ރާއްޖެއަކީ 99 އިންސައްތަ ކަނޑު ހިއްސާ ކުރާ ޤަައުމަކަށް ވުމާއި އެކު، ރާއްޖޭގެ އެކިކަންކޮޅުތަކަށް މުދާ އުފުލުމުގައި ބޭނުން ކުރާ މައިގަނޑު ޒަރީއާއަކީ ކަނޑެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމުގައި ދިމާވާ އެންމެ ބޮޑު އެއް އުނދަގުލަކީ އެކަމަށްޓަކާ ކުރަން ޖެހޭ ޚަރަދު ބޮޑު ވުމެވެ. މީގެ އިތުރުން އަމިއްލަ އަތުން ބޮޑު ޚަރަދެއް ކުރުމަށް ފަހު ރަށަށް ގެންދާ މުދާ ބޭލުމަށްޓަކައި، ވިޔަފާރިވެރިން އުފުލަން ޖެހޭ ބުރަ ވަރަށް ބޮޑެވެ.

ސަބަބަކީ މިހާރު އާއްމުކޮށް މުދާ ބާލަނީ، މުދާ ގެންނަ އުޅަނދު ބަނދަރާއި ކައިރިކުރުމަށް ފަހު، މުދާތައް ވަކި ވަކިން ބާލައިގެން ކަމަށް ވުމެވެ. ގިނަ އަދަދަކަށް މުދާ އުފުލާނަމަ ވަގުތު ސަލާމަތްކުރުމަށްޓަކާ، ކެރޭނަކުން މުދާ އުފުލުމުގެ މަސައްކަތް ކުރާ ފަހަރުވެސް އާދެއެވެ. އެހެންނަމަވެސް މި ގޮތަށް މަސައްކަތް ކުރާ އިރު، މުދާ ބާލަން ގިނަ ވަގުތުތަކެއް ހޭދަވެއެވެ. އަދި ވިޔަފާރިވެރިން ކުރަންޖެހޭ ޚަރަދުވެސް އެހާމެ ބޮޑެވެ.

އެހެންނަމަވެސް "ރާއްޖެ ލޮޖިސްޓިކްސް" އިން މިވަނީ ވިޔަފާރިވެރިންގެ މި ޝަކުވާތަކަށް ހައްލެއް ގެނެސްދީފައެވެ. ބަަވަނަ ވެފައިވާ ދުނިޔޭގެ ތަހުޒީބާއި އެއްގޮތަށް މުދާ އުފުލުމުގެ މަސައްކަތް ފެށި ފުރަތަމަ ދިވެހި ކުންފުންޏަށް މި ކުންފުނި ވާއިރު، އެ ކުންފުނިން ވަނީ މުދާ އުފުލުމަށް ބޭނުން ކުރާ ކެރޭނަކާއި އެކު، ބަނދެފައިވާ ޚާއްސަ އުޅަނދެއް ގެނެސްފައެވެ.

 

"ފަތޮޅު"ގެ ޑެކް މައްޗަށް މީހަކު އަރާ އިން މަންޒަރު: ފޮޓޯ ރާއްޖެ ލޮޖިސްޓިކްސް

 

އެ އުޅަނދަށް ނަން ދީފައިވަނީ، "ފަތޮޅު"ގެ ނަމުންނެވެ. ފަތޮޅު މި ބަހުގެ މާނައަކީ، ދޯނީގެ ދެ ލަކުޑިގަނޑު ހުރަހަށް ޖެހޭ ތަނެވެ. ފަތޮޅު ބޭނުންކޮށްގެން ދޭން ފެށި ޚިދުމަތްތަކާއި އެކު މުދާ އުފުލުން މިވަނީ މާ ބޮޑުތަނުންވެސް ލުއިފަސޭހަވެފައެވެ.

2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖެ ގެނައި މި އުޅަނދުގެ ޚިދުމަތްދޭން ފަށާފައި ވަނީ، އެ އަހަރުގެ ޖުލައި މަހުއެވެ. އެ އުޅަނދުގެ ޚިދުމަތް ފެށުމާއި އެކު އެ ޚިދުމަތްތަކަށް ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ހޫނު ތަރުޚީބެއް ލިބިގެން ދިޔައެވެ.

"ފަތޮޅު"، ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މޮޅު އުޅަނދެއް

 

ފަތޮޅު"ގައި ބަސްތާތަކެއް އުފުލަނީ: ފޮޓޯ ރާއްޖެ ލޮޖިސްޓިކްސް"

"ފަތޮޅު"ގައި މުދާ ބޭލުމަށްޓަކައި ކެރޭނެއް ހުރެއެވެ. ބަނދަރު ނުވަތަ ތޮށިގަނޑު ކައިރިއަށް އެ އުޅަނދު ކައިރިކުރުމަށްފަހު ފަސޭހަކަމާއި އެކު މުދާ ބޭލޭނެ އިންތިޒާމް އެ އުޅަނދުގައި ވަނީ ހަމަޖެހިފައެވެ. ބަލާބެލުމަށް މި އުޅަނދާއި ރާއްޖޭގައި ހުންނަ ލަކުޑި/ފައިބަރު ދޯނިފަހަރާއި މާބޮޑު ތަފާތެއް ފާހަގަނުވެދާނެއެވެ.

