ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މީގެ 25 އަހަރު ކުރިން ބީއެމްއެލްއާ ގުޅުނު ޝަރީފް އެ މަގާމުން އިސްތިއުފާ ދެއްވިކަން ބީއެމްއެލް އިން މިއަދު ވަނީ ހާމަކޮށްފައެވެ.

ބީއެމްއެލް އިން ބުނީ، މިދިޔަ މުއްދަތުގައި ބޭންކުގެ އިސް މަގާމުތަކެއް އޭނާ ފުރުއްވާފައިވާ ކަމަށެވެ. އޭނާ ބީއެމްއެލްގައި ފުރުއްވާފައިވާ މަގާމުތަކަށް ބަލާއިރު، ހެޑް އޮފް ކާޑް ސެންޓަރ، ރީޓެއިލް ބޭންކިންގ ޑައިރެކްޓަރ އަދި އޮޕަރޭޝަންސް ޑައިރެކްޓަރގެ މަގާމު ހިމެނެއެވެ.

ބީއެމްއެލް އިން ބުނީ، ބޭންކުގެ ބޯޑާއި، މެނޭޖްމަންޓް އަދި މުވައްޒަފުންގެ ފަރާތުން ޝަރީފް އަށް ކާމިޔާބަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަހުމަދު

    ބޭންކް ޒީރޯ ޓޮލަރެންސްވާން ތައްޔާރުވަނީ!

    15
  2. އަލީމުހަންމަދު

    ފަންސަވިސް އަހަރު ޚީދުމަތްކޮށްދީފަ ކުއްލި ގޮތަކަށް އިސްތިޣުފާ ދިނުމަކީ އެކަމުގައިފޮރުވިފައި ކަންތައް ތަކެއް ހުންނާނެ ކަމެއް. ބަޔަކު ބޭނުން ވާހާގޮތަށް ކަންކަން ނުކުރެވެންޏާވެސް ވަކިވާން ޖެހިދާނެ.

    18
  3. އޭ.އެމް.އެފް.3

    އ.ޗ.އ.އ.ގެ ހިތްވަރުންނާވެސް އެކު ގައުމުގެ އެކި ސަރަހައްދުގައި ބ.އމ.އލ.ގެ ތަފާތު ޚިދުމަތްތައް ތައާރަފްކޮށް ރަށްޔިތުންނަށް ލިބެމުންދާތީ ޝުކުރުދަންނަވަން. ނަމަވެސް ދިވެހިންގެ ބޭންކް ދިވެހިންނަށް (ޚާއްޞަކޮށް ދިވެހިބަސް)ގެއްލިފައިވާތީ ވަރަށްދެރަ. އިތުރަށް އެވެރިންގެ ކަސްޓަމްރުންގެ އެކައުންޓްތަކަށް އިހާނެތިގޮތްތައް ހަދާތީވެ ދެރަދޯ. ލިބުނު ފައިސާކޮޅު ރައްކާތެރިކަމާއެކު ބަލަހައްޓަން ހަވާލުވިޔަސް އޭގެން މުޢާމަލާތު ނުހިންގާ ހަމަސް ވާއިރަށް މަހަކަށް 50ރ ނަންގަވަމުންދާތީ ހިތާމަކުރަން. ޢަދި އެންމެ އެދެވޭގޮތަށް ރަނގަޅު މަޢުލޫމާތު ނުދިނުމާ އެކަށީގެންވާ ޚިދުމަތެއް ނުދެއްވާތީ ކަންބޮޑުވަން.

  4. އަހުމަދު

    ޝަރީފުއަކީ ބޭންކަށް އަދި މި ދިވެހި ފަސްގަނޑައް އެތައް ޙިދުމަތްތަކެއް ކުރެއްވި އަދި ކުރަމުންދާ މީހެއް. ބޭންކުގެ މި ވަރުގަދަ ޑިޖިޓަލް ބޭންކިން ކުރި އަރައިގެން ދިޔައީ ޝަރީފުގެ މޭނޭޖުމަންޓުގެ ދަށުން. ފޯނުން އެކައުންޓް ބެލެސް ބެލޭ، ޓްރާންސްފަރ ކުރެވޭ. ކޮންމެރަށެއްގައި ބޭންކުގެ ހިދުމަތް ލިބޭ، ފިހާރަތަކުން ފައިސާ ނެގޭ. އަގަކާއި ނުލާ އޭޓީއެމްއިން ޙިދުމަތް ލިބޭ. އެކައުންޓު ހުޅުވުމާއި އެހެނިހެން ޙިދުމަތްތައް ފަސޭހަވެގެންހިނގައްޖެ. ކުރުގޮތަކަށް ބުނާނަމަ ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައިހުރެ ބޭންކަށް އެކްސެސްވެވޭ ވަރަށް ބެންކު ވަނީ ގެނެސްފައި. އޭޝިޔާގަވެސް އެންމެ ކުރިއަރާފައިވާ ބެންކުތެރޭގައި ބީއެމްއެލް ހިމެނުމަކީ ޝަރީފުގެ ބުރަ މަސައްކަތް.

    21
    1