ރާއްޖޭގައި އެންމެ ފުޅާ ދާއިރާއްގައި މުވާސަލާތީ ޙިދުމަތް ދެމުން އަންނަ ދިރާގުގެ ޕޯސްޓުޕެއިޑް ޕްލޭންތައް ނަންގަވައިގެން 20 ޖީބީ ޑޭޓާ ހިލޭ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިގޮތުން ދިރާގު ޕޯސްޓްޕެއިޑްގެ ޕްލޭންތައް ކަމުގައިވާ 350 ރުފިޔާ އަށް 9 ޖީބީ ޑޭޓާ ލިބޭއިރު 550 ރުފިޔާ އަށް 12 ޖީބީގެ ޕެކޭޖު ލިބޭއިރު 750 ރުފިޔާ އަށް 10 ޖީބީ ޑޭޓާ ލިބޭނެއެވެ. މީގެ އިތުރުން 1000 ރުފިޔާ އަށް 30 ޖީބީ ލިބޭއިރު 1700 ރުފިޔާ އަށް 60 ޖީބީ ޑޭޓާ ލިބިގެން ދާނެއެވެ.

މިއިން ކޮންމެ ޕެކޭޖަކުންވެސް ހިލޭ ވަކި އަދަދެއްގެ ޑޭޓާ ލިބޭއިރު ފޭސްބުކް، ވަޓްސްއެޕް، ވައިބާ، އިންސްޓަގްރާމްގެ އިތުރުން ސްނެޕްޗެޓުވެސް ހިލޭ ބޭނުން ކުރެވޭނެއެވެ. އެހެންކަމުން މިއީ ޒުވާނުންނަށް ވަރަށް ކަމުދާ ޕެކޭޖުތަކަކަށް ވެގެންދާނެއެވެ.

މިއިން ކޮންމެ ޕެކޭޖަކުންވެސް ދިރާގުގެ ނަމްބަރުތަކަށް ހިލޭ ގުޅޭނެއިރު ފުރަތަމަ ދެ ޕެކޭޖުން ރާއްޖޭގެ އެހެން ނެޓްވޯކުތަކަށް ގުޅަން ހިލޭ 300 މިނެޓު ލިބޭނެއެވެ. އަދި ބާކީ ހުރި ޕެކޭޖުތަކަށް ހިލޭ އެހެން ނެޓުވޯކުތަކަށްވެސް ގުޅޭނެއެވެ.

ޕޯސްޓުޕެއިޑްގެ އެންމެ ކުޑަ ޕްލޭން ކަމުގައިވާ 150 ރުފިޔާ އަށް ލިބޭ 2.5 ޖީބީގައި ދިރާގުގެ އިތުރުން ރާއްޖޭގެ އެހެން ނެޓްވޯކްތަކަށް ގުޅަން ހިލޭ 300 މިނެޓު ލިބޭއިރު އަންލިމިޓެޑް މެސެޖުތައް ކުރެވޭނެއެވެ.

ދިރާގުގެ ޕޯސްޓުޕެއިޑް ޕެކޭޖުތައް ނަގައިގެން ބޮޑު ހަރަދުތަކެއް އަތުން ނުގޮސް ވާނެގޮތް މިހާރު ވަނީ މަގުފަހިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. މާޑު

  ދިރާގުން ހިލޭ ބެހިޔަސް މަވާ ސަލާން... މަކަރުން 20 އަހަރު އުޅުނުބަޔަކު ނުވާނެ ހިތް ހެވެއް

