ރާއްޖޭގައި ފުޅާދާއިރާއެއްގައި ހުރިހާ ވައްތަރެއްގެ ފަރުނީޗަރާއި، ގެތަކާއި އޮފީސްތަކަށް ބޭނުންވާ ސާމާނު ވިއްކަމުން އަންނަ އެސްޓާސް އިން މަޖީދީ މަގުގައި ފިހާރައެއް ހުޅުވައިފިއެވެ.

އެސްޓާސް އިން ހުޅުވާފައިވާ ސޭލް ފިހާރައިގައި ހީނުކުރާ ވަރަށްވުރެ ހެޔޮ އަގުގައި ބަދިގެއަށް ބޭނުންވާ ސާމާނުތައް ލިބެން ހުންނާނެކަމަށް އެސްޓާސް އިން މައުލޫމާތުދެއެވެ.

ރޯދަ މަހާ ދިމާކޮށް އެސްޓާސް އިން ބޮޑު ސޭލްއެއް ފަށާފައިވާއިރު، އެ ކުންފުނިން ހުޅުވައިފައިވާ މިފިހާރައިން ބަދިގެ ސާމާނާއި، ސޯފާ ސެޓް ޓީވީ، އަދި ދޮންނަ މެޝިން ފަދަ އެއްޗެހި ލިބެން ހުންނާނެއެވެ.

އެސްޓާސް ގައި ވިއްކަން ހުރި ބައެއް ތަކެތި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އެސްޓާސް ގައި ވިއްކަން ހުރި ބައެއް ތަކެތި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެސްޓާސްގެ އާފިހާރަ އިން ވިއްކާ ތަކެއްޗާއި، އަގަށް ބަލާއިރު، ބްލެންޑާއެއް ފެށޭއަގު އުޅެނީ 399 ރުފިޔާއަށެވެ. އަދި ރައިސް ކުކަރެއްގެ އަގު 399 ރުފިޔާއަށް އަރާއިރު، އަވަނައްގެ އަގު އުޅެނީ 888 ރުފިޔާއަށެވެ. އަދި ތެލި ސެޓެއްގެ އަގު އުޅެނީ 499 ރުފިޔާއަށެވެ. އަދި ރިސޯޓް ކޮލެޓީގެ ބިއްލޫރި ތައްޓެއްގެ އަގަކީ 8 ރުފިޔާއެވެ.

އެސްޓާސް ގައި ވިއްކަން ހުރި ބައެއް ތަކެތި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އެސްޓާސް ގައި ވިއްކަން ހުރި ބައެއް ތަކެތި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މީގެ އިތުރުން، އިސްތިރިއެއްގެ އަގު 199 ރުފިޔާއަށް އުޅޭއިރު، ސޯފާ ސެޓްގެ އަގު 999 އަދި ޑައިނިންގ ސެޓެއްގެ އަގު އުޅެނީ 2222 ރުފިޔާއަށެވެ. އަދި 40 އިންޗީގެ ޓީވީއެއްގެ އަގު 3999 ރުފިޔާއަށް އުޅޭއިރު، މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު 85 އިންޗީގެ ބޮޑު މިންހުންނަ ކިއުލެޑް އެންޑްރޮއިޑް ޓީވީއަޖުމަ ބަލާލައި ޕްރީއޯޑަރ ކުރުމުގެ ފުރުސަތު އެތަނުން ލިބިގެން ދެއެވެ. އެސްޓާސް އަކީ އަބަދުވެސް ދިވެހިންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދެމުން އަންނަ ފިހާރައެކެވެ.

އެސްޓާސް އިން އަލަށް ހުޅުވި މި ފިހާރަ ހުންނާނީ މަޖީދީ މަގުގެ ސީކްރެޓް ރެސިޕީއާ ޖެހިގެން ހުންނަ މަންދު ކޮލެޖުގެ ކުރިމަތީގައެވެ. މިތަން ހުޅުވިފައި ހުންނާނީ މެންދުރު 13:00 އިން ރޭގަނޑު 22:00 އަށެވެ.