ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓު ގަނެވޭ މޮބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފްކޮށްފިއެވެ.
މޯލްޑިވިއަންގެ ޓިކެޓު އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީއެވެ.
ގޫގުލް ޕްލޭ އާއި އެޕަލް ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭ މޯލްޑިވިއަން މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ބުކް ކުރުމުގެ އިތުރުން ޓިކެޓަށް ފައިސާ ދެއްކޭނެ ފަސޭހަ ގޮތްތަކެއް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ރިޒްވީ ވިދާޅުވީ މޯލްޑިވިއަން އަށް ގުޅައިގެން ނުވަތަ އެ ކުންފުނީގެ ޓިކެޓު އޮފީސްތަކަށް ގޮސް ކުރ އާންމުން މަސައްކަތްތައް އެޕްލިކޭޝަން މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ. މިއީ ހަތްްްްްްްްްްްްްްވަރަކަށް މަސް ދުވަހުގެ މަސައްކަތް ކަން ފާހަގަ ކުރައްވައި ރިޒްވީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މި އެޕް މިއީ ލޯކަލް ކުންފުންޏަކުން އަޅުގަނޑުމެންނަށް ހަދައި ދިން އެޕެއް. މި އެޕްލިކޭޝަން މެދުވެރިކޮށް ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ އާންމުންނަށް،" ރިޒްވީ ވިދާޅުވިއެވެ.
މޯލްޑިވިއަންގެ މީޑިއާ ކޯޑިނޭޓަރު މޫސާ ވަސީމް ވަނީ އެޕްލިކޭޝަންގައި ހިމެނޭ ފީޗާސްތައް ތަފްސީލްކޮށްދެއްވައިފައެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހަކު ދާން ބޭނުންވާ މަންޒިލާއި އެ ތަނަކަށް ދިއުމަށް ދައްކަން ޖެހޭ ފައިސާގެ އިތުރުން، ފެއާ ޓިކެޓުތައް ހުންނަ މިންވަރު ވެސް ލިބޭނެއެވެ. އަދި ކުރިއަށް އޮންނަ ފަސްދުވަހުގެ ފްލައިޓް ޝެޑިއުލްތައްވެސް މި އެޕް މެދިވެރިކޮށް ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މީގެއިތުރުން ޓިކެޓު ބޭނުން ނުވާ ހާލަތްތަކުގައި އެފައިސާ އަނބުރައި ރީފަންޑް ކުރުން ވެސް މި އެޕްލިކޭޝަނުގެ ޒަރިއްޔާއިން ކުރެވޭނެ ގޮތް ވަރަށް އަވަހަށްް ހަމަޖެހިގެންދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
ތިއެޕްލިކޭޝަންގެ ނަން ވެސް ލިޔެލިނަމަ ދޯ އިގޭނީ އިންސްޓޯލް ކޮށްލަން
"މޯލްޑިވިއަ ން މޮބައިލް އެޕްލިކޭޝަ ން." އެއްޗެއް ކިޔާއިރު ދޭހަވާ ވަރަށް ކިޔަ ން އާދަކޮށްބަލަ.
ކޮބާތަ އެޕްގެނަމަކީ
ކޮބާ ލިންކް
ކޮބާ އެޕްގެ ނަ މަކީ
ނަމެއް ނެތް އެޕް އަދިކިރިޔާ ހެދުނީ 07 ވީމަ ގެރިއެއް ކަތިލާފަ ނަން ކިޔާނެ މަޑުން ތިބޭ
ޕްލޭސްޓޯ އިން ހޯދަބަލަ، (މޯލްޑިވިއަން)
މމޯލްޑިވިއަން
ލައްބަ... ދެން އިތުރައް ލާރި ކާން ފަސޭވަ ވާހަކަ ދެއްތޯ ..
ކޮބާތޯ އެޕްގެ ނަން....ކޮބާތޯ އެންގިލައްވާ ބޭފުޅެއް ހުރިއްޔާ ނިކަން ބުނުއްވާ
ރިޒްވީ ކޮބާތޯ އެޕްގެ ނަމަކީ........
7 މަހުން އެޕެއް؟ އިންނާ ލިއްލާހި. ހަމަ ހައިރާންވެއްޖެ.
މޯލްޑިވިއަން
މިއެޕް ހަދަން މާ ލަސްވެސް ވެއްޖެ. އެކަމް މީގެ ތެރެއިން ޓިކެޓްގެ ހުރިހާ ކަމެއް ކުރިއަށް އޮތް ތަނުގަ ކުރެވޭނެ ކަމަށް އުއްމީދު ކުރަން
ކޮބާ އެޕުގެ ނަމަކީ؟
Maldivian
ގޫގްލް ޕްލޭ ގަ ޖަހާލަ މޯލްޑިވިއަން.އައެރޯ
ހީވަނީ ވަގުންނަށް ހުޅުވަފިން ދޮރެއް ހެން ބެންކުންވެސް ޕިން ނޖަހާގޮތަށް އެކަހަލުގެ ދޮރެއް ހުޅުވަދީފި
ކުރީންވެސް އަހަރެން ގަންނަނީ އޮންލައިންކޮށް. ފެއަރޓިކެޓާއި ޝެޑިއުލްވެސް ބެލޭ ކޮބައިތަ ތި އެޕުން އިތުރަށް ލިބުނު ފަސޭހައަކީ. ކަޓު ޖައްސަންވެގެން އަލުން ބަޔަކުލައްވައި އާ އެޕެއް ހެދީދޯ