  66
  5
  • ދަންނަ

   ކޮންބައެއް މަކަރުނުހަދަނީ ތިޔަ ތާއިދުކުރާ އުރީދޫވެސް މަކަރުހަދައި އަޅުގަނޑު މާލެއިން ސިމެގަނެގެން ރަށަށް އައިސް އެސިމު ކަނޑާ ނުލެވިގެން އުޅެނިކޮށް -/500 ރުފިޔާގެ ބިލެއް މަށަށްއައީ ޖެހިގެން އައިދުވަހު މާލެގޮސްފަ ބޭނުން ނުކުރާ ސިމަކަށް ފައިސާ ދޭންޖެހުނީމަ ސިމުވެސް އަދި -/500 ރުފިޔާވެސް ތިޔަބުނުއްވާ ޚުލްޤު ރިވެތި އުރީދޫއަށް (އޫރުދޫ) ދީފައަޅުގަނޑު އައީރަށަށް

   8
   2
  • ގގގގގ

   އަސްލުގަވެސް. ރަައުޓަރ ނަގާ ބޮޑުފޮށި އަޑީގަ އޮއްވަ އައީ ތިންމަހުގެ ބިލް. ބޭނުން ނުކޮށް އޮއްވަ ލާރި އެރިގޮތެއް ނޭގެ.

 2. ޙސހސ

  ދެން ޕްރިފެއިޑޯ ތިޔަކަހަލަ އޮފަރ އެއްނެތްތަ

  29
  2
 3. ދިރާގު

  9 ޖިބީ ލިބެނީ އަވަހައް ހުސްވާ ގޮތައް.....😠

  60
  3
 4. ލޮލް

  އަދި ނުލިބޭ. ދެންމެ ޗެކް ކުރިން.

  39
  2
 5. ޟުަައޭ

  ބޮޑު ވަގު ދިރާގު

  58
  2
 6. Anonymous

  350.ރުފޔާ އަށް 9ޖީބީ ހިލޭ .. މީ ކިހިނެއްވާ ކަމެއް؟ 350 ރުފިޠާ ހިލޭ ދިނީމަ ދިރާގުން ހިލޭ ދޭ 9 ޖީބީ ދޯ.. ފަނީ

  59
  3
  • ބުރޯ

   މަވެސް ދެން 300000 ރުފިޔާ އަށް ހިލޭ އިންޖީނެއް! ސަޅިދޯ އަވަހަށް ގަންނަންއުޅޭ ކުރިން އައި މީހަ ކަށް ދޭގޮތަށް އޮތީ

   8
   1
 7. އިންޑިޔާ

  އަނެއްކާ ރައްޔިތުންބޮލުގަ ތެއްގޯނި އަޅުވަނީ ދެއްތޯ ލާރިޔާހެދި ބޫތުކައިފަ އަހަރެމެން ބޭނުންވަނީ ޖިއޯ ކަހަލަ ބައެއް ކޮންމެދުވަހަކު ބޭނުންވިޔައް ނުވިޔަސް 1 ޖބ ހިލޭ

  27
 8. އަލިބެ

  ވާއޮ! އިންޑިއާ އަށް ވުރެވެސް އަގުހެޔޮކޮށްލެވުނީކަމައް ދޯ

  12
  1
 9. Anonymous

  ޕޯސްޓްޕެއިޑް ނަގައިގެން ބިލް އަރައިގެން ދާގޮޔްވެސް ނޭންގޭ...އެކަމަކާހުރެ ދިރާގު ލައިން ދޫކޮށްލީވެސް

  28
  2
 10. ޙައްވަ

  އެންމެ ފުޅާ ދާއިރާއްގައި މުވާސަލާތީ ޙިދުމަތްދޭ ތަނަކި އެންމެ ވިސްނުން ހަނި ރައްޔިތުން ފެލުމުގާ 2 ވަނައެއް ނުވާ ތަނެއް.👀🌶🌶🌶🌶🌶🌶

  26
 11. ަ

  ނުލިބޭ އަދި

  12
  2
 12. ވަތަނިއްޔާ

  އުރީދޫ ހުރި ހިސާބަކަށް އަދި ދިރާގަކަށް ނާދެވޭނެ!

