އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ބ. ދަރަވަންދޫގައި ހިންގަމުން އަންނަ އެއާޕޯޓަށް 30،000 ވަނަ ފްލައިޓް މިއަދު ހެނދުނު ޖައްސައިފިއެވެ.

ދަރަވަންދޫ އެއާޕޯޓަކީ 2012 ވަނަ އަހަރުން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ އެއާޕޯޓެކެވެ. އެ އެއާޕޯޓް އެ އޮންނަ ރާއްޖޭގެ ސަރަހައްދަކީ ފަތުރުވެރިކަން އެންމެ ކުރި އަރާފައިވާ ހިސާބެވެ.

ދަރަވަންދޫ އެއާޕޯޓަށް ރާއްޖޭގައި ހިންގަމުން އަންނަ ތިން އެއާލައިންކަމަށް، މޯލްޑިވިއަން، ފްލައިމީގެ އިތުރުން މަންތާ އެއާ ދަތުރު ކުރެއެވެ. އެ އެއާޕޯޓަށް ދުވާލެއްގެ މައްޗަށް 18 ވަރަކަށް ފްލައިޓް އޮޕަރޭޓް ކުރަމުން ދެއެވެ.

އައިއޭސް އިން މިއަދު ބުނީ، ދަރަވަންދޫއަށް މިއަދު 30،000 ވަނަ ފްލައިޓް ޖެއްސީ 11:05 ގައި ކަމަށެވެ.

އައިއޭސްގެ އޮފިޝަލަކު ވިދާޅުވީ، މަހެއްގެ މައްޗަށް ދަރަވަންދޫ އެއާޕޯޓަށް 4000 އާއި 5000 އާ ދެމެދުގެ އަދަދަކަށް ފްލައިޓް އޮޕަރޭޓް ކުރާ ކަމަށެވެ. އަދި މިދިޔަ އަހަރު 29645 ފްލައިޓެއް އެ އެއާޕޯޓަށް އޮޕަރޭޓް ކުރި ކަމަށާއި، 2019 އާ ހަމައަށް އެ އެއާޕޯޓަށް 613606 ދަތުރުވެރިން އެތެރެވެފައިވާ ކަމަށެވެ.

ދަަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގައި އެންމެ ބިޒީ އެއް އެއާޕޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަސަން ބެއްޔާ

    ދަރަވަންދޫ އަށް މިއަދު 30000 ފުލައިޓް ޖެއްސުމުން އެކަމާމެދު އައިލެންޑް އޭވިއޭޝަން ފަޚުރުވެރި ވިއިރު ދަރަވަންދޫ އެއާރޕޯޓް އޮތް ހާލަތާމެދު ވިސްނަވާލެއްވިންތޯ... ރާއްޖޭގެ އެތެރޭގެ އުުދުހުމުގަ އެންމެ ބިޒީ އެއަރޕޯރޓް އަދި އެންމެ ބޮޑު ފައިދާއެއް ނެރެދެމުން އަންނަ އެއަރޕޯރޓް އެފަދަ ހާލަތެއްގަ އޮތުމަކީ ދެރަވެ ލަދުގަންނަން ޖެހޭ ކަމެއް.. ދުނިޔޭގެ ނިސްބަތުންވެސް މަތީ ފެންވަރުގެ ބްރޭންޑް ތައް އޮޕަރޭޓް ކުރާ ރިސޯރޓްތަކަށް ޒިޔާރަތްކުރާ ބޭރުގެ އެކި ފެންވަރުގެ ބޭފުޅުން ބޭނުން ކުރަން ދަރަވަންދޫ ޑޮމިސްޓިކް އެއަރޕޯޓް އެކަށީގެންވޭތޯ މީ ސުވާލު އުފެދޭ ކަމެއް..

    14
    1
  2. ވާނުވާ

    މީގަ މި ބުނާ އެއްޗެއް ހަމަ ނޭގުން. 30000 ވަނަ ފުލައިޓް ޖެއްސީ. މަހަކު 4000 އާއި 5000 ފްލައިޓް ޖައްސާ. މިދިޔަ އަހަރު 29000 ޖެއްސި. 2019 ނިމުނު އިރު 600000. ހަމަ މި ބުނާ އެއްޗެއް ސާފު ނުވި

    10
    1
    • ބަކުރުބެ

      އަދުރެ މެޓިކްސް ވީމަ ވާގޮތް އެއީ !

      2
      1
  3. ރާބޮޑޭ

    ތިޔަ ދައްކަނީ ސަޓާ އެއަރޕޯޓް ވާހަކަދޯ !

    3
    2