ވަރުގަދަ ތިން ކެމެރާ އިންނަ ވާވޭ މޭޓް 20 އެކްސް 5ޖީ ރާއްޖެއަށް ލޯންޗްކޮށްފިއެވެ. މި ފޯން ރާއްޖެއަށް ލޯންޗްކޮށްފައި ވަނީ ދިރާގުންނެވެ.

މި ފޯނުގެ ތިން ކެމެރާ އިނދެއެވެ. އެއީ 40 އެމްޕީގެ ކެމެރާއަކާއި، 20 އެމްޕީގެ ކެމެރާއަކާއި 8 އެމްޕީގެ ކެމެރާއެކެވެ. އަދި ފްރޮންޓް ކެމެރާގައި 24 އެމްޕީ އިންދެއެވެ. އަދި ފޯނުގައި 4200 އެމްއޭއެޗްގެ ބެޓަރީއެއްވެސް އިންނާނެއެވެ.

މި ފޯން ލޯންޗްކޮށްފައި ވަނީ މިކަމަށްޓަކައި ހާއްސަކޮށްގެން މިއަދު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ޗީފް މާކެޓިން އޮފިސަރ (ސީއެމްއޯ) މަހުމޫދު އެވެ.

މި ފޯން ލޯންޗުކުރުމަށްފަހު ވާހަކަދައްކަވަމުން މަހުމޫދު ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހު ދިރާގުން ދެކުނު އޭޝިއާގެ ފުރަތަމަ 5ޖީ ނެޓްވޯކުގެ ގޮތުގައި ތައާރަފްވެގެން ދިޔަފަހުން މިއީ އަލަށް އެ ނެޓްވޯކަށް ފެތޭ ފޯނެއް ދިރާގުން ލޯންޗުކުރާ ފުރަަތަމަ ފަހަރު ކަމަށެވެ.

"މިއީ އަޅުގަނޑުމެން ތިބޭފުޅުންނާ ހަމަޔަށް ފޯރުކޮށްދޭ ފުރަތަމަ ފައިވްޖީ ހޭންޑްސެޓް. ފުރަތަމަ ރާއްޖެއަށް ފައިވްޖީ ތައާރަފްކުރި ނެޓްވޯކްގެ ހައިސިއްޔަތުން މިއަދަކީ ދިރާގުގެ ހަޔާތުގައިވެސް ވަރަށް ފަހުރުވެރި ދުވަހެއް." މަހުމޫދު ވިދާޅުވިއެވެ.

އަދި މި ފޯނާއި އެކު ކޮންމެ ކަސްޓަމަރަކަށްވެސް ދިރާގުގެ ފައިވްޖީ ނެޓްވޯކް ފުރިހަމަކަމާއި އެކު ތަޖުރިބާކޮށްލަން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުން ބުނީ މި ފޯނު ކަސްޓަމަރުންނާއި ހަމަޔަށް އަންނަ އާދީއްތަ ދުވަހުން ފަށައިގެން ދޫކުރަން ފަށާނެ ކަމަށާއި، އަދި މިރެއިން ފެށިގެން ފޯނަށް އޯޑަރ ކުރުން ހުޅުވާލައިފައިވާ ކަމަށެވެ.

މި ފޯނުތަކަށް އޮންލައިންކޮށް އޯޑަރކުރާ ފަރާތްތަކަށް އެސްއެމްއެސްއެއް މެދުވެރިކޮށް ފޯން ބަލައި އައުމަށް އެންގޭނެއެވެ.

މި ފޯނުގެ އަގަކީ 15،899 ރުފިޔާއެވެ. އަދި އިންސްޓޯލްމެންޓަށްވެސް މި ފޯން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިންސްޓޯލްމެންޓަށް ފޯނު ނަގާ ކަމުގައިވާނަމަ ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 3،499 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ކޮންމެ މަހަކު 1،129 ރުފިޔާ ދަައްކަން ޖެހޭނެއެވެ.

މިފޯނާއި އެކު ފަށާ ޕްރޮމޯޝަންގެ ދަށުން ފޯނު ގަންނަ ކޮންމެ ފަރާތަކަށް ހަމަހުގެ މުއްދަތަށް ކޮންމެ މަހަކު 20 ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ. ދިރާގުން ބުނީ މިއީ ފައިވްޖީ ނެޓްވޯކް ތައާރަފްކުރި ފަހުން ކަސްޓަމަރުންނަށް އެ ނެޓްވޯކް ތަޖުރިބާކޮށްލަށް ހުޅުވާލާ އެންމެ ރަނގަޅު އެއް ފުރުސަތު ކަމަށެވެ.

"މިފޯނުން ވީޑިއޯ އޮޅައޮޅައިގެން ބެލިއަސް ނުހުއްޓޭނެ. މި ފޯނަކީ ފައިވްޖީ ނެޓްވޯކް ލިބޭ ފުރިހަމަ ފޯނެއް" ދިރާގުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ. ޖ. އ

    އަދި ކިރިޔާ

    3
    1
  2. ޒިލޭބި

    ދިރާގު ވީމަ މަ ސަލާން....ވައިވެސް ނޭޅޭނަން