ރެއިންބޯ އެންޓަޕްރައިސެސްގެ "އިޔަރ އެންޑް ސޭލް" ގެ ނަސީބު ވެރިން ހޮވައިފިއެވެ.

މިރޭ ގުއަތުން ނަގާފައިވާ 3 ބޭފުޅުންނަކީ މި ސޭލްގެ ދަށުން ރެއިންބޯ އެންޓަޕްރައިސަސްގެ ފަރާތުން ހިންގާ ކޮންމެ ފިހާރައަކުންވެސް 500 ރުފިޔާއަށްވުރެ މަތީގެ ވިޔަފާރިއެއް ކޮށްގެން، ސޭލްގައި ބައިވެރިވެފައިވާ ބޭފުޅުންނެވެ. މި ސޭލް ކުރިއަށް ގެންގޮސްފައިވަނީ 25 ނޮވެމްބަރު 2019 އިން ފެށިގެން 20 ޖެނުއަރީ 2020 އާއި ހަމައަށެވެ.

މި ސޭލްގެ ނަސީބުވެރިންގެ ގޮތުގައި ހޮވިފައިވަނީ :-

  • އަބްދުﷲ ނަސީމް
  • ސައުސާން
  • ވިޝާމް
ރެއިންބޯ އިޔާރ އެންޑް ސޭލް 2019 ގެ ނަސީބުވެރިޔާ ހޯދުމަށް ބޭއްވި ހަފްލާގެތެރެއިން - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

މިރޭ ގުރުއަތުން ހޮވިފައިވާ ނަސީބުވެރިންނަށް ރެއިންބޯއިން، އެބޭފުޅުން ކުރެއްވި ވިޔަފާރީގެ އަގު އަނބުރާ ލިބިވަޑައިގަންނަވާނެ ކަމަށް ރެއިންބޯ އިން ވަނީ ބުނެފައެވެ.

"ރެއިންބޯ އިޔަރ އެންޑް ސޭލް"، ރެއިންބޯ އެންޓަޕްރައިސަސްގެ ފަރާތުން ހިންގާ، ރެއިންބޯ ލިވިންގް މޯލް، ރެއިންބޯ ބިލްޑްވެއަރ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ، ރެއިންބޯ އޮފީސް ސިސްޓަމް، ރެއިންބޯ އައްޑޫ އަދި ރެއިންބޯ އޮންލައިން ސްޓޯރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒަކް

    ކޮކާ ކޯލާ ކޮމްޕެނީގަ އަހާލަދީބަލަ ކޯކު ފުޅީގެ މަތިގަނޑުގެ ގުރު އޮތީ ކޮން އިރަކު ކިހިނެތްތޯ؟؟ އަދި ފައިނަލް ނުކޮށްލެވެނީތޯ ދޭންވީ ބަޔަކު؟؟ ފައިނަލްކޮށްފަ ގުރުވެސް ނަގާނި ދެއްތޯ؟