"ދިމްޔާތު"، މިއީ ވަރަށް ތަފާތު ނަމެކެވެ. ބޭސްފަރުވާއަށް ޒަމާނުއްސުރެ މާލެ އަންނަ މީހުންނަށް މިއީ ވަރަށް ފަރިތަ ނަމެކެވެ. ނަމަވެސް "ދިމްޔާތު ސްޓޭ"، ދިވެހިންގެ ސަމާލުކަން ހޯދާފައި ވަނީ ތަނުގެ ނަމަކުން ނޫނެވެ. ބުރުޒު މަގުގެ ހުޅަނގާވީ ކޮޅުގައި ހުންނަ މި ގެސްޓްހައުސް ދިވެހިންގެ ހިތް ދަމައިގަތީ އެންމެ ސަބަބަކާ ހުރެއެއް ނޫނެވެ.

އަމިއްލަ ރަށް ދޫކޮށްލާފައި، މި ފުރަ މާލެއަށް ބޭސްފަރުވާއަށް އަންނަން މަޖުބޫރުވާ މީހުންނަށް އެންމެ ބޮޑު ތަކުލީފަކަށްވެފައި އޮންނަނީ މާލޭގައި ހުންނާނެ ތަނެއް ހޯދުމެވެ. ޚާއްސަކޮށް ގެސްޓްހައުސްއެއްގައި ދެތިން ރޭ ވެސް މަޑުކޮށްލުމަކީ ޖީބަށް ނުކަތާވަރު ކަމަކަށް އޮންނަނީ ވެފައެވެ. ކަންމިހެން އޮތް އިރު ދިމްޔާތުއިން ލިބެން ފެށި ޚިދުމަތްވެގެން ދިޔައީ، އެ ޚިދުމަތަކަށް އާއްމުން ބޭނުންވެފައި އޮތް ޚިދުމަތަކަށެވެ.

"ދިމްޔާޓު ސްޓޭ"، ވަރަށް ހިތްގައިމު ތަނެއް

ތަނުން ދޭ ޚިދުމަތާއި، އަތުން ޚަރަދު ކުރަން ޖެހޭ އެއްޗަކާއި، ބައްދަލުވުމުގެ ހިތްހަމަޖެހުން އެތަނުގެ ކަސްޓަމަރުންނަށް އަބަދުވެސް އޮވެއެވެ.

އެންމެ ގިނަ ބަޔަކު މާލެ އައިސް ޑޮކްޓަރަށް ދައްކަން ދާ ތަނަކީ އައީއެމްއެޗް ހޮސްޕިޓަލެވެ. އެހެންކަމުން ދުރު ހިސާބެއްގައި ތިބެފައި، ހޮސްޕިޓަލަށް ދިއުން އޮންނަނީ ބޮޑު ތަކުލީފަކަށް ވެފައެވެ. މި ބައިބޯ މާލޭގައި ޓެކްސީއެއް ހޯދައިގެން ތަނަކަށް ދާން އެހާ ގިނަ ވަގުތު ނަގައެވެ. އަދި ދަތުރުފަތުރަށް ބޮޑު ޚަރަދެއް ނުކޮށް ފަރު ޖެހޭކަށް ނޯވެއެވެ. ނަމަވެސް ދިމްޔާތުގައި މަަޑު ކުރާ ފަރާތްތަކުން، އެ ފިކުރު ކުރާކަށް ނުޖެހޭނެއެވެ. ފަސޭހަކަމާ އެކު ހަމަޖެހިލައިގެން ހޮސްޕިޓަލަށް ހިނގާލާފައި ދެވޭނެއެވެ.

އައިޖީއެމްއެޗާއި ކައިރިވުމުގެ އިތުރުން މި ތަނަށް އާންމުން ހިތް ޖައްސާ އެހެން ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ދުވަހު ކުއްޔަށް ދޭ ކޮޓަރިތައް ހުންނަ އެހެން ތަންތަނާއި އަޅާ ބަލާނަމަ، ދިމްޔާތް ސްޓޭއިން ލިބޭ ޚިދުމަތްތައް މާ ބޮޑަށްވެސް ފުރިހަމަ ވެފައި ހިތްގައިމެވެ.

