ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓު ގަނެވޭ މޮބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފްކޮށްފިއެވެ.

މޯލްޑިވިއަންގެ ޓިކެޓު އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީއެވެ.

ގޫގުލް ޕްލޭ އާއި އެޕަލް ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭ މޯލްޑިވިއަން މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ބުކް ކުރުމުގެ އިތުރުން ޓިކެޓަށް ފައިސާ ދެއްކޭނެ ފަސޭހަ ގޮތްތަކެއް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ރިޒްވީ ވިދާޅުވީ މޯލްޑިވިއަން އަށް ގުޅައިގެން ނުވަތަ އެ ކުންފުނީގެ ޓިކެޓު އޮފީސްތަކަށް ގޮސް ކުރ އާންމުން މަސައްކަތްތައް އެޕްލިކޭޝަން މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ. މިއީ ހަތްްްްްްްްްްްްްްވަރަކަށް މަސް ދުވަހުގެ މަސައްކަތް ކަން ފާހަގަ ކުރައްވައި ރިޒްވީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަދާނެ ކަމަށެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ: ވަގުތު އިމޭޖެސް:- މުހައްމަދު އަފްޒަލް

"އަޅުގަނޑުމެންގެ މި އެޕް މިއީ ލޯކަލް ކުންފުންޏަކުން އަޅުގަނޑުމެންނަށް ހަދައި ދިން އެޕެއް. މި އެޕްލިކޭޝަން މެދުވެރިކޮށް ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ އާންމުންނަށް،" ރިޒްވީ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މީޑިއާ ކޯޑިނޭޓަރު މޫސާ ވަސީމް ވަނީ އެޕްލިކޭޝަންގައި ހިމެނޭ ފީޗާސްތައް ތަފްސީލްކޮށްދެއްވައިފައެވެ.

މޯލްޑިވިއަންގެ މީޑިއާ ކޯޑިނޭޓަ މޫސާ ވަސީމް އެޕްލިޭޝަން އާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަނީ - ފޮޓޯ: ވަގުތު އިމޭޖެސް:- މުހައްމަދު އަފްޒަލް

މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހަކު ދާން ބޭނުންވާ މަންޒިލާއި އެ ތަނަކަށް ދިއުމަށް ދައްކަން ޖެހޭ ފައިސާގެ އިތުރުން، ފެއާ ޓިކެޓުތައް ހުންނަ މިންވަރު ވެސް ލިބޭނެއެވެ. އަދި ކުރިއަށް އޮންނަ ފަސްދުވަހުގެ ފްލައިޓް ޝެޑިއުލްތައްވެސް މި އެޕް މެދިވެރިކޮށް ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މީގެއިތުރުން ޓިކެޓު ބޭނުން ނުވާ ހާލަތްތަކުގައި އެފައިސާ އަނބުރައި ރީފަންޑް ކުރުން ވެސް މި އެޕްލިކޭޝަނުގެ ޒަރިއްޔާއިން ކުރެވޭނެ ގޮތް ވަރަށް އަވަހަށްް ހަމަޖެހިގެންދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ޑޫޑް

  ތިއެޕްލިކޭޝަންގެ ނަން ވެސް ލިޔެލިނަމަ ދޯ އިގޭނީ އިންސްޓޯލް ކޮށްލަން

  26
  1
  • ރޯނުއެދުރު

   "މޯލްޑިވިއަ ން މޮބައިލް އެޕްލިކޭޝަ ން." އެއްޗެއް ކިޔާއިރު ދޭހަވާ ވަރަށް ކިޔަ ން އާދަކޮށްބަލަ.

   1
   4
 2. ހިކާ

  ކޮބާތަ އެޕްގެނަމަކީ

  17
  1
 3. އަހުމަދު އަދުނާން

  ކޮބާ ލިންކް

  19
  1
 4. އަލީ

  ކޮބާ އެޕްގެ ނަ މަކީ

  16
  1
 5. ގަދަގޭ ސަމީނާ

  ނަމެއް ނެތް އެޕް އަދިކިރިޔާ ހެދުނީ 07 ވީމަ ގެރިއެއް ކަތިލާފަ ނަން ކިޔާނެ މަޑުން ތިބޭ

 6. އާރިފާއްތަ

  ޕްލޭސްޓޯ އިން ހޯދަބަލަ، (މޯލްޑިވިއަން)

  6
  2
 7. ސިރާޖް

  މމޯލްޑިވިއަން

  2
  2
 8. އަހަރެން

  ލައްބަ... ދެން އިތުރައް ލާރި ކާން ފަސޭވަ ވާހަކަ ދެއްތޯ ..

  4
  3
 9. ޒުވާނާ

  ކޮބާތޯ އެޕްގެ ނަން....ކޮބާތޯ އެންގިލައްވާ ބޭފުޅެއް ހުރިއްޔާ ނިކަން ބުނުއްވާ
  ރިޒްވީ ކޮބާތޯ އެޕްގެ ނަމަކީ........

 10. ޒާ

  7 މަހުން އެޕެއް؟ އިންނާ ލިއްލާހި. ހަމަ ހައިރާންވެއްޖެ.

 11. ގަމާރު

  މޯލްޑިވިއަން

  2
  1
 12. ރަންބެ

  މިއެޕް ހަދަން މާ ލަސްވެސް ވެއްޖެ. އެކަމް މީގެ ތެރެއިން ޓިކެޓްގެ ހުރިހާ ކަމެއް ކުރިއަށް އޮތް ތަނުގަ ކުރެވޭނެ ކަމަށް އުއްމީދު ކުރަން

 13. ވައްޑެ

  ކޮބާ އެޕުގެ ނަމަކީ؟

 14. ހުސެން

  Maldivian

 15. ގަދަކުޑޭ

  ގޫގްލް ޕްލޭ ގަ ޖަހާލަ މޯލްޑިވިއަން.އައެރޯ

 16. ާއަހުމަދު

  ހީވަނީ ވަގުންނަށް ހުޅުވަފިން ދޮރެއް ހެން ބެންކުންވެސް ޕިން ނޖަހާގޮތަށް އެކަހަލުގެ ދޮރެއް ހުޅުވަދީފި

 17. އަލީ ޙުސައިން

  ކުރީންވެސް އަހަރެން ގަންނަނީ އޮންލައިންކޮށް. ފެއަރޓިކެޓާއި ޝެޑިއުލްވެސް ބެލޭ ކޮބައިތަ ތި އެޕުން އިތުރަށް ލިބުނު ފަސޭހައަކީ. ކަޓު ޖައްސަންވެގެން އަލުން ބަޔަކުލައްވައި އާ އެޕެއް ހެދީދޯ