީ 65- 70 އާއި ދެމެދުގެ އަގުތަކެއްގައެވެ. އަދި ބޮނޑި ކޮޕީ ކިލޯއެއް 30 ރުފިޔާއަށް ހުރި އިރު ކޮޕީފަތް ބޮނޑިއެއް އުޅެނީ 10 ރުފިޔާއަށެވެ.

މާލޭ ލޯކަލް މާރްކޭޓް – ވަގުތު އިމޭޖްސް: އަމީން ފަހްމީ
މާލޭ ލޯކަލް މާރްކޭޓް – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މާރުކޭޓުގައި ގިތެޔޮ މިރުހުގެ އަގުވެސް ވަނީ އުފުލިފައެވެ .އެގޮތުން ކުރިން 130- 150 ލިބެން ހުރި މިރުން ކިލޯ މިހާރި ލިބެން ހުރީ 150- 180 އާއި ދެމެދުގެ އަގުތަކެއް ގައެވެ.

އަދި ތަރުކާރީގެ އާއި މޭވާގެ ގިނަ ބާވަތްތަކުގެ އަގު ކުރިއެކޭވެސް އެއްފަދައިން ވަނީ އެއް ވަރެއްގައި ހިފެހެއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަލްހަމްދުލިއްލާހި މާޝާﷲ

 2. އަނބަށް ރަނގަޅު މާކެޓެއް ނުލިބޭ ވާހަކައާއި އަނބު ވިއްކޭލެއް މަދު ވާހަކަ ދައްކާއިރު އަނބު ތިޔާގިވަރާ އަޅާބަލާއިރު އަނބު އަގުބޮޑު. މީހުން އަނބު ނުގަންނަނީވެސް އަގު ބޮޑުކަމުން. އެތައް ބައިވަރު އަނބު ފީވެގެން އުކާލާއިރުވެސް އަނބު ވިއްކާމީހުން އަނބުގެ އަގު ހެވެއް ނުކުރޭ. ބޮޑު އަގުގައި ގަންނަން ބޭނުން ނުވާތީ ގިނަ މީހުން އަނބު ނުގަންނަނީ. މާކެޓް ނެތީއެއް ނޫން.

 3. މާލޭގައި އަދިވެސް އަނބު ތިޔަަގިވާނެ މާލެ ސަރައްދުން ތިލަފުށި ކުރިމަތީ އޮތް ފަޅު ހިއްކާ އެތަނުގައި ގްރީންޙައުސް ހަދައިގެން އަނބު ހެއްދިއްޔާ. ދ ރާއްޖެތެރެ އަށް ޑިޕެންޑްވެގެން މިކަންނުވާނެއެވެ.

  • ރާއްޖެތެރެވެސް ގަސްގަހުގަ އަނބު ވެސް ހައްދަވާ ހުރިހާ ކަމެއް ހިންގަވާ ބަލަހައްޓަވާ ފަރާތަކީ މާތްﷲ. އެހެންވީމަ ތިހެންކިޔަން ހެޔޮވެސް ނުވާނެނު. ފޮނި ވެވެ ހުއްޓަ މަރުއައިސް ބައްދަލް ކުރުމުގެ ކުރިން އިންޝާﷲ އިސްލާހުވަމާ.

 4. ޏަމް.....ދޮންއަނބު ފެނުނީމަ ދަހިވެއްޖެ......

 5. ގަންނާނީ ކިހިނެއްތަ؟ ނުވިކިގެން ފީވިޔަސް އަނބެއް 10ރުފިޔާ! އެންމެ ހެޔޮވިޔަސް 7ރުފިޔާ ! މިދެން ބޮޑުަރު ދޯ!

 6. ސަންތިމަރިޔަނބު

  އަނބުގިނަވިޔަސް އަގުހެވެއް ނުކުރާނެ ދެން ކީއްކުރާނީ ދޯ

 7. އަދި ހީވަނީ ރޯދަމަހު.....އަގު ދެގުނަ އަށް އަރާފާނެ....އެއީ ރޯދަމަހަށްވީމަ...ދީލަތިކަން އިސްކުރުމުގެ ބޭނުމުގައި....

 8. ރަށްރަށުން 3ރ 4ރ އަށް އަނބެއް ލިބޭއިރު މާލޭގަ އޭގެ ދެގުނަ އަގުބޮޑުކޮށް ވިއްކީމަ ހުންނާނީ މާ ރަނގަޅަށްވެސް ވިކިފަދޯ. އަދިވެސް އަގުހެޔޮ ނުކުރާތި ނުވިކި ހަލާކު ވިޔަސް