ކުރިއަށް އޮތް ރަމަޞާން މަހާ ދިމާކޮށް ކަސްޓަމަރުންނަށް ހިދުމަތް ފިރުކޮށްދިނުމުގައި އެއްވެސް ދައްޗެއް ނުވާނެ ކަމަށް ސްޓޭޑް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

" ވަގުތަށް" މައުލޫމާތު ދެމުން އެސްޓީއޯގެ ސީނިއާ މެނޭޖަރ ހަމްދޫން ސައީދު ވިދާޅުވީ އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންނަށް އެންމެ އަގުހެޔޮކޮށް ތަކެތި ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި މިފަހަރުގެ ރޯދައާއި ދިމާކޮށް ގެންނަން ޖެހޭ ގިނަ ސާމާނު މިހާރު ގެނެސް ގުދަން ކުރެވިފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި ރޯދައާއި ދިމާކޮށް އެންމެ ގިނައިން ގެނެވުނީ ގޭގައި ހިފާގެންގުޅޭ ތަކެށްޗާއި ބަނދިގޭ ސާމާނުކަމަށާއި އެތަކެތި މިހާރު އެސްޓީއޯގެ ބައެއް ފިހާރަތަކުން ހާއްސަ އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށްވެސް ހަމްދޫން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ ރޯދައާއި ދިމާކޮށް ގެންނަން ޖެހޭ ގިނަ ސާމާނު މިހާރު ގެނެސް ގުދަން ކުރެވިފައި. އެންމެ ގިނައިން އަޅުގަނޑުމެން ގެނެސްފައިވާނީ ބަދިގޭ ސާމާނާއި ގޭގައި ހިފާގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި އެސްޓީއޯގެ ރަމަސާން ބާޒާރުން ލިބެން ހުންނާނެ." އޭނާ ވިދާޅުވިއެވެ.

އަދި ކާޑުގެ ބާވަތްތަށް ލިބެން ހުންނާނީ ސަރުކާރުން ކަނޑައަޅާ ރޭޓެއްގައި ކަމަށާއި ކާޑުގެ ބާވަތްތަށްވެސް އެއްވެސް ދަތިކަމެއް ނެތި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

2000 ވުރެއް ގިނަ މުވައްޒަފުންނާއި އެކު ހިންގާ އެސްޓޯއޯއަކީ ރައްޔިތުންނަށް އެންމެ އަގުހެޔޮކޮށް ސާމާނު ސަޕްލައިކޮށްދޭ އެއް ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިގުބާލް

    އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓަށް، ސަންފޯޑް ދެދޮރުފަތްލީ ޑިސްޕްލޭ ކަޅުކުލައިގެ އައިސް އަލަމާރި ގެނެސްދީބަލާށެވެ. ބޮޑެތި ރެސްޓޯރެންޓް ތަކަށާއި ސައިހޮޓާތަކަށް ބޭނުންވަނީ ދެދޮރުފަތްލީ އައިސްއަލަމާރިއެވެ.