ސިޓީ ހޮޓަލަކާ އެކު ރ.ފައިނުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ފައިނުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށާއި މި އެއާޕޯޓުގައި 1.2 ކިލޯ މީޓަރުގެ ރަންވޭއެއް އޮންނާނެ ކަމަށެވެ.

އެއާޕޯޓު އެޅުމަށް ފައިނުން ހަތަރު ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

މީގެއިތުރުން ފައިނުގައި ސިޓީ ހޮޓާ ތަރައްގީ ކުރާނީ ފަތުރުވެރިންނާއި ގުޅޭ ފަދަ ގޮތަކަށް ކަމަށާއި އެގޮތުން އެ ތަނުގައި ޒަމާނީ ގިނަ ފެސިލިޓީސްތައް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ވަރަށް ޒަމާނީ ފެންވަރަށް. އެގޮތުން އަޔުރުވެދިކް ސެންޓަރެއްގެ އިތުރުން ތަފާތު ސާޖަރީތައް ހަދައިގެން އަންނަ މީހުންނަށް ހާއްސަ ރީހެބް ސެންޓަރެއް ވެސް މިތަނުގައި ގާއިމުކުރާނެ" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ދެ ޕްރޮޖެކްޓުގެ މަސައްކަތް ވެސް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އައިލެންޑް އޭވިއޭޝަން ސާވިސަސްއާ ކަމަށެވެ. އެގޮތުން ރަސްމީކޮށް ވަރަށް އަވަހަށް މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ފައިނުގައި އެއާޕޯޓަކާއި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާއިރު އެ ރަށަކީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އުފަން ރަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަތޮޅޭ

    ޑިފެންސް މިނިސްޓަރމެން ގަދައެއްނު ރަށުގަ 500 މީހުން ނޫޅޭ ބިން ހިއްކެން އެއްފަސްކުރެވެން ނއތް ރަށެއްގަ އެއަރޕޯޓެއް.. މަމެންގެ ތިބޭނެ ބޭކާރު 2 ބޯ ކެބިނެޓްގަ މާލޭ ފެން ބޮވުނީމަ އަތޮޅުމަތިން ހަނދާން ނެތިގެން އުޅޭ.. އެކަކު އުޅެނީ މާލޭ ޓޯކިޔޯއަށް ނުހެދިގެން ދެންހުރި ފިނިފެންމަލެއްފަދަ ނާޒުކު ވަޒީރު އުޅެނީ މާލެ ސުވިޒަލޭންޑަށް ނުހެދިގެން..މަމެންނަށް ހިޔާލީ ފޮލާ ދައްކާފަ ހިލަމެއްވެސް ނުވޭ ފަހުން. ބަލަ މިތާނގަވެސް ބިޔަ އާބާދީއަކާ ވޯޓުލެވޭ 20 ހާސް މީހުން އެބަތިބި..އެއްކަމެއް ނުކޮށްދީ ތިޔަ ހެން އުޅުނީމަ ވާގޮތް ފެންނާނެ.. ކުރިން ދައްކާފަ އޮންނާނީވެސް. މަޖިލީހުގެ ހުރިހާ ގޮނޑިއެއް ދިނިން ކަމެއް ނުކޮށްދިނީމަ ކައުންސިލްތަކުގެ މެޖީރިޓީ ގެއްލެންޖެހުނީ..އެކަން ދެން ތަކުރާރު ކުރުވަން ތިޔަ އުޅެނީ

  2. މ ވގއ

    ކޮންމެހެންވެސް ވާނެ ތިކަން ކުރަން އެހެންނޫނިއްޔާ އާދަނު އެވަރަކައް މޮޔެއްނުގޮވާނެ