ދުބާއިގައި ބާއްވަން ހަމަޖެހިފައިވާ "ދަ ބުރައިޑް ޝޯ"ގައި ދިވެހި ރާއްޖެއިން ބައިވެރިވާން ނިންމާ މޯލްޑިވްސް މާކެޓިން އެންޑް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރސީ) އިން ބުނެފިއެވެ.

މި ފެއާގައި އެމްއެމްޕީއާރސީ އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ޚަރަކާތްތެރިވާ ކުންފުނިތަކުގެ މަންދޫބުން ވެސް ވަނީ ބައިވެރިވެފައެވެ. ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފެއާ ފަށަނީ މި ފެބްރްއަރީ 8 މަހުގެ އަށް ވަނަ ދުވަހުއެވެ.

މިއީ އަލަތު ކައިވެނި ކުރާމީހުނަށާއި ފެޝަނަށް ލޯބިކުރާ މީހުންނަށް އަމާޒުކޮށް ދުބާއީގައި ބާއްވާ ފެއާއެކެވެ. ހަނީމޫން މަންޒިލެއްގޮތުގައި ރާއްޖެ އިސްތިހާރު ކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމުގައި އެމްއެމްޕީއާރސީއިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު މިފެއާ ބާއްވާފައި ވެއެވެ. މި ފެއާގައި 1000އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ 23000އަށް ވުރެ ގިނަ މީހުން ވަނީ ޒިޔާރަތް ކޮށްފައެވެ.

މިއީ ފެއާގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި ފެއާގައި 60 އަކަފޫޓުގެ ރާއްޖޭގެ ސްޓެންޑެއް ވަނީ ތައްޔާރުކޮށްފައެވެ. އެ ސްޓޭންޑުގައި ތަފާތު ހަނީމޫން މަންޒަރުތައް ރަމްޒުމުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރާއްޖޭގެ ސްޓޭންޑްގައި ހުރެ ފޮޓޯނެގުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އޭގެ އިތުރުން، "ރޮމޭންޓިކް ސައިޑް އޮފް ލައިފް" ދައްކުވައިދޭ ބްރޯޝާއެއް ވަނީ އެ ފެއާއަށް ޚާއްސަކޮށް ތައްޔާރުކުރެވިފައެވެ.

އެމްއެމްޕީއާރްސީއިން ބުނެފައިވާ ގޮތުގައި ހަނީމޫނު މާރކެޓަކީ ރާއްޖެއަށް ވަރަށް މުހިއްމު މާރކެޓެކެވެ.

2019 ވަނަ އަހަރު 60،000 އަށް ވުރެ ގިނަ ފަތުރުވެރިންވަނީ މެދު އިރުމަތިން ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މިއީ ފާއިތުވެ ދިޔަ އަހަރާއި އަޅާ ބަލާއިރު 15.1%ގެ ކުރިއެރުމެކެވެ. މެދު އިރުމަތީގެ ފަތުރުވެރިން އައުން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް އެމްއެމްޕީއާރްސީއިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރުވަނީ ވަރަށް ބޮޑަށް ހިޔަނިއެޅިފައެވެ. މި ފަދަ ފެއާއެއްގައި ރާއްޖެއިން ބައިވެރިވުމަކީ ޓޫރިޒަމައަށް ބޮޑު މަންފާއެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.