ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. މަކުނުދޫގައި ސެލްފް ސާވިސް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ މަކުނުދޫގެ އިތުރުން ރާއްޖޭގެ އިތުރު ދެ ރަށެއްގައި ސާވިސް ސެންޓަރެއް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރުތައް ގާއިމު ކުރަން ނިންމާފައި ވަނީ އދ. ދަނގެތި އާއި ކ. ހިންމަފުށީގައެވެ.

ރާއްޖޭގެ ރަށްރަށުގައި މިފަދަ ހިދުމަތްތަކެއް ދޭން ނިންމީ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް، ހިދުމަތް ހޯދާ މީހުންނަށް ދަތިކަމެއް ނެތި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ވަނީ މި ސެންޓަރުތައް ގާއިމުކުރަން ބޭނުންވާ އިމާރާތްތަކުގެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިސްދޫ މީހާ

    ދެން ލ.އިސްދޫ ގަ އަޅަން ބުނި ބުރާންޗް ކޮބާ؟