ގްރީން ޓެކްސްގެ ގޮތުގައި ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެއް ލައްކައަށްވުރެ ގިނަ ޑޮލަރު ދައްކަން ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ގްރީން ޓެކްސް އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 175,324 ޑޮލަރު ދެއްކުމަށް އެ ކުންފުންޏަށް އަންގާފައެވެ.

މި ފައިސާ ދައްކަން އެ ކުންފުންޏަށް ދީފައިވަނީ ދެ މަސްދުވަހުގެ މުއްދަތަކެވެ.