އައްޑޫ އިންޓަރނެޝަނަލް އެއަރޕޯރޓް (އޭއައިއޭ) ގައި ހިމެނޭ އެސްޓީއޯގެ ހިއްސާ ދޫކޮށްލައިފިއެވެ.

އެ ކުންފުނިން މިއަދު ބުނީ، އައްޑޫ އެއާޕޯޓަކީ ދިވެހި ދަޢުލަތާއި، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑާއި އެސްޓީއޯ ގެ ހިއްސާ ހިމެނޭ އެއާޕޯޓެއް ކަމަށާއި، އެ ކުންފުންޏަކީ 2011 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ލިމިޓެޑު ލަޔަބިލިޓީ ކުންފުންޏެއް ކަމަށެވެ.

އެސްޓީއޯ އިން ބުނީ، އޭއައިއޭ އެސްޓީއޯ ހިއްސާ އެކުލެވިގެންވާ ނިސްބަތަކީ މޫނުމަތީ އަގުގެ 1,000.00ރ. ގެ 40,000.00 އާންމު ހިއްސާއެއް ކަމަށެެވެ.

އަދި އޭއައިއޭގައި ހިމެނޭ އެ ކުންފުނީގެ ހިއްސާ ދިވެހި ސަރުކާރުގެ ނަމަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯގެ 10 ޕަސެންޓާއި އެކު މިހާރު އޭއައިއޭގައި ސަރުކާރުގެ ހިއްސާގެ އަދަދަކީ 60 އިންސައްތައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުއްލަޠީފު

    އައްޑޫސިޓީގައި ކުރިޔަށްދާ އިންޑިޔާގެ މިލިޓަރީބޭސް ނިމެންވާއިރަށް ކަންތައްތައް ބަދަލުކޮށްލަނީ، ދުރާލާ ރާވައިގެން ބޮޑުޖަރީމާއެއް ހިންގަން ތައްޔާރުވަމުން އެދަނީ. އެސްޓީއޯ އެއީ ސަރުކާރުގެ ކުންފުންޏެއް، ދެންވެސް އެއޮތީ ސަރުކާރުގެ ކުންފުންޏެއް، ދެން އުވާލާނީ މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް،ނޫނީ އެކުންފުނީގެ ފުރިހަމަ މިލްކަކަށް ސަރުކާރުގެ ހިއްސާތައް ދޫކޮށްލާފަ އެކުންފުނި ހިންގަން 100 އަހަރަށް އިންޑިޔާ އަށް ދިނީމަ އެއޮތީ ޑޭޓައިމް ރޮބަރީ ފައްކާވެނިމިފަ. ކަލޭމެން ހީކުރަނީ ކަލޭމެން ގަންނަގަނޑު އަހަރުމެންނަށް ރޭކާނުލާނެ ކަމަށްދޯ. ހާދަ ގަމާރު ކަން ބޮޑޭ ކުޅަނދު ހަމަޔަށް ހުންނަމީހުންގެ.