އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރުން "ހޯލްސޭލް ޕްރޮމޯ" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން ޙާއްސަ ކުރެވިފައިވަނީ އެސްޓީއޯ އިން ރާއްޖެއަށް އެތެރެކޮށް ހޯލްސޭލް ކުރާ 39 ބްރޭންޑަކަށް ކަމަށެވެ.މި ބްރޭންޑްތަކުގެ ތެރޭގައި ޔޫރަޕް ، އޭޝިޔާ ، މެދުއިރުމަތީ އަދި އެފްރިކާ ބައްރުގެ ބްރޭންޑްތައް ހިމެނެއެވެ.

މި ބްރޭންޑްތަކުގެ އުފެއްދުންތަކުގެ ތެރޭގައި އާއްމުންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދޭ ކައްކާ ތެޔޮ، ސަންފްލާވާ ތެޔޮ ، ބާސްމަތީ ހަނޑޫ ، ގެރިކިރު، ތަފާތު ވަައްތަރުގެ ޖޫސް، ހިކި ކިރު، ޕާސްތާ، ޓޮމާޓޯ ޕޭސްޓް، ކޯން ފްލެކުސް، ސްޕެގެޓީ، ރައިބީނާ، ޑްރިންކިން ޔޯގަޓް، ސައިފަތް އަދި އަނބު ދަޅު ހިމެނޭނެ ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.

މިޕްރޮމޯޝަން ކުރިއަށްދާއިރު އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރުން -/1500 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ވެސް ކޫޕަނެއް ލިބިގެންދާނެ ކަމަށާއި މި ޕްރޮމޯޝަންގެ އެއްވަނައަށްދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ހިޓާޗީ 18,000 ބީޓީޔޫ އޭސީ، ފިލިޕްސް 55 އިންޗި ޓީވީ އަދި ސެންފޯޑު ޗިލާ އެއް ލިބިގެންދާއިރު، ދެވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ހިޓާޗީ 12,000 ބީޓީޔޫ އޭސީ، ފިލިޕްސް 55 އިންޗި ޓީވީ އަދި ވާވޭ ފޯނެއް ލިބޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ.

އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ހިޓާޗީ 9,000 ބީޓީޔޫ އޭސީ، ފިލިޕްސް 49 އިންޗި ޓީވީ، ސެންފޯޑު މައިކްރޯވޭވްއެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މީގެއިތުރުންވެސް ނަސީބުވެރި 10 ފަރާތަކަށް އިނާމެއްގެ ގޮތުގައި އެސްޓީއޯ ސުޕަރމާޓް އިން ރާއްޖެ އެތެރެކުރާ ބްރޭންޑްތަކުގެ ތެރެއިން ކޭސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.