ރާއްޖޭގައި އަގުބޮޑު ރިސޯޓްތައް އެބަހުއްޓެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ފަތުރުވެރިންގެ މަންޒިލަކަށް ރާއްޖެ ވެފައި ވަނީވެސް ރާއްޖެ އިން ލިބޭ އަގުބޮޑު އަދި ފުރިހަމަ ޚިދުމަތުގެ ސަބަބުންނެވެ. ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ސެއިންޓް ރެޖިސް ވޮއްމުލިން ފެށި ހާއްސަ ޕްރޮމޯޝަނަކަށް މިހާރު ވަނީ ދުނިޔޭގެ ސަމާލުކަން ލިބިފައެވެ.

ވޮއްމުލި ރިސޯޓް "އަމިއްލަ ކޮށްލުމުގެ ފުރުސަތު" ހޯދައިދިނުމަށް ފަތުރުވެރިންނަށް ހޯދައިދޭ ފުރުސަތުގެ އަގު ވަރަށް ބޮޑެވެ. ނަމަވެސް އެއީ މުޅި ރިސޯޓުން ލިބޭނެ ވީއައިޕީ ޚިދުމަތާއި އެކުގައެވެ.

ފަތުރުވެރިކަމާއި ގުޅޭ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތައް ބުނާ ގޮތުން ވޮއްމުލީގައި އެކަނި ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް މުޅި ރިސޯޓް އެންމެ ރެޔަކަށް 250000 އެމެރިކާ ޑޮލަރު ނުވަތަ 3.8 މިލިއަން ރުފިޔާ އަށް ލިބޭނެއެވެ. މި ޕެކޭޖްގައި އިތުރު 154 މީހަކު ބައިވެރި ކުރެވިދާނެއެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު އޯވާވޯޓާ ވިލާ ވެސް ހުރީ ވޮއްމުލީގައެވެ. ބޮޑު އަގުގައި އެރަށުގައި ޗުއްޓީ ހޭދަކުރާނަމަ މިވިލާގައި ވެސް ހުރެވިދާނެއެވެ.

ރިސޯޓްގައި ހުރި ހަ ރެސްޓޯރެންޓްގެ ތެރެއިން ބޭނުން ކޮންމެ ރެސްޓޯރެންޓަކުން ޚިދުމަތް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

ބޭނުންވާ ކަސްރަތުތައް ކުރުމަށް ފިޓްނަސް ސެންޓަރެއް ހުންނާނެއެވެ. އެންޓި-ގްރެވިޓީ ޔޯގާ ކުރިއަށް ގެންދެވޭނެއެވެ. އަރާމުކޮށްލާ، ހަމަޖެހުން ގެނައުމަށް ބޭނުންވާނެ މަސާޖް ކޮށްލުމަށް އެފަދަ ދެވަނައެއް ނުވާ ސްޕާއަކުން ޚިދުމަތް ލިބޭނެއެވެ.

މީގެ އިތުރުން ރިސޯޓްގައި އޮންނަ ޕްރައިވެޓް ޔޮޓެއް ދުއްވާލުމުގެ ފުރުސަތާއި ސްނޯކްލިން ކުރުމުގެ ފުރުސަތާއި ޑައިވް ކުރުމުގެ ފުރުސަތާއި ޑޯލްފިން ބަލާލަން ދިއުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

ވޮއްމުލި ރިސޯޓްގެ އޮފިޝަލުން ބުނެފައި ވަނީ މިޕެކޭޖްގެ ބޭނުމަކީ ކައިވެނި ޕާޓީތަކާއި، ޕްރައިވެޓް ޕާޓީތައް ބޭއްވުމުގެ ފުރުސަތު ވެސް ފަހިކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކައުންސެލަރު

  ދަމާބަހީ ތިޔަތަނަށް!

  12
  2
 2. ކުޑަދުވަދޫ ބެއްޔާ

  މަމެން ކުޑަހުވަދޫ މީހުން ތިޔައި ރަށަށް މިއޮށްހައި ދުވަހު ދިޔައި ހިލޭ! ތިޔައި ރިސޯޓެއް ހެދީމައި ނުދެވޭ! މަމެންޏަކަށް ވީ ފައިދާއެއް ނަތް! އޭރު މަމެން ދަނީވެސް ހިލޭ! ކެކެ

 3. އަހްމަދު

  އެއްގޮތަކަށްވެސް އަގެއްބޮޑެއްނޫން. ތިއަގުގައި 155 މީހުނަށް ޖާގަ ލިބޭ. މީހަކަށް ޖެހެނީ ގާތްގަނޑަކަށް 24ހާސް 500ރުފިޔާވަރު. އެންމެ ރެއަކަށް ތިއަށްވުރެ މާގިނައިން ނަގާ ސޫޓް ތައްވެސް ބައެއްރިސޯޓްތަކުގައި އެބަހުރި. މުޅި ރިސޯޓް ނުދީ.