އޭގެ އެއް ހެއްކަކީ އާއްމުންނަށް ޚިދުމަތް ކުރުމުގައި "ދިމްޔާތް ސްޓޭ" ދިގު މުއްދަތެއް ހޭދަކޮށްފައިވުމެވެ.
އަދި ޚިދުމަތުގައި ހޭދަވީ މުއްދަތުގައި، ތަނަށް ޒިޔާރަތް ކުރާ ފަރާތްތަކުން ދެވަނަ ފަހަރަށް އެތަނުގެ ޚިދުމަތް ހޯދަން ބޭނުން ވުމުން ދޭހަ ވަނީ "ދިމްޔާޓު ސްޓޭ"ގެ ޚިދުމަތަށް އާއްމުންގެ އިތުބާރު އޮތް މިންވަރެވެ.

"ދިމްޔާތު ސްޓޭ"އާއްމުންނަށް ހިތްފަސޭހަ މާހައުލެއް

1990 ގެ އަހަރުތަކުގެ ކުރީކޮޅު އެންމެ ކޮޓަރިއާއެކު، މިތަނުގެ ޙިދުމަތް ދޭން ފެށިއިރު މިތަނަށް ކިޔަނީ ހަމައެކަނި ދިމްޔާތު އެވެ. އޭގެ ފަހުން ކޮޓަރިތައް އިތުރުކޮށް، ޚީދުމަތް ފުޅާވެގެން އައި އިރު އެތަނުން ލިބެމުން އައި މެހެމާންދާރީއަށް މިއަދާއި ހަމައަށް ވެސް އުނިކަމެއް ނާދެއެވެ.

ޚިދުމަތުގައި 25 އަހަރު ސާބިތު ކަމާއި އެކު ދެމި ތިބެވުނީ މި ސަބަބާއ ހުރެއެވެ.
ޒަމާނަށް އައި ބަދަލާއި އެކު، ކަސްޓަމަރުންނަށް އިހުނަށް ވުރެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ، "ދިމްޔާޓު ސްޓޭ"ގެ އެންމެ އިސް މަޤްސަދެވެ.

އެގޮތުން ތަނުގެ ޚިދުމަތް ވަރުގަދަކޮށް، ފުޅާކުރުމުގެ ގޮތުން ކުރި މަސައްކަތްތަކުގެ ތެރެއިން، 2017ވަނަ އަހަރުގެ ފަހުކޮޅު އާ އިމާރާތެއް އެޅުމަށްޓަކައި އެ ތަނުގެ ޚިދުމަތް ވަނީ މެދު ކަނޑާލާފައެވެ. ޚިދުމަތް މެދުކަނޑާލި އިރު ތަނުގައި ޖުމްލަ 33 ކޮޓަރި ހުއްޓެވެ.
2020 ޖަނަވަރީ 6 ވަނަ ދުވަހު، މި ތަނުން އަލުން ޚިދުމަތް ދޭން ފެށީ އާ ބުންވަރަކާއި އެއްކޮށެވެ. ކުރިއަށް ވުރެ ފެންވަރު ރަނގަޅުކޮށް، މުޅިން އާ ޚީދުމަތްތަކެއް އެ ގެސްޓް ހައުސްއިން ވަނީ ދޭން ފަށާފައެވެ.

އެތަނުގެ ފާޚާނާއިން ހޫނުފެން ލިބޭ، ޚިދުމަތްތައް ވަރަށް ފުރިހަމަ

"ދިމްޔާތު ސްޓޭ"ގެ ނަމުގައި އެ ޚިދުމަތްތައް ފެށި އިރު، އެ ތަނުގައި ޖުމްލަ 55 ކޮޓަރި ހިމެނެއެވެ. މީގެ ތެރޭގައި ތަފާތު ސައިޒްގެ ކޮޓަރި އާއި، ތަފާތު ޚިދުމަތްތައް ލިބޭ ކޮޓަރިތައް ހިމެނެއެވެ. އެގޮތުން ކޮޓަރިތަކުގެ ތެރޭގައި ސިންގަލް، ޑަބަލް، ޑިލަކްސް، ސުޕީރިއަރ އަދި ފެމިލީ ރޫމް ހިމެނެއެވެ.

އެހެންކަމުން ދިމްޔާތު ސްޓޭއިން ޚިދުމަތް ހޯދާ މީހުންނަށް އެ ބޭފުޅަކު ބޭނުންވާ ޚިދުމަތެއް އިޚުތިޔާރު ކުރެވިދާނެއެވެ.
މީގެ އިތުރުން އެ އިމާރާތަށް އަރާ ފޭބުމުގައި ކަސްޓަމަރުންނަށް ފަސޭހަވާނެ ހެން ލިފްޓް ހަރުކޮށްގެންނެވެ.

