ބަނީރާއިން ކުރިއަށްގެންދާ "އާދަޔާ ޚިލާފު" ޕްރޮމޯޝަން ނިމެން 6 ދުވަހަށް ވެފައިވާއިރު، މި ޕްރޮމޯޝަނަށް އާންމުންގެ އާދަޔާ ޚިލާފު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ނަތީޖާއެއްގެ ގޮތުން، މި ޕްރޮމޯޝަންގެ ދަށުން ވިއްކަމުން ދިޔަ ބައެއް ސެންޓުތަކުގެ ސްޓޮކް ހުސްވެ، ކަސްޓަމަރުންގެ އެދުމުގެ މަތިން އިތުރު ވައްތަރުގެ ސެންޓުތައް ޕްރޮމޯޝަންގައި މިހާރު ވަނީ ހިމަނާފައެވެ.

މާފަންނު އޭ.އެމް.ޑީ.ސީ ކްލިނިކު ކައިރީ، ދުނބުރި މިސްކިތް ކުރިމަތީ ހުންނަ ބަނީރާއަށް މިފަދަ އާދަޔާ ޚިލާފު ތަރުހީބެއް ލިބިގެން ގޮސްފައި ވަނީ، އާންމުކޮށް ވިޔަފާރިތަކުން ދެމުން އަންނަ "އަޕްޓު 90%" ކަހަލަ ޑިސްކައުންޓްސްތަކާ ޚިލާފަށް، ޕްރޮމޯށަންގެ ދަށުން ވިއްކާ ހުރިހާ ސެންޓުތަކުން، އަގަކަށް ބެލުމެއްނެތި25% ޑިސްކައުންޓް ލިބޭތީކަން ޔަޤީނެވެ.

މީގެ މިސާލަކީ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ސެންޓެއް ކަމަށްވާ، 2500 ރުފިޔާއަށް ވިއްކަމުން ދިޔަ "ކްރިސްޓިއަން ޑިއޯ ގެ ސަވާޖް" 1875 ރުފިޔާއަށް އަގު ކުޑަ ކުރެވިފައިވާކަމެވެ. އެއީ 625 ރުފިޔާގެ ޑިސްކައުންޓެކެވެ. އެހެންކަމުން ގަންނަ ސެންޓުގެ އަދަދު އިތުރުވާ ވަރަށް، ޑިސްކައުންޓް ލިބޭ މިންވަރުވެސް ދާނީ އިތުރުވަމުންނެވެ.

މި ޕްރޮމޯޝަންގެ ދަށުން މަޝްހޫރު ޑިސައިނަރ ބްރޭންޑްތައް ކަމަށްވާ "އަޒާރޯ" ،"ކްރިސްޓިއަން ޑިއޯ"،"ޑޭވިޑޮފް" އަދި "ސަލްވަޓޯރ ފެރަގަމޯ" ކަހަލަ ބްރޭންޑްތަކުގެ ސެންޓްތައް "އާދަޔާ ޚިލާފް" އަގެއްގައި ލިބެން ހުންނާނެއެވެެ.

https://www.facebook.com/banira.mv/videos/2503588603247303/

އެގޮތުން މި ޕްރޮމޯޝަންގެ ތެރެއިން ދިވެހި ފިރިހެނުން ގަޔާވާ ސެންޓެއް ކަމަށްވާ 900 ރުފިޔާއަށް ވިއްކަމުން ދިޔަ "އަޒާރޯ ކްރޯމް" ސެންޓު 675 ރުފިޔާއަށް ލިބޭއިރު، 1500 އަށް ލިބޭ "އިންވިކްޓަސް ސެންޓު" 1125 ރުފިޔާއަށް ލިބެން ހުންނާނެއެވެ. އަދި 212 ގެ އަންހެން ސެންޓެއް ކަމަށްވާ 212 ވީ.އައި.ޕީ ރޯސް ސެންޓު މިހާރު 1200 ރުފިޔާއަށް ލިބެން ހުންނާނެއެވެ. މި ސެންޓަކީ ކުރިން 1600 ރުފިޔާއަށް ވިއްކަމުން ދިޔަ ސެންޓެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ލިބެން ހުރި ސެންޓު ތަކުގެ މައުލޫމާތު ބަނީރާގެ ވެބްސައިޓް banira.mv/offers އިން ފެންނަން ހުންނާނެއެވެ. އަދި މީގެ އިތުރުން ބަނީރާގެ ފޭސްބުކް ޕޭޖް، އިންސްޓަގްރާމް އަދި ޓްވިޓާ އިން ފެންނަން ހުންނާ އެވެ. ބަނީރާގެ ފޯނު ނަންބަރަކީ 7576869 އެވެ.