  23
  4
 13. ބޮލި މުލައް

  އީވާގެ ބަހަށް ބިރުން ތެޅިގަތީނު
  ދެންއުޅޭ ދުވުންބާއްވަން

  19
 14. ހަސަން

  އޫރެދޫ އިން 1000 ރފ 25 ޖީބީ ހުރިހާ ނެޓްވޯކަކަށް ހިލޭ ގުޅޭ

  12
 15. ާއަހުމަދު

  20ޖީބީ އެއީ ހުރިހާ ޕޯސްޓުޕެއިޑް އަށް ތަ

  8
  5
 16. މަނިކު

  ތިޔަ ޖީބީ އިންނާނެ މަސްފެށޭއިރު، ބޭނުން ނުރިޔަސް ނުކުރިޔަސް މަހުގެ 10 އަށް ވާންވާއިރަށް ހުސްވާނެ ދެން ދިރާގަށް ގުޅީމަބުނާނެ ބޭނުން ކުރިއްޔޭ. މީ މިމީހުން ރައްޔަތުން ފެލާލާ ގޮތަކީ.
  ފުކެއް ބޮޑުބަރު،

  11
 17. ހުސެން

  މަގޭ ސަލާމް ދިރާގު އަށް މިހާތަނަށް ވާނުވާ ނޭގި އެންމެ ގިނަ ރުފިޔާ ދެއް ކުނު ތަނެއް ތިނޫނީ ނޯންނާނެ!!

  11
 18. ދިރާގުތަ؟

  ތިވެސް އޮޅުވާލުން. 1700ރ ދެއްކީމަ 20 ޖީބީ. އޭރުންވެސް އެވީ ހިލޭތަ؟

  • ޝިހާމްބެ

   މަގޭ ސައިކަލުވެސް ހިލޭދޭން މިއުޅެނީ..
   67،000 ރުފިޔާ އަށް ހަމަ މުޅިން ހިލޭ...

 19. މަ

  ދިރާގުގެ ޕެކޭޖްތައް އުރީދޫ އަށް ވުރެ ހަބޭސް

  1
  9
 20. އ. ޖ. އ

  ނަމުން މިނިވަން ނޫސްވެރިކަން.. އެކަމު ނޫސްވެރިން މިތިބެން ޖެހެނީ ދިރާގާ އުރީދޫން ދޭ ލާރި ކޮޅުފެނި ފިތިފަ

 21. މުސްލިހު

  ޚަބަރު ކިޔައި ނިމުނު އިރުވެސް 20 ޖީބީ ހިލޭވާ ގޮތެއް ނޭނގުނު.

 22. އުރީދޫ

  ދިރާގުވެސް މިއީ ރައްޔިތުން ފެލުމުގަ ލާމަސީލު ބައެއް

 23. ކަންޒު ކަހަނބު ދިރާގު

  މަސްފެށޭއިރު ހިއްލާލާނެ، މެދުތެރޭ ފިރުކިލާނެ، ނިމޭކޮޅު ކަންޒުކަހަނބަށް ވާވަރުވެސް ނުވޭ. މީ ދިރާގު
  ހުސްމަކަރާ ހީލަތް

 24. އ. ޖ. އ

  ނަމުން މިނިވަން ނޫސްވެރިކަން..އެކަމު ނޫސްވެރިން މިތިބެން ޖެހެނީ ދިރާގާ އުރީދޫން ދޭ ލާރި ކޮޅުފެނި ފިތިފަ

 25. ފާތުމަ.

  20 ޖީބީ ލިބޭގޮތެއް ނޭގުނު.

 26. ދޮށިކޮއި ޢަލީގެ މުޙައްމަދު

  އަޅުގަނޑުގެ ވަރަށް ގާތް ރަށްޓެއްސެއް 1500 ރުފިޔާ ލިމިޓް އެކަމަކު އެންމެ މަހެއްގެ ބިލަށް -/52000 ރ ބިލަށް އެރި އިރުވެސް ކަނޑާނުލާ ދެން އެންގީ 2/1 ދައްކާށޭ

 27. ހަސަންބެ

  ތިވަރައްދީފަތިޔައްވުރެގިނައިންވަގައްނަގާނެ