ތ.ތިމަރީފުށީގައި ގެސްޓްހައުސް ތަރައްޤީކުރުމަށް ބިން ދޫކުރަން ނިންމާ އެކަން އާންމުކޮށް ހުޅުވާލައިފިއެވެ.

ބިން ދޫކުރުމަށް ހަމަޖެހިފައވަނީ ބިޑް އުސޫލުންނެވެ. ބިން ދޫކުރަނީ ދިވެހިންނާއި ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ވިއްކަނީ 2 ފެބްރުއަރީ އިން ފެށިގެން 13 ފެބަރުއަރީގެ ނިޔަލަށެވެ. ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެއްސެއްނަމަ 1000 ރުފިޔާ އަދި ބޭރުގެ ފަރާތެއްނަމަ 100 ޑޮލަރަށެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލެވިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު 11:00 ޖަހާއިރު ތިމަރަފުށީ ކައުންސިލް އިދާރާގައެވެ. އަދި ބިޑް ބަލައިގަތުން އޮންނާނީ ފެބްރުއަރީ 27 ވަނަ ދުވަހު ކައުންސިލް އިދާރާގައިކަމަށް އެ ކައުންސިލުން ބުނެއެވެ.

ތިމަރަފުށީގައި ގެސްޓްހައުސް ވިޔަފާރިން ނަފާހޯދާ ރަށުގެ އިގްތިސާދަށް ހެޔޮ ބަދަލެއް ގަނައުމަކީ ތިމަރަފުށީ ކައުންސިލްގެ އަމާޒެވެ. އަދި ބިޑް އުސޫލުން މިކަން ކުރަން ނިންމާފައިވާއިރު އުއްމީދަކީ ވިހާވެސް ގިނަ ރަށަށް ނިސްބަތްވާ ވިޔަފާރިތަކުން މިކަމަށް ކުރިމަތިލާ މީގެއިން ނަފާ ހޯދުންކަމަށް ތިމަރަފުށީ ކައުންސިލްއިން ވިދާޅުވެއެވެ.