އެހެންނަމަވެސް މި އުޅަނދަކީ މެރިން ގްރޭޑްގެ އުޅަނދަކަށް ވާއިރު، މިއީ ސްޓީލްއިން ތައްޔާރުކޮށްފައިވާ އުޅަނދެކެވެ. އަދި އެ އުޅަނދުގައި ދަގަނޑު ޑެކެއްވެސް އަޅާފައިވާ އިރު އެ ޑެކްވެސް ބަލާ ބެލުމަށް ވައްތަރީ ވަކަރު ޑެކަކާއެވެ. އުޅަނދުގައިވާ ކެރޭންއަކީ 16ޓަނު ކެޕޭސިޓީ ހުރި، 50 ފޫޓު ދުރުމިނުން މުދާ ނެގުމުގެ ޤާބިލްކަން ލިބިފައިވާ ކެރޭނެކެވެ.

"ފަތޮޅު"ގައި ބައެއް ތަކެތި އުފުލަނީ: ފޮޓޯ ރާއްޖެ ލޮޖިސްޓިކްސް

އެ އުޅަނދުގައި ޖުމުލަ 16 މީހުންނަށް ތިބެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އޭގައި 3 ޖެނެރޭޓަރު ހިމެނޭ އިރު އޭގެ ތެރެއިން އެއް ޖެނެރޭޓަރަކީ 40 ކިލޯވޯޓްގެ ޖެނެރޭޓަރެކެވެ. ދެން ހިމެނެނީ 30 ކިލޯވޯޓްގެ ޖެނެރޭޓަކާއި 16 ކިލޯވޯޓްގެ ޖެނެރޭޓަރެކެވެ. މި ޖެނެރޭޓަރުތަކަކީ މިއީ ފިނި އެއްޗެހި އުފުލާއިރު، އެ ތަކެތި އެންމެ އެކަށީގެންވާ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުން ކުރާ ޖެނެރޭޓަރުތަކެކެވެ.

މުދާ އުފުލުމުގެ އިތުރުން ކެރޭންގެ ޚިދުމަތްވެސް އެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެއެވެ. ހަމައެއާއި އެކު ކަނޑުގެ ސަރވޭތަކަށް އެ އުޅަނދު ބޭނުން ކުރެވުމަކީ އުޅަނދުގެ ފާހަގަކޮށްލެވޭ އިތުރު އެއް ކަމެވެ.

މީގެ އިތުރުން އެ އުޅަނދުގައި ދެ އިންޖީނު އަޅާފައި ވާއިރު އޭގެ ތެރެއިން ކޮންމެ އިންޖީނެއްގައި ވެސް 350 ހޯސްޕަވަރ ހުރެއެވެ. އަދި އުޅަނދުގެ ބުރަފަތި ރައްކާތެރިކުރުމަށް ޚާއްސަ ކަވަރެއް ލައްވާފައިވެއެވެ. އެއާއި އެކު އެ އުޅަނދުގެ ބުރަފައްޗަށް ލިބޭ ގެއްލުންވެސް ކުޑަ ވެގެންދާނެއެވެ. އަދި ބުރަފަތީގައި ތަކެތި އޮޅުމުގެ ފުރުސަތު ކުޑަ ވާނެއެވެ.

އެ އުޅަނދުގެ ބުރަފަތީގެ ފޮޓޯއެއް، ބުރަފަތީގައި ވަނީ ކަވަރެއް އަޅުވާފައި: ފޮޓޯ ރާއްެ ލޮޖިސްޓިކްސް

މި ޚިދުމަތް ބޭނުންވާނަމަ އަމަލު ކުރާނީ ކިހިނެތް؟

ޚިދުމަތުގެ އަގަށް ބަލާނަމަ، ގާތްގަނޑަކަށް 5000 ބަސްތާ ބޭލުމުގެ ޚިދުމަތް 2000 އެއްހާ ރުފިޔާއަށް ފޯރުކޮށްދެއެވެ. އެހެންކަމުން މިއީ އަގާއި ޚިދުމަތުގެ ގޮތުން ބަލާއިރު، ވިޔަފާރިވެރިންނަށް ވަރަށް ރަނގަޅު ހުށަހެޅުމެކެވެ.

މި އުޅަނދުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ލިބިގެންދާނެއެވެ. އެ ޚިދުމަތްތައް ބޭނުންވާ ފަރާތްތަކުން، 7774299، 7771593، 3333818 މިއިން ކޮންމެ ނަމްބަރަކަށް ގުޅައިގެން ވެސް އެ ޚިދުމަތްތައް ލިބިލައްވާނެކަމަށް ރާއްޖެ ލޮޖިސްޓިކްސްއިން މައުލޫމާތުދެއްވައެވެ.

