މަސައްކަތުގައި ނުވަތަ ބޭރުގައި އުޅޭ ވަގުތު މޫނު ތެޔޮވެ، ދާ ހިއްލުމަކީ އާއްމު ކަމެކެވެ. މިހެން ކަންތައް ވުމުން ގިނަ މީހުން ޓިޝޫ އެއް ބޭނުން ކޮށްގެން މޫނު ފޮހޭ އިރުގައި އަނެއް ބަޔަކު އިޙްތިޔާރު ކުރަނީ ރަނގަޅަށް މޫނު ދޮވެލުމަށެވެ. ނަމަވެސް މިގޮތަށް ކަންތައް ނުކޮށް މޫނަށް ސްޕްރޭ އެއް ޖަހައިލައިގެން މޫނު ތާޒާ ކޮށްލެވޭނެ ފަދަ ޕްރޮޑަކްޓެއް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިންކޮށް ވިޔާފަރި ކުރަމުން ގެންދާ "ލިބޭ އެމްވީ" އިން މިވަނީ ތައާރަފް ކޮށްފިއެވެ.

"ބިއުޓީ ކޮޓޭޖް" ބްރޭންޑުގެ ސީވީޑް މިނެރަލް ފޭޝަލް ސްޕްރޭ އަކީ އެ ސްޕްރޭ އެއް ޖަހައިލުމުން ވަގުތުން މޫނު މަތިން ތާޒާކަން ފެންނަން ހުންނާނެ ފަދަ ކޮލިޓީ ރަނގަޅު ފޭޝަލް ސްޕްރޭ އެކެވެ. ކަރާއި އެކު މޫނަށް މި ސްޕްރޭ ޖަހައިލުމުން މީހާގެ ހަށިގަނޑަށް ފިނިކަމެއް ލިބިގެން ދާއިރު، މި ސްޕްރޭ ގަވާއިދުން ބޭނުން ކުރުމުގެ ސަބަބުން މޫނުގެ ހަގީގީ ރީތިކަން އިޔާދަ ވާއިރު، މީހާގެ ހަންގަނޑަށް ފައިދާހުރި އެތައް މިނެރަލްތަކެއްވެސް ލިބިގެން ދާނެއެވެ.

"ބިއުޓީ ކޮޓޭޖް" ބްރޭންޑުގެ ފޭޝަލް ސްޕްރޭ

މީގެ އިތުރުންވެސް، މި ސްޕްރޭގައި ހުންނަ އެލޯވެރާގެ މާއްދާތަކުން މޫނުގެ ހަންގަނޑަށް އޮމާންކަން ގެނުވައިދީ ހަންގަނޑު ހިކުމުގެ މައްސަލަ އަށްވެސް ފަރުވާ އެއް ލިއްބައިދެއެވެ. މިއީ ދެ ޖިންސުގެ މީހުންވެސް ބޭނުން ކުރަން އެކަށޭނެ ޕްރޮޑަކްޓެއް ކަމުގައި ވާއިރު އަންހެނުން މޭކަޕް ކޮށްފައި ހުންނައިރު މޭކަޕްގެ މަތިންވެސް މި ސްޕްރޭ ޖަހާލެވޭނެއެވެ. އެހެންކަމުން މި ސްޕްރޭ ބޭނުން ކުރަން ގިނަ އަންހެނުންނަށް ފަސޭހަވެގެން ދާނެއެވެ.

250 ރުފިޔާ އަށް މީގެ 100 އެމްއެލް ފުޅިއެއް "ލިބޭ އެމްވީ" އިން ވިއްކަމުން ގެންދާއިރު މާލެ އަދި ހުޅުމާލެ އިން މި ސްޕްރޭ ބައްލަވައި ގަންނަވާ ފަރާތްތަކަށް ހިލޭ ޑެލިވަރީ ކޮށްދެވޭނެއެވެ. އަދި އަތޮޅުތަކުން ސްޕްރޭ ބޭނުންވާނަމަ އެ ރަށަށް ދާ ބޯޓަކަށް ސްޕްރޭ ފުޅި އަރުވައިވެސް ދޭނެއެވެ. މި ސްޕްރޭ ބައްލަވައި ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން 9946822/7999681 ނަމްބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ "ލިބޭ އެމްވީ"ގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރައްވައިގެން އޯޑަރު ކުރެވޭނެއެވެ.