އަދި ރާއްޖޭގެ ފުރަތަމަ "ލިފްޓް ޗެއަރ" މި އިމާރާތުގައި ވަނީ ހަރުކޮށް ޚިދުމަތް ދޭން ފެށުމަކީ އާ އިމާރާތުގެ އެންމެ ޚާއްސަ ސިފައެވެ. މިކަމުގެ ސަބަބުން އިމާރާތަށް ވަންނަ ސިޑިން އަރާ ފައިބަން ދަތިވާ ފަރާތްތަކަށް ފަސޭހަވެގެންދާނެއެވެ.

"ދިމްޔާތު ސްޓޭ"ގެ ހުރިހާ

އެހިސާބުން ނިމުނީކީ ނޫނެވެ. ދިމްޔާތު ސްޓޭ މިއީ މެހެމާންދާރީގެ ލާމަސީލު މިސާލެކެވެ. މިހެން މި ފާހަގަކޮށްލީ، ސިޑިން އެރުމުގެ އިތުރުން، ވީލްޗެއަގެ އެހީ ބޭނުންވާ މީހުން ހޮސްޕިޓަލަށް ގެންގޮސްދިނުމާއި އަނބުރާ ގެނައުމުގެ ޚިދުމަތް ވެސް އެ ތަނުގެ މުވައްޒަފުންގެ އެހީ ފޯރުކޮށްދޭތީއެވެ. މީގެއިތުރުން އިމާރާތުގެ އެ ތެރޭގައި ބޭނުން ކުރުމަށް ފުރޮޅުލީ ގޮނޑި ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާދީފައެވެ.

އަދި ރިސެޕްޝަން 24 ގަޑިއިރު ހުޅުވިފައި ހުރުމުގެ ސަބަބުން ކޮންމެ ގަޑިއެއްގައިވެސް ޗެކް-އިން އަދި ޗެކް-އައުޓް ވެވޭއިރު، ގެސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުޅި އިމާރާތުގައި ސެކިއުރިޓީ ކެމެރާ އާއި "ސްމޯކް ޑިޓެކްޓަރ"ގެ އިތުރުން ފަޔަރ އެލާރމް، ފަޔަރ އެކްސްޓިންގުއިޝާރ އަދި ޑްރައި ރައިޒަރ ހުންނާނެކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. ކޮޓަރިތަކުގެ ފެންވަރަށް ބަލާއިރު، އެތަނުގެ ކޮންމެ ކޮޓަރިއަކީ ޒަމާނީ ފެންވަރަށް ތައްޔާރު ކުރެވިފައިވާ ފުރިހަމަ ތަންތަނެވެ.

މިގޮތުން ކޮޓަރިތަކަށް ވަންނަން "ކީ ކާޑު" އިތުރުން ހުރިހާ ކޮޓަރިއެއްގައި ވެސް އޭސީ އަދި ފަންކާ ހުންނާނެއެވެ.

މިތަނުން އެކި ސައިޒްގެ ކޮޓަރިތައް ލިބެން ހުރޭ

އަދި ފާހާނާގައި ހޫނު ފެން ލިބޭއިރު، ކޮންމެ ކޮޓަރިއެއްގައި ތުވާލީގެ އިތުރުން ނަމާދުކުރާ މުސައްލާއެއް ވެސް އޮންނާނެއެވެ. އަދި ފިނިކޮށް ބަހައްޓަންޖެހޭ ބޭސް އަދި އިންޖެކްޝަން ފަދަ ތަކެތި ފުރިޖުގައި ފިނިކޮށް ބެހެއްޓުމުގެ ހިދުމަތްތައްވެސް ދެމުން ގެންދެއެވެ. އަދި ވައިފައި، ސައި އަދި ކޮފީ ސެޓު، ޓޮއިލެޓްރީސް، ހުޅުލެއިން/ފާލަމުން އައުމާއި ހުޅުލެއަށް/ފާލަމަށް ދިޔުމުގެ ޚިދުމަތްވެސް ދިމްޔާތު ސްޓޭއިން ދެއެވެ.