އެޕޯލޯ ކުންފުނިން ބޭނުންވި ގޮތަށް ބަނދެފައިވާ އުޅަނދެއް: ފޮޓޯ ރާއްޖެ ލޮޖިސްޓިކްސް

މުދާ އުފުލުމުގެ އިތުރުން މިފަދަ އުޅަނދުތައް ބޭނުންވާ ފަރާތްތަކަށް، އެ އުޅަނދުތައް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ރާއްޖެ ލޮޖިސްޓިކްސްއިން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން އެޕޯލޯ ޕްރައިވެޓް ލިމިޓެޑަށް އެ ކުންފުނިން ވަނީ މިފަދަ އުޅަނދެއް ފޯރުކޮށްދީފައެވެ.

މިފަދަ އުޅަނދުތައް ބަންނަ އިރު، އެ އުޅަނދު، ކަސްޓަމަރަކު ބޭނުންވާ ސައިޒަކަށް، ބޭނުންވާ ޑިޒައިނަކަށް ތައްޔާރުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބުދުލް ﷲ

    ރައްކާތެރި ގޮތުގައި މުދާ ގެންދިއުމަށް ލިބުނު ވަރައްވެސް ރަގަޅު ހިދުމަތެއް

  2. އަލި ރަސްގެފާނު

    "ބުރަފަތި ރައްކާތެރިކުރުމަށް ޚާއްސަ ކަވަރެއް ލައްވާފައިވެއެވެ. އެއާއި އެކު އެ އުޅަނދުގެ ބުރަފައްޗަށް ލިބޭ ގެއްލުންވެސް ކުޑަ ވެގެންދާނެއެވެ. އަދި ބުރަފަތީގައި ތަކެތި އޮޅުމުގެ ފުރުސަތު ކުޑަ ވާނެއެވެ."

    ބުރަފަތީގައި މިގޮތަށް ކަވަރު ލުމުގެ އެންމެ ބޮޑުބޭނުމަކީ ހެވީލޯޑްގަ ދުއްވާއިރު ސްޕީޑައް އަންނަ ބަދަލު ކުޑަކުރުމަށް ލާއެއްޗެއް، މިގޮތަށް ކަވަރެއް ލާފައިހުރުމުން ބުރަފަތިން ލޮނުގަނޑު ތްރެޑް ކުރަމުން ދާއިރު ތްރެޑްވެގެންދާ ލުނުގަނޑު ފޭވިޔަނުދީ މި ރިންގްގެތެރޭން ބޭރުވާން މަޖުބޫރުވުމުން އުޅަނދަށް ކިތަމެމުދަލެއް އަރުވާފައި އޮތަސް ދުއްވާސްޕީޑްގައި އުޅަނދު ދުވެދުވެ އޮތުމަށް ބާރުލިބޭނެ،

    މަތިންދާބޯޓްގެ އިންޖީންތަކަށް ބައްލަވާ، ބޭރަށް ފެންނަގޮތަށް ބޮޑު ބުރަފަތިލާފައިހުންނަ ބޯޓައްވުރެ ޖެޓްއިންޖީން ނުވަތަ އިންޖީންތެރޭގައި ވައި ތްރެޑްވާގޮތަށް ފަރުމާކޮށްފައިހުންނަ ބޯތް ދުވާލެއްބާރުވާނެ،

    މޫދުގައި ދުއްވާބޯޓްތަކުގެ ތެރެއިން ޓަގްބޯޑް ބައްލަވާ އޭގައިވެސް ބުރަފަތި އިންނާނި މިއުޅަނދުގައި މިވާގޮތަށް ރިންގްއެއްގެ ތެރޭގައި އޭގެ ސަބަބުން އެކުޑަ ތަގްބޯޓްތަކަށް މާސިންގާ ބޮޑެތިބޯޓްތަށް އަރިހުރަހަށް ގިއްގަޅުވާލުމުގެ ބާރުލިބޭ.... އުންމީދު ކުރަނީ މިހާވަރުން މިރިންގް ބުރަފަތިވަށާ ލުމުގެ ހިކުމަތް އެގޭނެކަމަށް

    13
    1
  3. ކުޅަދުންވަންތަ ކަން

    މިއަދު 6 ޖުލައި 2020ގައި ލިބުނު ހިތާމަވެރި ޚަބަރަށް ފަހު މި ޚަބަރު ކިޔާލީމަ މި ހިތަށް އެރީ ބުރަފަތީގައި ކަވަރު ލުމުން ވީފައިދާ އެއްބާވައޭ ނުވަތަ ގެއްލުމެއް ބާވައޭ.

    ދުޢާ އަކީ މި ބޯޓޫ ކަނޑުވެގެން އުޅޭ މިދަނޑިވަޅުގައި ހުރިހާ ފުރާނަ އެއް މާތް ﷲ ސަލާމަތް ކޮށްދެއްވުން. އާމީން.