ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ އިންޓަރނޭޝަނަލް ޓޫރިޒަމް ބޯސޭ(އައިޓީބީ)ގައި މިފަހަރު ރާއްޖެއިން 99 ކުންފުނިން ބައިވެރިވާނެކަމަށާއި، މިފަަހަރު ވަރަށް ތަފާތުކޮށް ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެެފިއެވެ.

ޖަރުމަނުގެ ބާލީގައި އޮންނަ މި ފެއާގައި ރާއްޖެއިން 99 ކުންފުނި ބައިވެރިވާއިރު، މި ކުންފުނިތަކުން 244 ބައިވެރިން މި ފެއާއަށް ދާނެެެވެ. ޖަރުމަނުގައި ބާލިން ފެއާ އޮންނާނީ މާރިޗް މަހުގެ 4 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަދު އޮތް އައިޓީބީ ޕްެރިމީޓިންގއަށް ފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެމްޕީއްރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ، މި ފެއާއަކީ ޓެރެވްލް އިންޑަސްޓްރީގެ އެންމެ ވަރުގަދަ، އަދި އެންމެ މަސައްކަތްތެރި ބޭފުޅުންނާއި ބައްދަލުކޮށް މައުލޫމާތުތައް ދީ، ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބާއްވާ ފެއާއެއް ކަމަށެވެ.

ތޮއްޔިބް ވިދާޅުވީ، މިފަހަރުގެ ފެއާ ކުރިއަށް ދަނީ ވަކި ހާއްސަ ތީމެއް ނަގައިގެން ނޫން ކަމަށާއި، ނަަމަވެސް ވަރަށް ހާއްސަކޮށް، ތަފާތުކޮށް ރާއްޖެ އިޝްތިހާރު ކުރާނެ ކަަމަށެވެ. އަދި އެފެއާގެ ތެރެއިން ފުރަތަމަ އޮންނަ ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ކުންފުނިން ކުރިމަގުގައި ކުރާނެ ކަންތައްތަކާއި އެއްޗެހީގެ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

މިފަހަރުގެ ފެއާގެ ހަރަކާތުގެ ތެރެއިންވެސް ފުރަތަަމަ އޮންނާނީ ރާއްޖޭގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެވެ. ރާއްޖެއަށް ހާއްސަ ސްޓޯލް 108 ގައި ބާއްވާ މި ނޫސްވެރިންގެ ބަައްދަުވުމަށްފަހު ދެން އޮންނާނީ "މޯލްޑިވިއަން ނައިޓް"އެވެ. ގްރޭންޑް ހަޔާޓް ބާލިންގައި އޮންނަ އެ ހާއްސަ މޯލްޑިވިއަން ނައިޓް ހަރަކާތް ފޯރިގަދަ ވާނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތު ދެއެވެ..

މި ފެއާގައި ކުރިއަށްދާނެ ހަރަކާތްތަކަށް ބަލާއިރު، ރާއްޖޭގެ ކެއުންތަކުގެ ރަހަތައް ދައްކާނެއެވެ. މީގެ ތެރޭގައި ރޮށިި، ބަނބުކެޔޮ މަސްހުނި ފަދަ ދިވެހިން ކެއުންތައް ތައްޔާރުކޮށް، އެ އެއްޗެހީގެ ރަހަތައް ދައްކާނެއެވެ. މީގެ އިތުރުން ކަސަބު ގަތާ ގޮތާއި، ސަގާފީ ޕާފޯމެންސާއި، މިއުޒިކް ކުރިއަށްދާނެއެވެ.