މީގެ އިތުރުން އެއްޗެހި ދޮވެ އިސްތިރި ކުރުމުގެ ޚިދުމަތާއި ސްކޭން/ފޮޓޯކޮޕީ/ޕްރިންޓްގެ އިތުރުން 24 ގަޑިއިރު ކޮޓަރީގައި ވާ މެނޫގައިވާ ކެއުންތަކާއި ބުއިމުގެ ހިދުމަތް ލިބޭނެހެން ރޫޕްސަވިސް ވެސް ފޯރުކޮށްދެއެވެ. އަދި ތުއްތު ކުދިންނަށް ޚާއްސަކޮށް ކައްކާ ކާބޯތަކެތި ކެއްކުމުގެ އިންތިޒާމުވެސް ހަމަޖައްސައިދޭނެއެވެ. އަދި ފިނި ދަޅާއި، ޕެކެޓު ބުއިންތަކުގެ އިތުރުން ފެން ލިބޭނެ އިންތިޒާމްތައްވެސް މި ތަނުގައި ހަމަޖެހިފައި ވެއެެވެ.

މިތަނުގެ ކޮންމެ ކޮޓަރިއަކީވެސް ހތަހްމަޖެހިލައިގެން ހުރެވޭނެ، ހިތްގައިމު ތަނެއް

އެހެންވީމަ، މިތަނުން ލިބޭ ޚިދުމަތަށް ބަލާއިރު "ދިމްޔާޓު ސްޓޭ" ޚިޔާރު ނުކުރަންވީ ސަބަބެއް ނެތެވެ. އަތްފޯރާ ހިސާބުގައި ހިތްފަސޭހަ މާހައުލެއްގައި ތިބެގެން ޚީދުމަތްތައް ހޯދުމަކީ ބަލިވެގެން ޑޮކްޓަރަށް ދައްކާލަން އަންނަ އާންމު މީހާއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. އަދި ރައްކާތެރި ކަމާއި މެދު ސުވާލު ނު އުފެދި، ބަލައިގަނެވޭ ފަދަ ޚީދުމަތެއް މިތަނުން ލިބޭނެކަން ޔަޤީނެވެ. ދިމްޔާތު ސްޓޭ އިން ދޫކުރާ ކޮޓަރި ތަކުގެ އަގުތައް ފެށޭނީ 450 ރުފިޔާ އިންނެވެ. ގުޅޭނެ ނަމްބަރު ތަކަކީ, 3328920, 3322392, 3324381 މިއީއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތަރަބެ

    ކިޔާ ކިޔާ ވަރުބަލިވީއިރުވެސް އަގެއް ނޭނގުނު.

    68
    17
    • ނާނު

      ޢެބުނާހެން އެންމެ މުހި އްމީ އަގު އަގު އެގޭނެ ގޮތެ އްނުވި އާރޓިކަލް ނިމުނު އިރުވެސް

      23
      9
      • ގަމާރު

        ފަހު ޕެރެގްރާފް ކިޔާލަބަ

        35
        2
      • ބަލަ

        ބަލަ އެންމެ ފަލަތުގަ އެ އިނީ އެއްނު "ދިމްޔާތު ސްޓޭ އިން ދޫކުރާ ކޮޓަރި ތަކުގެ އަގުތައް ފެށޭނީ 450 ރުފިޔާ އިންނެވެ. ގުޅޭނެ ނަމްބަރު ތަކަކީ, 3328920, 3322392, 3324381 މިއީއެވެ." ލިޔެފަ. ލޮލުން ބަލައިގެނ ތި ކިޔާބަ!

        36
        2
    • ނަންބަރު

      ދިމްޔާތު ސްޓޭއަށް ގުޅޭނެ ނަންބަރު 3324381، 3328920، 3322392

      11
      2
  2. ރަޙޫ

    ކިހާވަރަކައް ކޮޓަރިއެއް

    25
    9
    • ދެލޯކަނު

      ނުފެނޭތަ 450 ރުފިޔާ އިން އަގުފެށޭ ވާހަކަ އިންތަނެއް

      26
      3
  3. ޔޫސޭ

    450ރ ، 450ރ ، 450ރ ، 450ރ ،450ރ ، 450ރ ، 450ރ މީ ފެށޭއަގު އަގު އިގިއްޖެބާ ހަބަރު ތިކިޔަނީ ތިންރޭވަންދެން ނުނިދާ ހޭލާހުރެފައި ، ނިދަމުންތާ

    30
    1